Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ241 ކޮމިޓީ ސިއްރުކުރުން

ސިއްރިއްޔާތުގައި މިނިސްޓަރު އިހުސާން މައުލޫމާތުތަކެއް ދެއްވަން ޖެހޭތީ 241 ކޮމިޓީ ސިއްރު

ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ފުލުހުންގެ ތެރޭގައި ހުރި މައްސަލަތަކާއި ގުޅިގެން އެކަމުގެ މައުލޫމާތު ސާފުކުރުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖުލައި 2024 | ހޯމަ 09:44
ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ 6 ވަނަ ބައްދަލުވުން

ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ 6 ވަނަ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ހޯމް މިނިސްޓަރު އަލީ އިހުސާން ސިއްރު މައުލޫމާތުތަކެއް ދެއްވަން ހުރިކަމަށް ވިދާޅުވެ ކޮމިޓީ ސިއްރުކޮށްފިއެވެ.

241 ކޮމިޓީއަށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ފުލުހުންގެ އިސްވެރިން ވަނީ ހާޒިރުކޮށްފައެވެ.

Advertisement - newsAdvertisement

ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ކުރިން ދުވަހުގެ ކޮމިޓީއަށް ހޯމް މިނިސްޓަރު އަލީ އިހުސާން ހާޒިރުވެވަޑައިގެން "ތަންކޮޅެއް ސިއްރިއްޔާތު" ގައި އިތުރު މައުލޫމާތުތަކެއް ދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ހުށަހަޅުއްވާ ޕްރެޒެންޓޭޝަން ދެއްވަން ހަމަޖެހިފައިވާ ކަމަށާއި، ކުރިން ދުވަހުގެ ކޮމިޓީގައި މެންބަރުން އެއްބަސްވި ގޮތަށް ސިއްރު ކުރުމަށް މެންބަރުންނަށް ފެންނަ ގޮތެއް ހުށަހެޅުމަށް މެންބަރު ސަލީމު ހުޅުވާލިއެވެ.

އެގޮތުން ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފުއެވެ. ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ތާއީދު ކުރެއްވި މި ހުށަހެޅުން ފާސްވީ ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ފުލުހުންގެ ތެރޭގައި ހުރި މައްސަލަތަކާއި ގުޅިގެން އެކަމުގެ މައުލޫމާތު ސާފުކުރުމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި، މާރާމާރީއާއި ގޭންގު ކުށްތަކާއި، ގެވެށި އަނިޔާ އަދި މުޖްތަމައުގައި ކުރި ކުށްތަކުގެ މައުލޫމާތު ސާފުކުރުމަށެވެ. އެގޮތުން ޕްރެޒެންޓޭޝަންގެ ޒަރިއްޔާއިން ކޮމިޓީއަށް އެ މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.

ކޮމިޓީއަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ އިސް ފަރާތްތައް ހާޒިރުކޮށްފައިވަނި އެންމެ ފަހުން ބޭއްވި މި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ އިދާރާތަކާ ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމާފައިވަނިކޮށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު