Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ޚަރަދުތައް ކުޑަކުރުން

ސަރުކާރުގެ އޮފީސް ތަކާ ބައްދަލު ކުރަން ދަތުރު ހަދައިގެން މާލެ ނައުމަށް ކައުންސިލްތަކަށް އަންގައިފި

ރާއްޖޭން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރަން ވަނީ އަންގާފައި

ރާއްޖެ އެމްވީ | 3 ޖުލައި 2024 | ބުދަ 14:30
ގްލޯބަލް ސިސްޓަމް ފޯ މޯބައިލް ކޮމިޔުނިކޭޝަންގެ ދަޢުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ އާދަމް ޝަރީފް

ގްލޯބަލް ސިސްޓަމް ފޯ މޯބައިލް ކޮމިޔުނިކޭޝަންގެ ދަޢުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ އާދަމް ޝަރީފް

ރާއްޖޭގެ ދަރަނި ބޮޑުވެގެން ކަމަށް ބުނެ، ކައުންސިލްތަކުން ކުރާ ޚަރަދުތައް ކުޑަކުރުމަށް ލޯކަލް ގަވަރމަންޓް މިނިސްޓްރީން ބުދަ ދުވަހު ކައުންސިލްތަކަށް އަންގައިފިއެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ބުދަ ދުވަހު ކައުންސިލްތަކަށް ފޮނުއްވި ސާކިއުލަރ ގައި ބުނެފައިވަނީ ރާއްޖޭގެ ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރަން ކައުންސިލް ތަކުން މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށެވެ. އަދި އެއްވެސް ހަފްލާ އެއް އަދި ކުޅިވަރު މުބާރާތެއް ވެސް މި ވަގުތު ނުބޭއްވުމަށް އަންގާފައި ވެއެވެ.

Advertisement - newsAdvertisement

ކައުންސިލްތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެ ސަރކިއުލަރގައި ބުނެފައިވާއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ވެސް ސަރކިއުލަރ ގައި ބަޔާން ކޮށްފައިވެއެވެ. އެހެން ނަމަވެސް މިހާތަނަށް އެޅި ފިޔަވަޅެއްގެ މައުލޫމާތެއް ފާހަގަ ކޮށްފައެއް ނުވެއެވެ.

މި ވަގުތު ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނީ ނުކުރަން ކައުންސިލްތަކަށް އެ ސަރކިއުލަރ އިން އެންގުމުގެ އިތުރުން ހުސްވި މަހު ފަހުކޮޅު ޗައިނާގެ ޝަންހާއީ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި، އާދަމް ޝާރީފް ފޮނުއްވި ސަރކިއުލަރ ގައި ކައުންސިލު ތަކުން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް ވަނީ އަންގަވާފައެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ ކައުންސިލްތަކުން ކުރާ މުހިންމު އެތައް މަސައްކަތެއް މެދުކަނޑާލާން ސަރުކާރުން އެންގި އިރު، ސިޔާސީ މަގާމުތަކަށް މި ހަފްތާގައިވެސް އަލަށް މީހުންނަށް ވަޒީފާދީފައިވާ ކަން ވަނީ ހާމަވެފައެވެ. އޭގެ އިތުރުން ސިޔާސީ ގޮތުން ނުފޫޒް ގަދަ ފަރާތްތަކުގެ އެދުމަށް ކުންފުނިތަކުން ވެސް ވަޒީފާތަކަށް އަލަށް ހިނގަމުންދާ ހަފްތާގައި މީހުން ނަގާފައެވެ.

އަނެއްކޮޅުން، އެއްވެސް މަސައްކަތެއްނެތި ގޭގައި ބައިތިއްބައިގެން ބައެއް މީހުންނަށް މުސާރަ ދިނުމަށް ދައުލަތުން އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފައިވާކަންވެސް ވަނީ ހާމަވެފައެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް ނިސްބަތްވާ ދާއިރާތައް ހިންގުމުގެ މިނިވަންކަން ކައުންސިލަށް ދީފައި ވީ ނަމަވެސް ޑރ. މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ލޯކަލް ގަވަރމަންޓް މިނިސްޓްރީ އިން ކައުންސިލްތައް ހިންގުންވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުންދާ ކަމަށް ބައެއް ކައުންސިލްތަކުން ވަނީ ބުނެފައެވެ. އަނެއްކޮޅުން ކައުންސިލްތައް ރެގިއުލޭޓް ކުރުމުގެ ގާނޫނީ ޒިންމާ އުފުލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ނަމުގައި ވަކި އޮފީހެއް އުފައްދާފައި ވުމާއެކު، މަސްއޫލިއްޔަތުތައް ފުށުއަރާ، ދެ މުއައްސާސާ އަކުން އެއް މަސައްކަތެއް ކުރާތީވެސް ކައުންސިލްތައް ހިންގުމުގައި ދަތިތައް ކުރިމަތިވާ ކަން ކައުންސިލްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެއް މަސައްކަތެއް ކުރުމަށް ދެ އޮފީސް އުފައްދާފައި ހުރުމަކީ ވެސް ދައުލަތުގެ ވަސީލަތްތައް އިސްރާފު ވެގެންދާ ކަމެކެވެ.

ކައުންސިލްރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރުދައުލަތުގެ ޚަރަދުތައް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
21 ނޮވެމްބަރު 2025

ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

21 ނޮވެމްބަރު 2025
ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް
21 އޮކްޓޯބަރު 2025

އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް

21 އޮކްޓޯބަރު 2025
އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް
23 ސެޕްޓެމްބަރު 2025

ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި

23 ސެޕްޓެމްބަރު 2025
ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި
18 ސެޕްޓެމްބަރު 2025

މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

18 ސެޕްޓެމްބަރު 2025
މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު