ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 23:32
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ޕޮލިސް މީޑިޔާ
ފުލުހުންގެ ބައެއް ޑޭޓާ ގެއްލުން
2017 ވަނަ އަހަރު ފުލުހުންގެ ބައެއް ޑާޓާވަނީ ގެއްލިފައި: ތަރުޖަމާނު
ވީޑިއޯ ހުށަނޭޅުމުގެ ސަބަބުން ނުރައްކާތެރި މާރާމާރީ އެއްގެ ތުހުމަތު ކުރެވުނު 4 މީހުން މިނިވަންވި

2017 ވަނަ އަހަރު ފުލުހުންގެ ސްޓޯރޭޖު ސިސްޓަމަށް މައްސަލައެއް ދިމާވެ ފުލުހުންގެ ބައެއް ޑޭޓާ ވަނީ ގެއްލިފައި ކަމަށް ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ޝިފާން މިހެން ވިދާޅުވީ، 2017 ވަނަ އަހަރު މާލޭގައި ގްރޫޕަކުން ކެފޭއެއްގެ ތެރޭގައި އިން ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށަހަޅަން ޖެހޭ ވީޑިއޯ އެއް ގެއްލިގެން ކަމަށް ބުނެ ކޯޓަށް ފުލުހުން އެ ވީޑިއޯ ހުށަނޭޅުމުން ދައުވާ ލިބުނު އެކަކަށް ވެސް ކުށް ސާބިތުނުވެ ސަލާމަތްވުމާ ގުޅިގެން ފުލުހުންނަށް އާންމުންގެ ފާޑު ކިޔުން އަމާޒުވުމާ ގުޅިގެންނެވެ.

ޝިފާން ވިދާޅުވީ، ސްޓޯރޭޖު ސިސްޓަމަށް ދިމާވި މައްސަލައިގައި ގިނަ ޑޭޓާ ތަކެއް ގެއްލުނު ކަމުގައި ވިޔަސް ގިނަ މުހިންމު ޑޭޓާ ތަކެއް ހޯދުނު ކަމަށެވެ.

"2017 ވަނަ އަހަރު ފުލުހުންގެ ސްޓޯރޭޖު ސިސްޓަމަށް މައްސަލައެއްދިމާވެ ފުލުހުންގެ ބައެއް ޑާޓާވަނީ ގެއްލިފައި. މިހާދިސާ ދިމާވުމުން ގިނަ ކްރިޓިކަލް ޑާޓާ ރިސްޓޯރ ކުރެވުނު. އެހާދިސާއާއި ގުޅޭގޮތުން، މިފުޓޭޖާއި ގުޅުންހުރިތޯ މިދަނީ ބަލަމުން." އެކްސް ގައި ޝިފާން ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު ހިންގި މި ނުރައްކާތެރި މާރާމާރީއާ އާ ގުޅިގެން، ދައުލަތުން ދައުވާކުރީ 4 މީހެއްގެ މައްޗަށެވެ.

މުހިންމު ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅަން ޖެހޭ ވީޑިއޯ ފުޓޭޖް ހުށަނޭޅުމުގެ އިތުރުން، ތުހުމަތު ކުރެވުނު 4 މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމް ކުރުމުގައި، ދައުލަތުން ސިއްރު ހެކިންގެ ގޮތުގައި ކޯޓަށް ހުށަހެޅި އެކަކުވެސް ހެކިބަސް ދޭން ކޯޓަށް ޙާޒިރު ކުރެވިފައި ނުވުންވެސް ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

- ކޮމެންޓް