Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުން

ޖަލުގެ އަނދިރި، ނުދައްކާ ވާހަކަ - ނިވާފަތްގަނޑުގަ ތިބި މީހުން ހޯދޭނެބާ؟

ޖަލަށް މަސްތުވާތަކެއްޗާއި ފޯނާއި ވެއްދުމުގައި ޖަލު އޮފިސަރުންގެ ބައިވެރިވުން އެބައޮތް، މާލީ މަންފާތައް ހޯދައިގެން ޖަލަށް އެއްޗެހި ވައްދަދީފައި އެބަ ހުއްޓެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ޖޫން 2024 | ހުކުރު 11:04
ކަރެކްޝަންސް މުވައްޒަފުން، އަދި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ހޯދާފައިވާ ފޯނުތައް

ކަރެކްޝަންސް މުވައްޒަފުން، އަދި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ހޯދާފައިވާ ފޯނުތައް

ޔުނިފޯމް އެޅި މުއައްސަސާތަކަކީ ދިވެހިންގެ ގަދަރާއި ހައިބަތު ލިބެން ޖެހޭ ބައެކެވެ. އެއީ އާއްމުންގެ ލޮތްބާއި އިޚުތިރާމް ލިބެންވާނެ ބައެކެވެ. ހިތާމައާއި އެކު ފާހަގަކުރަން ޖެހޭ ކަމަކީ މިއަދުގެ ހަގީގަތް އޮތީ އެއާއި މާބޮޑަށް ވެސް ދުރުގައި ކަމެވެ. އެހެން ވާންޖެހޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. މުއައްސަސާތަކުގެ ހިންގުން ސިޔާސީ ކުރުމާއި، ޔުނިފޯމް އެޅި މީހުންގެ ހުންނަންވާ އަދަބާއިސަދަބާއި ނެތުމާއި، ވާހަކަދެއްކުމުގައި އިޚުތިރާމްކުޑަ ވައްޓަފާޅި އެއް ގެންގުޅުން ފަދަ އެތައް ސަބަބެކެވެ. އެ ވާހަކަ މާ ދިގުކުރާކަށް ނެތީމެވެ. ހަގީގަތަކީ އާއްމުންނަށް ބަރޯސާ ވެވޭ އާއްމުންނާއި ގާތް ބަޔަކަށް ވުރެ ބޮޑަށް އާއްމުންނަށް މި މުއައްސަސާތައް ސިފަ ވަނީ އެބަޔަކަށް އިތުބާރު ނުކުރެވޭ އެބަޔަކާއި ވީހާވެސް ދުރުން އުޅުން ރަނގަޅު ބައެއްގެ ގޮތުގައެވެ.

މިހެން މިކަން ދިމާވަނީ މަދު ބައެއްގެ ނޭއްގާނީ އަމަލުތަކުގެ ސަބަބުންނެވެ. އެންމެ މީހަކު ކުރާ ކަމަކުން ވެސް މުޅި މުއައްސަސާގެ އަގު ވެއްޔާއި މޮޑެލަން އެބަ މަގުފަހިވެގެންދެއެވެ. މިހާރު ދިމާވެގެން މި އުޅެނީ ވެސް މި ޒާތުގެ ކަމެކެވެ. މީހުން ބުނާތީ އަޑު އަހަމެވެ. ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމައެވެ. އެހެން ބުނެ އުޅެނީ ސިއްރުން ކޮށްފަ ހުންނަ ކަންކަން އެނގޭނީ ހޯދާ ބެލީމައޭ ބުނުމުގެ ގޮތުންނެވެ. ޖަލުގެ ނުދައްކާ، އަނދިރި ފަރާތުގެ ވާހަކަ ފެނުނީ ވެސް މި ބީދައިން ހޯދާ ބެލީމައެވެ. ޤައުމުގެ ދާހިލީ ވުޒާރާގެ، ވަޒީރު އަލީ އިހުސާން ނޫސްވެރިންނާއި މުޚާތަބުކޮށް ދެއްވި މައުލޫމާތުތަކަކީ ބިރުވެރި ވާހަކަތަކެކެވެ.

އިހުސާން ފާހަގަކުރެއްވި ފަދައިން ޖަލުން ތަކުރާރުކޮށް ފޯނާއި މަސްތުވާތަކެތި ފެންނަމުންދާ މައްސަލަ އަބަދުވެސް ފެންމަތިވެއެވެ. މިއީ އިއްޔެ އަކު މިއަދަކު ހިނގާކަމެއް ނޫނެވެ. މިއީ ތެދުތެދަށް ދަންނަވާ ނަމަ އެންމެންނަށް އެނގޭ ބޮޑު ސިއްރެވެ. އެކަމެއް ހިނގާކަން ވެސް އެނގޭ އެކަމަކު އޭގެ މުގުލަށް ވާސިލް ނުވެވި އޮތް ކަމެއްގެ ވާހަކައެވެ. ކޮންމެއަކަސް މީގެ ތިން މަސް ކުރިން ޖަލުގެ އޮފިސަރުންގެ ބައިވެރިވުމާއި އެކު އެފަދަ ކަންކަން ހިނގާކަން ގައުމުގެ ހޯމް މިނިސްޓަރގެ ސަމާލުކަމަށް ގެނައެވެ. އެތައް ދުވަހެއް ވަންދެން ކުރަމުން އައި ވައްކަން މި އެނގުނީ "ބިތު ފަންގި" ނެގީމައެވެ. މިލިއަނުން މިލިއަނުން އޮފިސަރުންނަށް ފައިސާ ދީގެން، ޖަލަށް ވަގަށް ފޯނާއި މަސްތުވާތަކެތި ވައްދާ ނުރައްކާތެރި ނެޓްވޯކެއްގެ މަލަމަތި އެއޮތީ ހާމައަށް ފެންނާށެވެ.

ފުލުހުންގެ މައުލޫމާތުތަކުން އެނގުނުކަމަކީ ކަރެކްޝަންގެ 18 މުވައްޒަފެއްގެ އެކައުންޓަށް އާދަޔާއި ޚިލާފަށް ގިނައިން ފައިސާ ޖަމާވެފައި ހުރިކަމެވެ. ބައެއް މުވައްޒަފުންގެ އެކައުންޓަށް ގާތްގަނޑަކަށް 24 މިލިއަން ރުފިޔާ ޖަމާވެފަ އެބަ ހުއްޓެވެ. 18 މުވައްޒަފުންގެ އެކައުންޓަށް އެކި ފަހަރު މަތިން ގާތްގަނޑަކަށް 73 މިލިއަން ރުފިޔާ އެ މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްފައި އެބަ ހުއްޓެވެ.

އެ ހިސާބުން މި މުވައްޒަފުން ހައްޔަރު ކުރި ވާހަކަ އާއި މި ކަމާއި މެދު އާއްމުންގެ ޚިޔާލުތަކުން މުޅި މީސްމީޑިއާ ފުރާލައިފިއެވެ. އެކަމަކު މިއީ ހަމައެކަނި އާދައިގެ އޮފިސަރުންނާއި ހިސާބުން ނިމޭނެ ކަމެއްތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ. ޖަލާއި ޖަލުން ބެރުގައި ތިބި ކުށް ކުރ، ކުށުގެ ވެށީގައި އުޅޭ މީހުން މި ނެޓްވޯކްގައި ބައިވެރިވާ އިރު އެކަން ކަމާއި ގުޅުން ހުރި އިދާރާތަކަށް ހަމަ ރޭކާ ނުލަނީބާއެވެ؟ އަަހަރެއްހާ ދުވަހުގެ ތެރޭގައި މުސާރަ އާއި ނުބައްދަލު، ބޮޑެތި އަދަދުތައް އޮފިސަރުންގެ އެކައުންޓަށް ޖަމާވާ އިރު މާލީކަންކަން މަލާ ދިރާސާ ކުރާ މީހުންގެ ނަޒަރުން އެކަން ގެއްލިދާނެ ކަމަށް ޤަބޫލުކުރަން ދައްޗެވެ. އަދި އެންމެ އާދައިގެ ކުށްވެރިންނާއި، އާދައިގެ އޮފިސަރުންނާއި ހިސާބުގައި އެކަނި ހިނގާ މުއާމަލާތުތަކަކަށް މިކަން ވެދާނެކަމާއި މެދު ވެސް ސުވާލު އުފެދެއެވެ.

އެނގޭ ކަމަކީ ޖަލުން ބޭރުގައި ތިބި ފައިސާވެރި ބަޔަކު މި ކަމުގައި ބައިވެރިވާކަމެވެ. މިއީ އަޑި ނޭނގޭ ފުން ނެޓްވޯކެއްގެ މަލަމަތި ނޫންބާ އޭ ހިތަށް އަރައެވެ. އާދައިގެ އޮފިސަރަކަށް މިލިއަނުން ފައިސާ ހުށަހަޅަންޏާ، އަދި އިސް މަޤާމުތަކުގައި ތިބި މީހުންނަށް އެއަށް ވުރެ ބޮޑެތި އަދަދުތަކުން ފައިސާ ހުށަ ނާޅާނެކަމަށް ބަލާނީ ކޮން ހަމައަކުންތޯއެވެ؟ މިކަން އޮއްބާލުމުގައި ކިތައް ފަޑީގައި ތިބި ކިތައް މީހުންގެ އަތް ވާނެބާއެވެ؟ ނުފޫޒު ގަދަ ކިތައް މީހުންގެ މަސްލަހަތު މީގައި ހިމެނޭނެތޯއެވެ؟ މި މައްސަލައިގެ މުގުލުގައި ތިބި މީހުން ހޯދާ، ޖަވާބުދާރީ ކުރެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު