Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޮނިން ކަޕް

މޮނިން ކަޕްގެ ޗެމްޕިއަންކަން ރިޓްސް ކަރލްޓޮން މޯލްޑިވްސްގެ އެރެސްޓާ ޑިއަންޓާރާ އަށް

އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މޮނިން ކަޕްގައި ރާއްޖެ ތަމްސީލްކުރާނީ ރިޓްސް ކަރލްޓޮން މޯލްޑިވްސްގެ އެރެސްޓާ ޑިއަންޓާރާ އެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖޫން 2024 | ބުދަ 15:58
މޮނިން ކަޕްގެ ބައިވެރިންގެ ތެރެއިން ވަނަތައް ހާސިލްކުރި މީހުންގެ އަގު ވަޒަންކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޮނިން ކަޕްގެ ބައިވެރިންގެ ތެރެއިން ވަނަތައް ހާސިލްކުރި މީހުންގެ އަގު ވަޒަންކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސިމްޑީ ގްރޫޕުން "މޮނިން"އާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މޮނިން ކަޕްގެ ޗެމްޕިއަންކަން ރިޓްސް ކަރލްޓޮން މޯލްޑިވްސްގެ އެރެސްޓާ ޑިއަންޓާރާ ހޯދައިފިއެވެ.

މި މުބާރާތުގެ އެއް ވަނަ އަށް ދިޔަ މިކްސޮލޮޖިސްޓަށް މި އަހަރު ފްރާންސްގައި އޮންނަ އިންޓަނޭޝަނަލް "މޮނިން ކަޕް"ގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެކަން މީގެ ކުރިން ސިމްޑީ އިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މޮނިން ކަޕްގައި ރާއްޖެ ތަމްސީލްކުރާނީ އެރެސްޓާ ޑިއަންޓާރާ އެވެ.

ތާޖް އެގްޒޯޓިކާ ރިސޯޓުގައި ބޭއްވި އެ މުބާރާތުގައި 15 ބައިވެރިން ވަނީ ވާދަކޮށްފައެވެ. އެ 15 ބައިވެރިން ހޮވާފައި ވަނީ މުބާރާތުގައި ވާދަކުރަން އެދި ހުށަހެޅި 50 ބައިވެރިންގެ ތެރެއިންނެވެ. މުބާރާތުގެ ދެ ވަނަ ހާސިލްކޮށްފައި ވަނީ ފޯ ސީޒަންސް ރިޒޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާގެޑެނިއެލް މާސެލޯއެވެ. އަދި ތިން ވަނަ ހާސިލްކޮށްފައި ވަނީ ތާޖް އެކްޒޮޓިކާގެ ޕްރަތާ މަލޯތްރާއެވެ. މި ދެ މީހުންނަށް ވެސް މެލޭޝިއާގައި ހުންނަ މޮނިންގެ ފެކްޓްރީއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސިމްޑީ ގްރޫޕުން ބުނީ 'ދަ މޮނިން ކަޕް 2024' ބޭއްވީ ޖޫން 22 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ފަނޑިޔާރުންގެ ތެރޭގައި މޮނިން ބެވަރޭޖްގެ އެކްސްޕާޓް ފެލީޕް ވެލެންސިއާ ސެންޓަންޑާރް ހިމެނެއެވެ. އަދި ތާޖް އެގްޒޯޓިކާ ހޮޓެލްސް އެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކޮރީނާ ލުއޭބް، އިންޑަލްޖް މޯލްޑިވްސް ޓްރެވަލް އޭޖެންސީގެ އިތުރުން އިންޑަލްޖް ތުލުސްދޫ ކެފޭގެ ކޯ- އޯނަރ ކްރިސްޓީ ލީ މުރޭ ވަނީ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައެވެ. ރާއްޖޭގައި ބޭއްވި މޮނިން ކަޕް މުބާރަތަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭއްވި މުބާރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތް ކަމަށް މޮނިންގެ ޓްރޭޑް އެންޑް މާކެޓިން މެނޭޖަރު ފޯ މިޑްލް އީސްޓް، އޭޝިއާ އެންޑް ދަ ސަބްކޮންޓިނެންޓް، އެންޖެލޯ ކެރުމް ވަނީ ވިދާޅުވެފައެވެ.

ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިބްރާހިމް މުހައްމަދު ދީދީވެސް ވަނީ މިފަދަ ފެންވަރު ރަނގަޅު މުބާރާތްތައް ރާއްޖެ އަށް ގެނައުމަށް އެ ކުންފުނިން މަސައްކަތް ކުރާކަން ފާހަގަކުރައްވާފައެވެ. އަދި މި މުބާރާތުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔެއާ އެކު އޮތް ގުޅުން ގާތްވެގެން ދާކަމަށް ފާހަގަކުރެއްވިއެވެ.

2010ން ފެށިގެން މޮނިން ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކާ ހަމައެކަނި ކުންފުންޏަކީ ސިމްޑީއެވެ. މިހާރު ސިމްޑީން މޮނިންގެ 50ށް ވުރެ ގިނަ ފްލޭވާތަކާއި 20ށް ވުރެ ގިނަ ޕިއުރޭ ވިއްކައެވެ.

އިތުރަށް ކިޔާލަން

15 މެއި 2024

ސިމްޑީ "މޮނިން ކަޕް" އަންނަ ޖޫން މަހު ބާއްވަނީ

15 މެއި 2024
ސިމްޑީ "މޮނިން ކަޕް" އަންނަ ޖޫން މަހު ބާއްވަނީ
19 ޖެނުއަރީ 2024

މަޝްހޫރު ބްރޭންޑް "މޮނިން"ގެ އެކި ބާވަތުގެ ސިރަޕް، މިހާރު ސިމްޑީ ރެސޫ އިން ލިބޭނެ!

19 ޖެނުއަރީ 2024
މަޝްހޫރު ބްރޭންޑް "މޮނިން"ގެ އެކި ބާވަތުގެ ސިރަޕް، މިހާރު ސިމްޑީ ރެސޫ އިން ލިބޭނެ!
12 އޯގަސްޓު 2023

އުރީދޫ މަސް ރޭހުގެ ރެކޯޑު މުގުރާލުމަށްފަހު، ކުޅުދުއްފުށި ސިޓީގެ ޗެމްޕިއަންކަން ޓީމު "ބުޅި ކެނޑި"އަށް

12 އޯގަސްޓު 2023
އުރީދޫ މަސް ރޭހުގެ ރެކޯޑު މުގުރާލުމަށްފަހު، ކުޅުދުއްފުށި ސިޓީގެ ޗެމްޕިއަންކަން ޓީމު "ބުޅި ކެނޑި"އަށް
09 އެޕްރީލު 2023

20،000 ރުފިޔާއާއެކު ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ށަވިޔަންޏަށް

09 އެޕްރީލު 2023
20،000 ރުފިޔާއާއެކު ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ށަވިޔަންޏަށް
23 އޮކްޓޯބަރު 2022

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބަލާލަން އުރީދޫ އިން ހުޅުވާލި ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެ

23 އޮކްޓޯބަރު 2022
ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބަލާލަން އުރީދޫ އިން ހުޅުވާލި ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެ
04 މާރިޗު 2022

ވޯލްޑް ކަޕްގެ ގްލޯބަލް ކަނެކްޓިވިޓީ ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި

04 މާރިޗު 2022
ވޯލްޑް ކަޕްގެ ގްލޯބަލް ކަނެކްޓިވިޓީ ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި
16 ސެޕްޓެމްބަރު 2018

ދިރާގު މޯލްޑިވްސް އެރޯޕްރެސް ޗެމްޕިއަންކަން ރަހުމާއަށް

16 ސެޕްޓެމްބަރު 2018
ދިރާގު މޯލްޑިވްސް އެރޯޕްރެސް ޗެމްޕިއަންކަން ރަހުމާއަށް
10 ޖޫން 2018

ވާރލްޑް ކަޕްގެ 10 މެޗް އަލްޓްރާ އެޗްޑީކޮށް ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި މީޑިއާނެޓް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު

10 ޖޫން 2018
ވާރލްޑް ކަޕްގެ 10 މެޗް އަލްޓްރާ އެޗްޑީކޮށް ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި މީޑިއާނެޓް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު