Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ 2024

ޕެރަގުއޭ ބަލިކޮށް، ކޮލަމްބިއާ އަށް ރަނގަޅު ފެށުމެއް

މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކޮލަމްބިއާ އޮތީ ގްރޫޕް ޑީގެ އެއް ވަނައިގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2024 | އަންގާރަ 05:44
މެޗުގައި ލަނޑު ޖެހުމަށްފަހު ކޮލަމްބިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ކޮލަމްބިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާާ)ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ކޮލަމްބިއާ އިން ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

މުބާރާތުގެ ގްރޫޕް ޑީ ގައި، އަންގާރަ ދުވަހުގެ ފަތިހު ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު ކޮލަމްބިއާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާ އިން ވަނީ ދެ ލަނޑު ޖަަހައިފަ އެވެ. ޕެރަގުއޭގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކޮލަމްބިއާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ހަމޭސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޮލަމްބިއާ އަށް ލީޑު ނަގައިދިނީ ޑެނިއެލް މުނޯޒް އެވެ. އޭގެ ދިހަ މިނެޓު ފަހުން، މެޗުގެ 42 ވަނަ މިނެޓުގައި ކޮލަމްބިއާގެ ދެ ވަނަ ލަނޑު ޖެހީ ޖެފާސަން ލާމާ އެވެ. އެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ރޮޑްރިގޭޒް އެވެ.

މެޗުގައި ޕެރަގުއޭ އިން ލަނޑު ޖެހުމަށް ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ހޫލިއޯ އެނިސްކޯ އެވެ. އޭނާ އެ ލަނޑު ޖެހީ، ރަމޮން ސޮސާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކޮލަމްބިއާ އޮތީ ގްރޫޕް ޑީގެ އެއް ވަނައިގަ އެވެ. މި ގްރޫޕުގައި އެ ޓީމުގެ ދެ ވަނަ މެޗުގައި ނިކުންނާނީ ކޮސްޓަ ރިކާއާ ދެކޮޅަށެވެ.

ކޮޕާ އެމެރިކާ 2024ކޮލަމްބިއާޕެރަގުއޭ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރިބެއަށް 12 އަހަރުގެ ގޭބަންދު

02 އޯގަސްޓު 2025
ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރިބެއަށް 12 އަހަރުގެ ގޭބަންދު
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
20 ނޮވެމްބަރު 2024

އެކުއެޑޯ އަތުން ބަލިވެ، ކޮލަމްބިއާ ހަތަރު ވަނަ އަށް ވެއްޓިއްޖެ

20 ނޮވެމްބަރު 2024
އެކުއެޑޯ އަތުން ބަލިވެ، ކޮލަމްބިއާ ހަތަރު ވަނަ އަށް ވެއްޓިއްޖެ
07 ޖުލައި 2024

ޕެނަލްޓީގައި އުރުގުއޭ އަތުން ބަލިވެ، ބްރެޒިލް ކަޓައިފި

07 ޖުލައި 2024
ޕެނަލްޓީގައި އުރުގުއޭ އަތުން ބަލިވެ، ބްރެޒިލް ކަޓައިފި
06 ޖުލައި 2024

ވެނެޒުއެލާ ބަލިކޮށް، ކެނެޑާ ސެމީ ފައިނަލަށް

06 ޖުލައި 2024
ވެނެޒުއެލާ ބަލިކޮށް، ކެނެޑާ ސެމީ ފައިނަލަށް
05 ޖުލައި 2024

މެސީގެ ޕެނަލްޓީ ނާކާމިޔާބު ވީއިރު، އާޖެންޓީނާ ސެމީ އަށް ގެން ގޮސްދިނީ މާޓިނޭޒް

05 ޖުލައި 2024
މެސީގެ ޕެނަލްޓީ ނާކާމިޔާބު ވީއިރު، އާޖެންޓީނާ ސެމީ އަށް ގެން ގޮސްދިނީ މާޓިނޭޒް
04 ޖުލައި 2024

މެސީ، ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

04 ޖުލައި 2024
މެސީ، ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
03 ޖުލައި 2024

ބްރެޒިލާ އެއްވަރުކޮށް، ގްރޫޕްގެ އެއް ވަނަ ކޮލަމްބިއާ އަށް

03 ޖުލައި 2024
ބްރެޒިލާ އެއްވަރުކޮށް، ގްރޫޕްގެ އެއް ވަނަ ކޮލަމްބިއާ އަށް
02 ޖުލައި 2024

ބޮލީވިއާ ބަލިކޮށް، ޕަނަމާ ކުއާޓާ ފައިނަލަށް

02 ޖުލައި 2024
ބޮލީވިއާ ބަލިކޮށް، ޕަނަމާ ކުއާޓާ ފައިނަލަށް
02 ޖުލައި 2024

އުރުގުއޭ އަތުން ބަލިވެ، އެމެރިކާ ކަޓައިފި

02 ޖުލައި 2024
އުރުގުއޭ އަތުން ބަލިވެ، އެމެރިކާ ކަޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު