Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަވަރުނަރު ވަކި ކުރުން

ގަވަރުނަރު ވަކި ކުރުމަކީ ރަނގަޅު ނިންމުމެއް ނޫންކަން ބޭރު ޤައުމުތަކާއި މާލީ އިދާރާތަކުންވެސް ޤަބޫލު ކުރާނެ: އެމްޑީޕީ

ގަވަރުނަރު ވަކިކުރީ ކޮން ޙާލަތެއް މެދުވެރިވެގެންތޯ ސުވާލު އުފެދޭކަމަށްވެސް ނާޒިލް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2024 | ބުރާސްފަތި 09:36
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަޤާމުން ވަކި ކުރެއްވި އަލީ ހާޝިމްއަކީ އެމްއެމްއޭގެ ޤާނޫނުގެ ދަށުން ފުރިހަމައަށް ޒިންމާ އަދާކުރެއްވި ފަރާތެއްކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އެހެން ބުނެފައިވަނީ އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Advertisement - newsAdvertisement

އަލީ ހާޝިމް މަގާމުން އެ މަޤާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިހިނގާ ޖުލައި މަހުއެވެ.

އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެ މަޤާމަށް އައްޔަނު ކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިވަގުތު އެމްއެމްއޭގެ ގަވަރުނަރު ވަކި ކުރުމަކީ ސަރުކާރުން ރަނގަޅަށް ނިންމި ނިންމުމެއް ނޫން ކަމަށާއި، ދުނިޔޭގެ ޤައުމުތަކުންވެސް އެކަން ޤަބޫލު ކުރާނެ ކަމަށެވެ.

ގަވަރުނަރު ވަކިކުރީ ކޮން ޙާލަތެއް މެދުވެރިވެގެންތޯ ސުވާލު އުފެދޭކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.  

ނާޒިލް ވިދާޅުވީ، އަލީ ހާޝިމްއަކީ ކާކުކަން ދުނިޔޭގެ އެތައް ޤައުމެއްގެ ގަވަރުނަރުންނަށް އެނގިލައްވާނެ ކަމަށާއި، ނިމިދިޔަ 5 އަހަރު ތެރޭގައި ގަވަރުނަރުގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ މަސައްކަތްތައް އޭނާ ފުރިހަމަ ކަމާއެކު ކުރައްވާފައިވާ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޮރިޓީގެ ޤާނޫނުގެ ތެރެއިން ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ހާޝިމް ދެއްވާފައިވާކަންވެސް ނާޒިލް ފާހަގަ ކުރެއްވިއެވެ. ނާޒިލް ވިދާޅުވާ ގޮތުގައި އިޤްތިސާދީ ގޮތުން ވިޔަސް ކަމެއް ދިމާވާ އިރަށް ގަވަރުނަރު ބަދަލު ކުރުމަކީ އަދި ހައްލެއް ނޫނެވެ.

އަލީ ހާޝިމް ވަކި ކުރެއްވުމާ ގުޅޭ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން ގަވަރުނަރު ހާޝިމްގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށެވެ.

ގަވަރުނަރު ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ ދިނުމަށް މެމްބަރުން ނިންމާފައިވަނީ އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ ކަމަށް ވިދާޅުވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ 8 ސެޕްޓެމްބަރު 2019 ގައެވެ.

އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްމަޖިލިސްއެމްޑީޕީހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްމަޖިލިސް20

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު