Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮންޓެއިނަރު ވަގަށްނެގުން

ވިޔަފާރިވެރިންނަށް މުދާ އެތެރެ ކުރުމަށް ކޮންޓެއިނަރު ގަންނަން ނުވަތަ ބޮޑު ފީއެއް ދައްކަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ރާއްޖޭގެ ޕޯޓްސްގެ ތެރޭގައި ހުރި ކޮންޓެއިނަރުތަކެއް ވަގަށް ނެގުމަކީ ވަރަށް ބިރުބޮޑު އަދި ކަންބޮޑުވާންޖެހޭ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2025 | ހުކުރު 06:55
ހުޅުމާލެ ވިޔަފާރި ބަނދަރު

ހުޅުމާލެ ވިޔަފާރި ބަނދަރު

ވިޔަފާރިވެރިންނަށް ރާއްޖެއަށް މުދާ އެތެރެ ކުރުމަށް ކުރިއަށް އޮތްތަނުގައި ކޮންޓެއިނަރު ގަންނަން ނުވަތަ ބޮޑު ފީއެއް ދައްކަންޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްދު ރާއީ ވިދާޅުވީ، ރާއްޖޭގެ ޕޯޓްސްގެ ތެރޭގައި ހުރި ކޮންޓެއިނަރުތަކެއް ވަގަށް ނެގުމަކީ ވަރަށް ބިރު ބޮޑު ކަމެއް ކަމަށާއި، ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

Advertisement - newsAdvertisement

ރާއީ ވިދާޅުވީ މިކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ޝިޕިންއެއަރލައިންތަކުން އެމީހުންގެ ޕްރޮޕަރޓީ ފޮނުވުމަށް ދެކޮޅު ހެދުމުގެ ބިރު އެބައޮތް ކަމަށެވެ. ކޮންޓެއިނަރު ފަދަ އެއްޗެހި ފޮނުވުމަށް ދެކޮޅު ހަދާކަމަށްވާނަމަ ވިޔަފާރިވެރިން ރާއްޖެއަށް ކާގޯ ގެނައުމަށް ކޮންޓެއިނަރު ވެސް ގަންނަން މަޖުބާރުވާނެ ކަމަށާއި ނުވަތަ އެހެން ގޮތަކަށް ބޮޑު ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިގޮތަށް މިކަންވެއްޖެނަމަ ތަކެތީ އަގު އިންތިހާއަށް މައްޗަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގައި ހުރި ނުރައްކާ ކަމަކީ މި ދެ ކޮންޓެއިނަރއަކީ ދުނިޔޭގައި ކޮންޓެއިނަރ ލައިންގައި އެއީ ވޯލްޑް ނަންބަރ 11. 11 ވަނައަށް އެންމެ ބޮޑު ކޮންޓެއިނަރލައިން މިއީ. އެމީހުންގެ ދެ ކޮންޓެއިނަރު ރާއްޖޭގެ ޕޯޓު ތެރޭގައި ހުއްޓާ މިއުޅެނީ ވަގަށް ނަގައިގެން. ރާއްޖޭގެ ނޫސްތަކުން ނޫނިއްޔާ އިދިކޮޅު ޕާޓީތަކުންނާއި މީސްމީހުން އެ ޝިޕްލައިންތަކަށް
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްދު ރާއީ

މިއީ ސްމަގަލް ކުރުމުގެ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި ރައީ ވިދާޅުވީ ވަގަށް ނެގި 13 މިލިއަން ސިނގިރެޓް މިމައްސަލާގެ ފޯކަސް އަނބުރާލުމަށް މިސަރުކާރު ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިމައްސަލައިގެ ފަހަތުގައި ބާރުގަދަ ފަރާތްތަކެއްވާ ކަމަށެވެ.

މުހައްމަދު ރާއީކޮންޓެއިނަރު ވަގަށްނެގުންވިޔަފާރިވެރިންވައްކަން ކުރުން

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2025

ރައީސް މުއިއްޒު ވައުދުވި ގޮތަށް ވިޔަފާރިވެރިންނަށް ފައިސާ ނުދިން

06 ނޮވެމްބަރު 2025
ރައީސް މުއިއްޒު ވައުދުވި ގޮތަށް ވިޔަފާރިވެރިންނަށް ފައިސާ ނުދިން
16 އޮކްޓޯބަރު 2025

ކޮންޓެއިނަރ ވައްކަން - "މިއީ ފްރޭމް ކުރުމުގެ އަމަލެއް ނޫންތޯ ސުވާލު އުފެދޭ"

16 އޮކްޓޯބަރު 2025
ކޮންޓެއިނަރ ވައްކަން - "މިއީ ފްރޭމް ކުރުމުގެ އަމަލެއް ނޫންތޯ ސުވާލު އުފެދޭ"
05 އޮކްޓޯބަރު 2025

މުޒާހަރާ އަށް ބިރުން، އެގަޑި އާއި ދިމާކޮށް ސަރުކާރު ކުރިންފުނިތަކުގެ "އެމްޑީންނާއި އެކު" ހަރަކާތްތައް ބޭއްވި: ރާއީ

05 އޮކްޓޯބަރު 2025
މުޒާހަރާ އަށް ބިރުން، އެގަޑި އާއި ދިމާކޮށް ސަރުކާރު ކުރިންފުނިތަކުގެ "އެމްޑީންނާއި އެކު" ހަރަކާތްތައް ބޭއްވި: ރާއީ
25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
10 ސެޕްޓެމްބަރު 2025

ޑޮލަރުގެ މައްސަލަ ހައްލުކުރަން އެސްޓީއޯ މެދުވެރިކޮށް ދެން ގެންނަންވީ ޑޮލަރެވެ.

10 ސެޕްޓެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލުކުރަން އެސްޓީއޯ މެދުވެރިކޮށް ދެން ގެންނަންވީ ޑޮލަރެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު