ކ. މާލެ
|
28 ޖޫން 2024 | ހުކުރު 09:30
ވިލިނގިލި ދާރިރާގެ މެމްބަރު އާޒިމް އަބްދުލްއަޒީޒު
ވިލިނގިލި ދާރިރާގެ މެމްބަރު އާޒިމް އަބްދުލްއަޒީޒު
މަޖިލިސް
ވައްކަން ކުރާ މީހުންގެ އަތްފައި ކެނޑުން
ސަރުކާރު ކުންފުނިތަކުން ވައްކަން ކުރި މީހުންގެ ހަތަރެސްފައި ކަނޑަން ވިލިނގިލި މެމްބަރު ގޮވާލައިފި
އޭނާ ވިދާޅުވީ ހަތަރެސްފައި ކަނޑާ އެމީހުން ޖަލަށް ލައިގެން ނޫނީ ދުވަހަކުވެސް ހައްލެއް ނާންނާނެ ކަމަށް

ކުރީ ސަރުކާރުގައި، ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކުރި މީހުންގެ ހަތަރެސްފައި ކަނޑަން ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުލް އަޒީޒު ގޮވާލައްވައިފިއެވެ.

ފެނަކަ އިން މިދިޔަ ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ތުހުމަތު ކުރެވޭ ކަރަޕްޝަންގެ މައްސަލަތައް ބެލުމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން، ބުދަ ދުވަހު މަޖިލީހުގެ ތަޅުމުގައި މެމްބަރު އާޒިމް ވިދާޅުވީ، ހަތަރެސްފައި ކަނޑާ އެމީހުން ޖަލަށް ލައިގެން ނޫނީ ދުވަހަކުވެސް މި ކަމަށް ހައްލެއް ނާންނާނެ ކަމަށެވެ.

އަޅުގަނޑު ގޮވާލަން މި އިއްޒަތްތެރި މަޖިލިސް އަށް ނިމިދިޔަ ސަރުކާރުން ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ކޮށްފައިވާ މިފަދަ ވައްކަންތައް ބަލައި، ހަތަރެސްފައި ބުރިކޮށް އެމީހުން ޖަލަށްލާން.
ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުލް އަޒީޒު
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް