Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮލަރު މާރުކުރުން

ރިސޯޓްތަކުން ދައުލަތަށް ހުރިހާ އެއްޗެއް ދައްކަނީ ޑޮލަރުން، ދެން ހުރި އެއްޗެއް މާރުކުރަން ނޭންގޭނެ - ޔާމީން

ދައުލަތުން ބޭރު ފައިސާއިން ލޯނު ދައްކާ އުސޫލުން ރިސޯޓްތަކުން ވެސް ލޯނު ދައްކަންޖެހެނީ ޑޮލަރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ނޮވެމްބަރު 2024 | ހުކުރު 08:44
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި، ޓެކްސްތައް ދައްކާ ދިވެހި ޒުވާނުންގެ މުސާރަ ދެނީ ޑޮލަރުން ކަމަށާއި، ދެން ހުރި އެއްޗެއް ސަރުކާރަށް މާރުކުރުމަށް ނޭންގޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ބޮޓުންތައް، ތިން ހަތަރު ފެމުނެއް ލާރިކާލާ ވާހަކަ ދައްކާއިރު، އެހާ އިހުތިރާމް ކުޑަކޮށް ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭކަމަށެވެ. ދިވެހިން މިހާ ދުވަސްވަންދެން ދިރިއުޅުނީ ކޮން ބައެއް ކުރި މަސައްކަތުންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި ވެރިކަމުގައި ތިބި މީހުން ރައްޔިތުންނާއި ހަމައަށް އައިސް އެމީހުން ބޭނުންވާ ސުވާލެއް ކުރަން ޕެނަލްއެއްގައި ތިބެއްޖެއްޔާ އެމީހުން ބަރަހަނާ ވާނެ ކަމަށެވެ. އެއީ އެމީހުން ނަގާފައި ހުރި ފައިސާގެ ވާހަކަ ދެއްކީމާ ފަޟީހަތްވާނެތީ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ހުޅުމާލެއިން އަނެއްކާވެސް 9 ބިމެއް ވިއްކާލާ ވާހަކަ ދައްކާއިރު، އެ ވިއްކާނީ ނުއަގުގައި ކަމަށާއި، އެ ފައިސާ ދާނީ ކޮންމެވެސް މީހެއްގެ ޖީބަށް ކަމަށެވެ.

ރިސޯޓްތަކުގެ މީހުންނަށް ޑޮލަރު މާރުކުރަން އަންގާއިރު، ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަނީ ޑޮލަރުން ކަމަށާއި، އޭގެ ފަހުން ވިޔަފާރީގެ ފައިދާގެ ގޮތުގައި ހުންނަ ފައިސާއިން ބޮޑު ހަރަދެއް ކުރަންޖެހެނީ އެމީހުން ހަދާފައި ހުންނަ އިންވެސްޓްމަންޓްތަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރިސޯޓުތަކުގެ އިންވެސްޓްމަންޓަށް ބޮރޯކުރި ލާރި ނަގަފައިހުރީ ބޭރު ފައިސާއިންކަން ސަރުކާރަށް ނޭނގެނީތޯ ސުވާލު އުފައްދަވާފައެވެ. އަދި ދައުލަތުން ނަގާފައި ހުރި ލޯނުތަކަށް ބޭރު ފައިސާއިން ދައްކާގޮތަށް، ރިސޯޓް އިންޑަސްޓްރީގައި ވެސް ލޯނު ދައްކަނީ ބޭރު ފައިސާއިން ކަމަށެވެ.

އަދި ދައުލަތަށް ޑޮލަރު މާރުކުރާކަމުގައިވާނަމަ ދައުލަތުން ދޭނީ 15.42 ރޭޓުގައި ކަމަށާއި، މިއަދު ބާޒާރުގައި ޑޮލަރު އުޅެނީ 19.50ށް ކަމަށެވެ. އަދި ސަރުކާރަށް ޑޮލަރު މާރުކޮށްފައި ރިސޯޓްތަކުން ލޯނުތަކަށް ދައްކަން ޑޮލަރު ހޯދަންޖެހޭނީ ކަޅުބާޒާރުން ބޮޑު އަގުގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަށް ނަގުދު ފައިސާއިން ޑޮލަރު އެޅުމަކީ ހަމައެކަނި ރިސޯޓް ދާއިރާގެ ކޮންޓްރިބިއުޝަނެއް އޮތްކަމަށް ދެކޭ ގޮތްކަމަށް ސަރުކާރަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް ދިވެހި ޒުވާނުންނަށް ދޭ ފައިސާއަކީ ވެސް ކޮންޓްރިބިއުޝަނެއް ކަމަށެވެ.

އެމްއެމްއޭއަށް ޑޮލަރުގެ ތާށިކަމެއް އުޅެނީ ސަރުކާރުގެ މާލީ ސިޔާސަތު، ފައިސާ ނުވަތަ ބަޖެޓަށް ހޭދަކުރާ ގޮތް ގޯސްވެގެން ކަމަށެވެ. ނަމަވެސް އެއިންކަމެއް އިސްލާހުކަމަށް ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން

16 އެޕްރީލު 2017
ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން
12 އެޕްރީލު 2017

ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

12 އެޕްރީލު 2017
ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން
31 މާރިޗު 2017

ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް

31 މާރިޗު 2017
ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް
30 މާރިޗު 2017

ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް

30 މާރިޗު 2017
ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް
12 މާރިޗު 2017

ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ

12 މާރިޗު 2017
ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ
11 މާރިޗު 2017

ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ

11 މާރިޗު 2017
ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު