Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބޭރު ފައިސާ މާރުކުރަން މަޖުބޫރުު ކުރުން

ރާއްޖެ މާލީ ހަލަބޮލި ކަމެއްގެ ތުންފަތް މަތީގައި، ރާއްޖޭގައި ހިންގާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބައެއް ހޮޓާ ޗެއިންތައް ރާއްޖެ ދޫކޮށް ހިނގައިދާނެ ކަމުގެ އިންޒާރެއް!

ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ސީޝެލްސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހޮނަރަރީ ކޮންސުއިލޭޓް ފިރާގް ވިދާޅުވީ، ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމުގެ ސިޔާސަތަކީ ދެމެހެއްޓެނިވި ސިޔާސަތެއް ކަމަށް، ފޮރިން އިންވެސްޓަރުން ގަބޫލުނުކުރާ ކަމަށެވެ. އެކަމާ ގުޅިގެން، ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ދުނިޔޭގެ ބޮޑެތި ހޮޓެލް ޗެއިންތަކުން އަންނަ ހަފްތާގައި މުހިންމު ނިންމުންތަކެއް ހާމަކުރާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2024 | ހުކުރު 14:29
އިނަރ މޯލްޑިވްސް ގެ ސީއީއޯ މުހައްމަދު ފިރާގު

އިނަރ މޯލްޑިވްސް ގެ ސީއީއޯ މުހައްމަދު ފިރާގު

ރާއްޖެ މިއޮތީ މާލީ ހަލަބޮލި ކަމެއްގެ ތުންފަތް މަތީގައި ކަމަށާއި ރާއްޖޭގައި ހިންގާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބައެއް ހޮޓާ ޗެއިންތަކުން މުހިންމު އިޢުލާންތަކެއް އަންނަ ހަފްތާގައި ކުރާނެ ކަމަށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގައި ތަޖުރިބާކާރެއް ކަމަށްވާ އިނަރ މޯލްޑިވްސްގެ ޗެއަރމަން މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ސީޝެލްސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހޮނަރަރީ ކޮންސުއިލޭޓްގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ ފިރާގް ވިދާޅުވީ، ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމުގެ ސިޔާސަތަކީ ދެމެހެއްޓެނިވި ސިޔާސަތެއް ކަމަށް، ފޮރިން އިންވެސްޓަރުން ގަބޫލުނުކުރާ ކަމަށެވެ.

"އަންނަ ހަފްތާގައި، ރާއްޖޭގައި ހިންގާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބައެއް ހޮޓާ ޗެއިންތަކުން މުހިންމު އިޢުލާންތަކެއް ކުރާނެ ކަމަށް ބެލެވޭ،" ރާއްޖެއަށް އޮޕަރޭޓުކުރާ އެތަކެއް އެއަލައިންތަކެއްގެ މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ އޭސް ޓްރެވަލްގެ ވެރިޔާ ފިރާގު ވިދާޅުވިއެވެ.

ޓޫރިސްޓު ފެސިލިޓީތަކަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް، ފާއިތުވި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ވަނީ ކުއްލި ބޮޑު ބަދަލެއް ގެނެސްފައެވެ.

ފިރާގު ވިދާޅުވީ، މި ހިސާބަށް ކަންކަން އައުމުން، "އައު އިންވެސްޓަރުން ގެނައުމުގެ ގޮތްތަކާ މެދު މަޝްވަރާކުރުމަކީ ބޭކާރު ކަމެއް ކަމަށް" ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ޖީޑީޕީގެ ތިން ބައިކުޅަ ދެބައި ހިއްސާކުރާ މިހާރު ތިބި އިންވެސްޓަރުން ރާއްޖޭގެ ސިޔާސަތުތަކަކީ އެމީހުންނާ އިދިކޮޅު ސިޔާސަތުތަކެއް ކަމަށް،" ބުނަމުންދާތީ ކަމަށް ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ، ބައިނަލްއަޤްވާމީ ހޮޓާ ބްރޭންޑްތަކުން ރާއްޖެ ދޫކޮށް ދިއުމަށް ނިންމައިފިނަމަ، އޭގެ ނޭދެވޭ އަސަރު ސްރީ ލަންކާ އަށް ކުރިމަތިވި ހާލަތަށް ވުރެ ގޯސްވެދާނެ ކަމަށެވެ.

ފިރާގު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ ކާބޯތަކެތީގެ ސަޕްލައި މުޅިން ބަރޯސާވެފައި ވަނީ އިމްޕޯޓަށް ކަމަށާއި، އަދި އެކަށީގެންވާ ވަރަށް ބޭރު ފައިސާގެ ރިޒާވް ނެތްނަމަ، ރާއްޖެއަށް ތެލާއި އަސާސީ މުދަލަށް ފައިސާ ދެއްކުމަށް ނުކުޅެދޭނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ކަރަންޓު ކެނޑި، ފިހާރަތަކުގެ ހަރުތައް ހުސްވެދާނެއެވެ." ފިރާގު ވިދާޅުވިއެވެ.

ރާއްޖޭގެ ޖީޑީޕީގެ ތިން ބައިކުރާ ދެބައި ހޯދައިދޭ އިންވެސްޓަރުން، ރާއްޖޭގެ ސިޔާސަތުތައް ހަރުކަށި ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި އައު އިންވެސްޓަރުން ހޯދުމަށް ވާހަކަ ދައްކަންވެސް ދަތިވެފައިވާކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

މި އަހަރުގެ ކުރީކޮޅު ފެނިގެންދިޔައީ އިންޑިއާ އާ ޖައްސާލި މަންޒަރުކަމަށާއި، އެކަން އާހިރުގައި ނިމިގެން ދިޔަގޮތް އެންމެނަށް ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި ވިއެވެ.

ފިރާގު އިޝާރާތް ކުރެއްވީ ރައީސް މުހައްމަދު މުއިއްޒުގެ ތިން ސްޓޭޓް މިނިސްޓަރަކު އިންޑިޔާގެ ބޮޑުވަޒީރު މޯދީ އަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރުމުގެ ސަބަބުން އިންޑިއާގެ އާއްމު ރައްޔިތުންގެ ބަޔަކާއި ބޮލީވްޑްގެ ތަރިންތަކެއް ރާއްޖެ ބޮއިކޮޓްކުރުމަށް ސޯޝަލް މީޑިއާގައި ގޮވައިލުމާއިއެކު އިންޑިއާ އިން ރާއްޖެއަށް އަންނަ ޓޫރިސްޓުން ބޮޑު ތަނުން ދަށްވެ، ދެ ބިލިއަނެއްހައި ރުފިޔާ ފަތުރުވެރިކަމުގެ އާމްދަނީން ގެއްލުނު މައްސަލައަށް ކަމަށް ބެލެވެއެވެ.

މިހާރު މި ފެންނަނީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށް ވާ ފަތުރުވެރިކަމުގެ ސިނާއަތަށް ހަމަލާ ދޭން ފަށައިފައިވާ ތަން ކަމަށާއި، މާ ބޮޑަށް ލަސްވުމުގެ ކުރިން ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން، ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސް ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން، ބޭންކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށްފައި ވާތީ، ޓޫރިޒަމް ސިނާއަތުގައި އެކަމާމެދު ނުހަނު ބޮޑަށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަން އެހެން އޮތް އިރު، ރައީސް މުއިއްޒު އަމިއްލަ ފުޅަށް ވަނީ ސޯޝަލް މީޑިއާގައި ނުސީދާކޮށް، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.

އަދި ރައީސް މުއިއްޒުގެ ސަރުކާރު ހިންގާ ޕާޓީގެ އެކި އެކި ފެންވަރުގެ ބޭފުޅުން ގެންދަވަނީ ވިޔަފާރިވެރިންނާ ދިމާކުރަމުންކަން ފާހަގަ ކުރެވެއެވެ.

މިގޮތުން، ޓޫރިޒަމް ވިޔަފާރި ވެރިންނަކީ "ފެމުނުތަކެއް" ކަމަށް ސިފަކުރައްވާ، ޕީއެންސީގެ މަޖިލިސް މެންބަރު އަދި ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ ހުސައިން ޝަރީފް ވަނީ މަޖިލީހުގައި ވާހަކަފުޅު ދައްކައިފައެވެ.

އަދި، ރާއްޖޭގައި 8 ރިސޯޓު ހިންގާ ޔުނިވާސަލް ކުންފުނީގެ ހުއްދަ ހިފަހައްޓަން، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އެއްބަނޑު އެއްބަފާ ބޭބެ، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވަނީ ގޮވާލައްވައިފައެވެ.

މީގެ އިތުރުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެކިއެކި ބޭފުޅުން ގެންދަވަނީ ސޯޝަލް މީޑިއާގައި ރިސޯޓް ވިޔަފާރިވެރިންނާ ވަރަށް ބޮޑަށް ފާޑުކިޔާ، ހުތުރު ބަހުން ވާހަކަ ދައްކަމުންކަން ފާހަގަ ކުރެވެއެވެ.

ޓްރެވަލް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު ފިރާގު ކަންބޮޑުވުން ފާޅު ކުރައްވާ ޕޯސްޓެއް ކުރެއްވިއިރު، ޑޮލަރު މާރުކުރުން މަޖުބޫރުކުރާ ގަވާއިދަށް ޢަމަލުކުރެވެން ނެތްކަމަށް އަންގައި، ޚުދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ޚަލީލުގެ ޕަލްސް ކުންފުނިން ވެސް އެމްއެމްއޭ އަށް ސިޓީ ފޮނުވާފައިވާކަން ފާހަގަ ކުރެވެއެވެ.

ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނާއި މި ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން، ދިވެހިރާއްޖެއިން އެތަކެއް އަހަރުތަކެއްގެ ބުރަ މަސައްކަތުން ހާސިލުކޮށްފައިވާ ފަތުރުވެރިކަަމަށް ނުރައްކާވެ، އެ ސިނާއަތު ފުނޑިދާނެ ކަމަށް ކަމާ ބެހޭ މާހިރުންނާއި ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު