Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެންޔާ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުން

ރައްޔިތުން ރުޅި ގަދަ ވުމުން ޓެކްސް ބޮޑު ކުރާ ބިލް ކެންޔާގެ ރައީސް އަނބުރާ ގެންދަވައިފި

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލް ފާސްކުރުމުން ރައްޔިތުން ވަނީ މަޖިލިސް ކުރާ ގެއަށް ވަދެގަނެ އެތަނުގައި ހުޅުޖަހާފައެވެ. މުޒާހަރާ ކުރާ މީހުން މައިތިރި ކުރަން ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުގެ ސަބަބުން 23 މީހުން ވަނީ މަރުވެފައެވެ.

ރާއްޖެ އެމްވީ | 27 ޖޫން 2024 | ބުރާސްފަތި 20:24
ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރަން މަޖިލިހުން ފާސް ކުރަން އުޅުމުން ކުރި މުޒާހަރާގެ ބައިވެރިއަކު ހައްޔަރު ކުރަނީ

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރަން މަޖިލިހުން ފާސް ކުރަން އުޅުމުން ކުރި މުޒާހަރާގެ ބައިވެރިއަކު ހައްޔަރު ކުރަނީ

ރައްޔިތުން ރުޅި ގަދަ ވުމުން ޓެކްސް ބޮޑު ކުރަން ކެންޔާގެ ގާނޫނު ހަދާ މަޖިލިހުން ފާސްކޮށް ތަސްދީގު ކުރަން ފޮނުވި ބިލް ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ އަނބުރާ ގެންދަވައިފިއެވެ.

"ރައްޔިތުންގެ އަޑު އިއްވައިފި" ބުދަ ދުވަހު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރޫޓޯ ވިދާޅުވިއެވެ. "އެކަން ގަބޫލު ކޮށްފިން."

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރަން މަޖިލިހުން ފާސް ކުރަން އުޅުމުން މި ދިޔަ 10 ވަރަކަށަ ދުވަހު ކެންޔާގައި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައި ވެއެވެ. މުޒާހަރާ ހޫނުވީ އަންގާރަ ދުވަހު އެ ބިލުގެ 3 ވަނަ ކިޔުން އިއްވާ ބިލް ފާސްކުރި ހިސާބުންނެވެ. އެއާއެކު މަޖިލިސް ކުރާ ގޭގެ ތެރެއަށް އާންމުން ވަދެގަނެ ބޮޑެތި ހަމަ ނުޖެހުންތަކެއް ވަނީ ހިނގާފައެވެ.

މުޒާހަރާ ކުރި މީހުންނާ ކުރިމަތި ލުމަށް ނުކުތް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން 23 މީހުން މަރުވި ކަމަށް ކެންޔާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ހިތްހަމަ ނުޖެހިފައި ތިބި ކެންޔާގެ ރައްޔިތުން ބުނާ ގޮތުގައި ރޫޓޯ ވަނީ އިންތިޚާބުގެ ވައުދުތައް ފުއްދުމުގައި ފެއިލްވެފައެވެ.

ކެންޔާގެ ރައީސް ބިލް އަނބުރާ ގެންދެވި އިރު، ޓެކްސް ބޮޑު ކުރުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެ އެކަން ދިފާއު ކުރައްވާ އޭނާ ވަނީ އެތައް ވާހަކަފުޅެއް ދައްކަވާފައެވެ.

ރޫޓޯ ވިދާޅުވީ، ގައުމުގެ ދަރަނި ބޮޑުކަމާއެކު ޓެކްސް މައްޗަށް ޖެއްސުން ނޫން ގޮތެއް ނެތް ކަމަށެވެ.

"ޓެކްސް ގެ ގޮތުގައި އެއްކުރާ ކޮންމެ 100 ޝިލިންގ އަކުން 61 ޝިލިންގ ހޭދަ ކުރަނީ ޓެކްސް ދައްކަން." ރޫޓޯ ބިލަށް ފުރަތަމަ ތާއީދު ކުރެއްވި ސަބަބު ބުދަ ދުވަހުގެ ނޫސް ކޮންފަރެންސްގައި ވިދާޅުވިއެވެ.

އެހެން ނަމަވެސް ފާޑު ކިޔާ ފަރާތްތަކުން ބުނަނީ، ދައުލަތުގެ އިސްރާފް ކުޑަކުރުމުން އެކަނިވެސް ދަރަނި ފޫބެއްދޭނެ ކަމަށެވެ.

ކެންޔާގައި ރައީސް ރޫޓޯ އަށް ހަޖޫ ޖެހުމުގެ ގޮތުން ފާޑު ކިޔާ ފަރާތްތަކުން އޭނާ ސިފަ ކުރަނީ "އުދުހޭ ރައީސް" ގެ ގޮތުގައެވެ. ރަސްމީ ދަތުރުފުޅުތައް ގިނަ ކަމުން މީހުންގެ ފާޑު ކިޔުން އިތުރުވުމުން އަމިއްލަ ދިފާއުގައި ރޫޓޯ ވިދާޅުވަނީ، ބޭރު ދަތުރުތައް ކޮށްގެން ނޫނީ ފައިސާގެ ދަތިކަން ފޯރާފައިވާ ކެންޔާ އަށް އިންވެސްޓްމަންޓްތައް ނުގެނެވޭނެ ކަމަށެވެ.

ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް މުޒާހަރާ އަށް އަންގާރަ ދުވަހު ނުކުތް މީހުން ކޮންޓްރޯލް ނުވެ، ފުލުހުން ބަޑި ޖަހާ ކަރުނަ ގޭސް ޖެހުމުން ވެސް މުޒާހަރާ ކުރާ މީހުން މައިތިރި ނުކުރެވުނު މަންޒަރު ފެނިގެން ދިޔައެވެ.

މުޒާހަރާ ކުރި މީހުން ގޮވަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އިސްތިއުފާދީ ގައުމުގެ ރައީސްވެސް އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

ޓެކްސް ބިލް ފާސްކުރުމުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ، އަންގާރަ ދުވަހު އިމާރާތުގައި ހުޅު ވެސް ޖަހިއެވެ.

މަންޒަރުތަކުން އިމާރާތުގައި ރޯވެ ދުން އަރަމުންދާ ތަން ފެނެއެވެ. ފުލުހުންނަށް ކޮންޓްރޯލް ނުވެ އެއްބަޔަކު އިމާރާތުގެ ތެރެއަށް ވަދެގަނެ، ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މީގެ އިތުރުން ބިލަށް ތާއީދު ކޮށް ވޯޓު ދިން މެމްބަރުންނަށްވެސް މުޒާހަރާ ކުރާ މީހުންވަނީ ހަމަލާ ދީފައެވެ.

މުޒާހަރާގެ ބައިވެރިއަކު ރޮއިޓާސް އާ ވާހަކަ ދައްކަމުން ބުނީ، އެމީހުން ބޭނުންވަނީ މަޖިލިސް ބަންދުކޮށް ހުރިހާ މެމްބަރުން އިސްތިއުފާދީ އައު ސަރުކާރެއް ކެންޔާއަށް ގެންނާށެވެ.

ކެންޔާގެ ވެރިރަށް ނައިރޯބީގެ އިތުރުން އެހެން ސިޓީތަކުގައިވެސް މި ބިލާ ގުޅިގެން ހަމަނުޖެހުން ހިނގި ކަމަށް ޚަބަރުތައް ބުނެއެވެ.

ކެންޔާ ސަރުކާރުން ޓެކްސް ބޮޑު ކުރާތީ އާންމުން ރުޅި ގަދަވެފައިވަނީ ދިރިއުޅުމުގެ އަގުތައް މައްޗަށް ގޮސްފައިވަނިކޮށް އިތުރަށް ޓެކްސް ބޮޑު ކޮށްފިނަމަ އެމީހުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ދަށްވެގެން ދާނެ ކަމަށް ބުނެއެވެ.

ރޫޓޯ ކެންޔާގެ ވެރިކަމަށް ވަޑައިގަތީ ގާތްގަނޑަކަށް މީގެ 2 އަހަރު ކުރިން ފަގީރުންގެ ހާލަތު ރަނގަޅު ކުރައްވާ، ކަރަޕްޝަން ނައްތާލައްވާނެ ކަމަށް ކެމްޕޭންގައި ވިދާޅުވަމުންނެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރަން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ކެންޔާ ސަރުކާރަށް މަޖުބޫރު ކުރަމުންދަނީ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދުމަށެވެ.

ކެންޔާ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ މަގްސަދެއް ކަމަށް ބުނަނީ ދަރަނި ކުޑަކުރުމަށް ޓެކްސް ބޮޑު ކޮށްގެން އިތުރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ޑޮލަރު ހޯދުމެވެ. ދަރަނި ވަރަށް ބޮޑުތަން މައްޗަށް ގޮސްފައިވާ ކެންޔާގެ އާމްދަނީގެ 37 އިން ސައްތަ ހޭދަ ކުރަން ޖެހެނީ ދަރަންޏާ އިންޓަރެސްޓް ދެއްކުމަށް ކަމަށްވެއެވެ.

ޓެކްސް ބޮޑު ކުރުމާމެދު ރައްޔިތުން ރުޅިވެރިކަން ފާޅު ކުރަން ފެށުމުން ސަރުކާރުން ބުނެފައިވަނީ، ޕާނާއި ކުކިންގ އޮއިލް އާއި، ކާރުން ޓެކްސް ބޮޑު ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެވަރުން ރައްޔިތުން އަދި ހިތްހަމަ ޖެހޭ ގޮތް ވަނީ ނުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު