Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވައިގެ އުދުހުންތައް

މިނެޓަކުން ދެވޭ ތަނަކަށްވެސް މަތިންދާ ބޯޓުގައި!

ވެސްޓްރޭއިން ޕާޕާ ވެސްޓްރޭއަށް ވައިގެ އުދުހުންތައް އޮޕަރޭޓް ކުރަން ފެށީ 1967 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އަދާ ޖެހުނު އިރުވެސް ފްލައިޓް އޮޕަރޭޓް ކުރަނީ ލޯގަންއެއަރއިންނެވެ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 29 ޖޫން 2024 | ހޮނިހިރު 10:51
ވެސްޓްރޭއިން ޕާޕާ ވެސްޓްރޭއަށް ވައިގެ މަގުން ކުރާ ދަތުރަކީ ބޭކާރު ދަތުރެއް ކަމަށް ބުނެ، ފާޑުކިޔާ މީހުންވެސް މަދެއް ނޫން

ވެސްޓްރޭއިން ޕާޕާ ވެސްޓްރޭއަށް ވައިގެ މަގުން ކުރާ ދަތުރަކީ ބޭކާރު ދަތުރެއް ކަމަށް ބުނެ، ފާޑުކިޔާ މީހުންވެސް މަދެއް ނޫން

ބައެއް މީހުންނަކީ ވައިގެ އުދުހުންތަކަށް ލޯބި ކުރާ މީހުންނެވެ. އަނެއް ބައި މީހުންނަކީ އެ ނޫން ގޮތެއް ނެތިގެން ނޫނީ މަތިންދާބޯޓަކަށް އަރާ ބައެއް ނޫނެވެ. ވަކިން ހާއްސަކޮށް، ކުދިކުދި ބޯޓުތަކުގައި ދަތުރުކުރުމަކީ ކޮންމެކޮންމެ މީހަކަށް މާ ފަސޭހަ ކަމަކަށްވެސް އޮންނަނީ ނުވެފައެވެ. ނަމަވެސް، އެ ނޫން އެހެން ގޮތެއް ނެތީވިއްޔާ ދެން ހެދޭނެ ގޮތެއްވެސް ނޯންނާނެތާއެވެ. ދައްކަން މި އުޅެނީ ވަރަށް އާދަޔާ ޚިލާފު ކޮމަރޝަލް ފްލައިޓެއްގެ ވާހަކައެވެ. އެއީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، ވަގުތުގެ ގޮތުން އެންމެ ކުރު ދަތުރެވެ.

ސްކޮޓްލަންޑްގެ ޖަޒީރާތަކެއް ކަމަށްވާ ވެސްޓްރޭއާއި ޕާޕާ ވެސްޓްރޭއާ ދެމެދު ކުރާ ދަތުރަކީ، ދުނިޔޭގެ ރެކޯޑް ފޮތުންވެސް ޖާގަ ހޯދާފައި ވާ ކުރު ދަތުރެކެވެ. އެންމެ ކުރު ދަތުރުގެ ރެކޯޑް މި ފްލައިޓަށް ލިބެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއް މަންޒިލުން އަނެއް މަންޒިލަށް އުދުހިލުމަށް 2 މިނެޓްވެސް ނުނަގައެވެ. މިހާ ހިސާބުން އުފެދިދާނެ ސުވާލަކަށް ވާނީ، ފައި މަގުގަ، ކާރެއްގަ، ބަހުގަ ނުވަތަ އެނޫންވެސް އުޅަނދެއްގައި ނުދެވޭންވީ ކީއްވެތޯ ކުރެވޭ ސުވާލެވެ. އޯރކްނީ އައިލަންޑްސްއޭ ކިޔާ މި ޖަޒީރާ ރަށްތަކުގެ އާބާދީވެސް މާ ބޮޑެއް ނޫނެވެ. އެ އެންމެންނަށްވެސް އެއް ރަށުން އަނެއް ރަށަށް ދެވެން އޮންނަނީ ހަމަ އެންމެ 2 ގޮތެކެވެ. އެއީ ވައިގެ މަގުން ކުޑަކުޑަ ބޯޓެއްގައި ދަތުރު ކުރުމެވެ. ނުވަތަ އިންތިހާ ގަދަ ކަނޑެއްގައި ދަތުރު ކުރުމެވެ. ވެސްޓްރޭއިން ޕާޕާ ވެސްޓްރޭއަށް ދަތުރު ކުރުމަށް އާންމު ގޮތެއްގައި ހޭދަ ވަނީ 90 ވަރަކަށް ސިކުންތެވެ. މޫސުން އޮތީ އެންމެ ފުރިހަމައަށް ކަމުގައި ވާނަމަ މިނެޓެއް ނުވަނީސް ދަތުރު ނިންމާލެވެއެވެ. މޫސުން ގޯސް ދުވަހެއް ނަމަ ގާތްގަނޑަކަށް 3 ވަރަކަށް މިނެޓް ހޭދަވެއެވެ.

ވެސްޓްރޭއިން ޕާޕާ ވެސްޓްރޭއަށް ވައިގެ އުދުހުންތައް އޮޕަރޭޓް ކުރަން ފެށީ 1967 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އަދާ ޖެހުނު އިރުވެސް ފްލައިޓް އޮޕަރޭޓް ކުރަނީ ލޯގަންއެއަރއިންނެވެ. ދުނިޔޭގެ އެންމެ ކުރު ކޮމަރޝަލް ފްލައިޓްގެ ރެކޯޑް އޮތް މި ދަތުރުގެ ރާސްތާއަކީ ގާތްގަނޑަކަށް 1.7 މޭލެވެ. އެއީ އާންމުކޮށް އެއަރޕޯޓްތަކުގައި ހުންނަ ރަންވޭތަކަށް ވުރެވެސް ކުރު ރާސްތާއެކެވެ. 1 ޕައިލެޓްއަށް ކޮންޓްރޯލް ކުރެވޭ މި ބޯޓުގައި ހުންނަނީ އެންމެ 8 ސީޓްއެވެ. ބޯޓުމަތީގައި އިންފްލައިޓް ސަރވިސް ނުވަތަ ކެއިންބުއިމުގެ ޚިދުމަތް ފަދަ އެފަދަ އެއްވެސް ޚިދުމަތެއް ނުދެއެވެ.

ވެސްޓްރޭއިން ޕާޕާ ވެސްޓްރޭއަށް ވައިގެ މަގުން ކުރާ ދަތުރަކީ ބޭކާރު ދަތުރެއް ކަމަށް ބުނެ، ފާޑުކިޔާ މީހުންވެސް މަދެއް ނޫނެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫން ކަމަށާއި، އެއީ ވެއްޓަށް ގެއްލުންދެނިވި ދަތުރެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ވެސްޓްރޭގައި ދިރިއުޅޭ 600 އެއްހާ މީހުންނާއި، ޕާޕާ ވެސްޓްރޭގައި ދިރިއުޅޭ 90 ވަރަކަށް މީހުންނަށް، މި ދަތުރަކީ އާބާދުވެފައި ވާ އެހެން ރަށްރަށް ދަތުރު ކުރުމަށްޓަކައި އިންތިހާއަށް މުހިންމު ރާސްތާއެކެވެ. އޯކްނީ އައިލަންޑްސްގެ ވަޒަންވެރިން ކުރަން ޖެހޭ ދަތުރުގެ ޚަރަދަށް، ސްކޮޓްލަންޑްގެ ސަރުކާރުން ސަބްސިޑީ ދެއެވެ. ނަމަވެސް ފަތުރުވެރިއަކު ކުރާ ދަތުރަށް، 17 ޕައުންޑާއި 45 ޕައުންޑާ ދެމެދު މިންވަރެއް ޚަރަދު ކުރަން ޖެހެއެވެ.

ދުނިޔޭގައި މިވަގުތު އޮޕަރޭޓް ކުރާ އެންމެ ކުރު ރާސްތާ ކޮމަރޝަލް ފްލައިޓްގެ 2 މަންޒިލަކީ އާބާދީ މަދު ސަރަޙައްދުތަކަކަށް ވީ ނަމަވެސް، ހޫނު މޫސުމުގެ ދުވަސްވަރަށް ކާރޫބާރޫ ބޮޑުވެއެވެ. ހޫނު މޫސުމުގެ ދުވަސްވަރު ދަތުރުތައް އިތުރުވުމުގެ އަސްލަކީ، އެ ސަރަޙައްދަށް ޒިޔާރަތް ކުރާ ފަތުރުވެރިންނެވެ. ވެސްޓްރޭއިން ޕާޕާ ވެސްޓްރޭއަށް ފަތުރުވެރިން ޒިޔާރަތް ކުރުމުގެ މައިގަނޑު އެއް ބޭނުމަކީވެސް ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ބަލައިގެންފައި ވާ އެންމެ ކުރު ކޮމަރޝަލް ފްލައިޓްގެ ތަޖުރިބާކޮށްލުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަނގުރާމައިގެ ތެރޭގައިވެސް އަރީނާ އިނީ ސްކޫލަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި

ހަނގުރާމައިގެ ތެރޭގައިވެސް އަރީނާ އިނީ ސްކޫލަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި

17 އޯގަސްޓު 2022
މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެތައް ރެފިއުޖީންނެއް ފީޖީގައި!

މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެތައް ރެފިއުޖީންނެއް ފީޖީގައި!

03 އޯގަސްޓު 2022
މަތިންދާބޯޓެއް ވެއްޓި ޓާޒަން މަރުވެއްޖެ

މަތިންދާބޯޓެއް ވެއްޓި ޓާޒަން މަރުވެއްޖެ

01 ޖޫން 2021
މަތިންދާބޯޓެއްގެ ތެރޭގައި ޕެސިންޖަރަކު ދުވަސްނުފުރާ ވިހައިފި

މަތިންދާބޯޓެއްގެ ތެރޭގައި ޕެސިންޖަރަކު ދުވަސްނުފުރާ ވިހައިފި

04 މެއި 2021
ގޮތްނޭގޭ ބުޅަލެއް މަތިންދާބޯޓަކަށް އަރައި ޕައިލެޓަށް ހަމަލަދީފި

ގޮތްނޭގޭ ބުޅަލެއް މަތިންދާބޯޓަކަށް އަރައި ޕައިލެޓަށް ހަމަލަދީފި

03 މާރިޗު 2021

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު