Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ރޮމޭނިއާގެ ކުޅުންތެރިން ކުރި ހިތްވަރަށް އިއޮޑަނެސްކޫގެ ތައުރީފު

ޓީމުން ރަނގަޅު ހިތްވަރެއް ކުރި ކަމަށާއި، އެހެން ނަމަވެސް މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ދެރަވާނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2024 | ބުރާސްފަތި 04:08
ރޮމޭނިއާގެ ކޯޗު އެޑްވާޑް އިއޮޑަނެސްކޫ

ރޮމޭނިއާގެ ކޯޗު އެޑްވާޑް އިއޮޑަނެސްކޫ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުން ކަޓަން ޖެހުނު ނަމަވެސް، ރޮމޭނިއާގެ ކުޅުންތެރިން ކުރި ހިތްވަރަށް އެ ޓީމުގެ ކޯޗު އެޑްވާޑް އިއޮޑަނެސްކޫ ތައުރީފު ކޮށްފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޮމޭނިއާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ގްރޫޕް އީގެ އެއް ވަނައިގައި ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ރޮމޭނިއާ އަށް ވަނީ މުބާރާތް ނިމިފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮމޭނިއާގެ ކޯޗު އިއޮކަނެސްކޫ ބުނީ، މުބާރާތުގެ ގަދަ 16 ވަނަ ބުރާ ހަަމައިން ރޮމޭނިއާ ނިންމާލަން ޖެހުނީ ރަނގަޅު ނިންމުމެއް ކަމަށެވެ. އެ މަސައްކަތަކީ މީގެ ދެ އަހަރު ދުވަސް ކުރިން ރޮމޭނިއާ އިން ފަށާފައިވާ މަސައްކަތެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިއޮކަނެސްކޫ ބުނީ ޖަރުމަނުގައި ކުރިއަށްދާ ޔުރޯ މުބާރާތަށް އައިސް، ރޮމޭނިއާ އިން އެ މަސައްކަތް ތަކުރާރު ކުރަމުން ދިޔައީ އެ ޓީމުގެ އެންމެހާ ސަޕޯޓަރުންނާ ވެސް އެކު ކަމަށެވެ. ރޮމޭނިއާގެ ސަޕޯޓަރުންނަކީ އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށާއި، މިހާތަނަށް އައިއިރު ރޮމޭނިއާގެ އުފަލުގައި ވެސް އަދި ހިތާމައިގައި ވެސް ސަޕޯޓަރުން ބައިވެރިވާ ކަމަށް އިއޮކަނެސްކޫ ބުންޏެވެ.

އިތުރަށް އޭނާ ބުނީ، މުބާރާތުގައި ވެސް އަދި މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ނެދަލެންޑްސްއާ ދެކޮޅަށް ރޮމޭނިއާގެ ކުޅުންތެރިން ކުރީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. ޓީމުން ރަނގަޅު ހިތްވަރެއް ކުރި ކަމަށާއި، އެހެން ނަމަވެސް މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ދެރަވާނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޚާއްސަކޮށް ރޮމޭނިއާ އިން އިތުރަށް ކަންކަން ޙާސިލު ކުރަން ބޭނުންވި ކަމަށާއި، އެކަމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރި ކަަމަށް ވެސް އިއޮކަނެސްކޫ ބުންޏެވެ. އޭނާ ބުނީ ހިތްވަރު އެލުވާލައިގެން ތިބެން ބޭނުން ނުވާ ކަމަށާއި، ރޮމޭނިއާ އިން ކުރިއަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ދެމި ތިބެން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ރޮމޭނިއާގެ ކޯޗަކަށް އިއޮކަނެސްކޫ ހަމަޖެއްސީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ރޮމޭނިއާ ޤައުމީ ފުޓުބޯޅަ ޓީމުއެޑްވާޑް އިއޮޑަނެސްކޫ

އިތުރަށް ކިޔާލަން

08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު