Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ތުރުކީގެ ކާމިޔާބީ، މޮންޓެލާ އަށް ޚާއްސަ އުފަލެއް!

އޭނާ ބުނީ، ތުރުކީ ޓީމުގައި ތިބި ކޮންމެ ކުޅުންތެރިޔަކާ މެދު ވެސް އޭނާ އުފާވާ ކަމަށާއި، ފަޚުރުވެރިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2024 | ބުރާސްފަތި 04:10
ތުރުކީގެ ކުޅުންތެރިޔަކާ އެކު މޮންޓެލާ އުފާ ފާޅު ކުރަނީ

ތުރުކީގެ ކުޅުންތެރިޔަކާ އެކު މޮންޓެލާ އުފާ ފާޅު ކުރަނީ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ތުރުކީ އަށް ޖާގަ ލިބުމަކީ، ބަޔާން ކުރަން ވެސް އުނދަގޫ އުފަލެއް ލިބުނު ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ތުރުކީން އޮސްޓްރިއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އޮސްޓްރިއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، ތުރުކީން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮންޓެލާ ބުނީ، ތުރުކީގެ ކުޅުންތެރިން ދަނޑު މަތީގައި ދެއްކީ އޭނާ ފަޚުރުވެރިވާ ފަދަ ކުޅުމެއް ކަމަށެވެ. އެފަދަ ކުޅުމެއް ކުޅުންތެރިން ދައްކަމުން އައި މަންޒަރު ބަލަން ހުރުމަކީ، ކޯޗަކަށް ހުންނަ މީހަކަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް މޮންޓެލާ ބުންޏެވެ. ކުޅުންތެރިން ކުރި މަސައްކަތް ފެނިފައި ވެސް، ތުރުކީ އަށް ކާމިޔާބު ބޭނުންވާ މިންވަރު އިޙުސާސް ކުރެވުނު ކަމަށް ވެސް މޮންޓެލާ ވަނީ ބުނެފަ އެވެ.

މެޗުގެ އެންމެ ފަހު ވަގުތު ތުރުކީގެ ގޯލު ކީޕަރު ކުރި މުހިންމު ސޭވް އަށް ވެސް މޮންޓެލާ ވަނީ ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ މާޓް ގުނޮކް އަކީ މޮޅު ކީޕަރެއް ކަމަށާއި، ފަހު ވަގުތު އޭނާ އެ ދައްކައިދިނީ އޭނާގެ ހުށިޔާރުކަން ކަމަށް ވެސް މޮންޓެލާ ބުންޏެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ތުރުކީ ޓީމުގައި ތިބި ކޮންމެ ކުޅުންތެރިޔަކާ މެދު ވެސް އޭނާ އުފާވާ ކަމަށާއި، ފަޚުރުވެރިވާ ކަމަށެވެ.

މީގެ އިތުރުން މޮންޓެލާ ބުނީ، މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް ލިބުނު ކާމިޔާބެއްގެ ގޮތުގައި ދެކެން ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް އަބަދު ވެސް މަސައްކަތް ކުރަމުން އައީ، އެއް ދުވަހުން އަނެއް ދުވަހަށް ނަތީޖާ ރަނގަޅު ކުރުމަށް ކަމަށް ވެސް އޭނާ ބުންޏެވެ. މުބާރާތުގައި މިފަހަރު ތުރުކީން ކުޅުނު ހަތަރު މެޗަށް ބަލާއިރު، ޝައުޤުވެރިވާ ކަހަލަ ކަންތައްތަކެއް ފެނުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ތުރުކީގެ ކޯޗަކަށް މޮންޓެލާ ހަމަޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ތުރުކީން މުބާރާތުގެ ކުއާޓާ ފައިނަލްގައި ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އެންމެ ފަހުން ތުރުކީން މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅުނީ 2008 ވަނަ އަހަރު އެވެ. އެ އަހަރު ތުރުކީން ވަނީ ކުއާޓާ ފައިނަލް މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ. ނަަމަވެސް ސެމީ ފައިނަލުން ބަލިވެ ވަނީ ކަޓައިފަ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ތުރުކީ ޤައުމީ ފުޓުބޯޅަ ޓީމުވިންޗެންޒޯ މޮންޓެލާ

އިތުރަށް ކިޔާލަން

08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު