Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ 2014

ބްރެޒިލާ އެއްވަރުކޮށް، ގްރޫޕްގެ އެއް ވަނަ ކޮލަމްބިއާ އަށް

ނަތީޖާ އާއެކު ކޮލަމްބިއާ އަށް ގްރޫޕްގެ އެއް ވަނަ ލިބެނީ ތިން މެޗުން ހަތް ޕޮއިންޓާއެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2024 | ބުދަ 04:28
ބްރެޒިލް އާއި ކޮލަމްބިއާ ކުޅުނު މެޗުގެ ތެރެއިން

ބްރެޒިލް އާއި ކޮލަމްބިއާ ކުޅުނު މެޗުގެ ތެރެއިން

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ގްރޫޕް ޑީގެ ފަހު މެޗުގައި ބްރެޒިލާ އެއްވަރުކޮށް، ގްރޫޕްގެ އެއް ވަނަ ކޮލަމްބިއާ އިން ހޯދައިފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮލަމްބިއާ އިން ކުރިން ކުޅުނު ދެ މެޗުން ވެސް ކޮލަމްބިއާ ވަނީ މޮޅުވެފަ އެވެ. ބްރެޒިލް ވަނީ އެއް މެޗުން މޮޅުވެ، އަނެއް މެޗު އެއްވަރުވެފަ އެވެ. އެހެންކަމުން އެއް ވަނައިގައި ކުއާޓާ ފައިނަލަށް ދިޔުމުގެ ފުރުސަތު ބްރެޒިލަށް އޮތީ ކޮލަމްބިއާ ބަލިކޮށްގެންނެވެ. ނަމަވެސް މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބްރެޒިލް އިންނެވެ. ނަމަވެސް ކޮލަމްބިއާ އިން ވަނީ ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ބްރެޒިލުން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ރަފީނިއާ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަަމަވެ، އިތުރަށް ދެއްކި ވަގުތުގައި ކޮލަމްބިއާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޖޯން ކޯޑޮބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑެނިއެލް މުނޯޒް އެވެ.

ނަތީޖާ އާއެކު ކޮލަމްބިއާ އަށް ގްރޫޕްގެ އެއް ވަނަ ލިބެނީ ތިން މެޗުން ހަތް ޕޮއިންޓާއެކު އެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި ކޮލަމްބިއާ ނިކުންނާނީ ޕަނަމާއާ ދެކޮޅަށެވެ. ގްރޫޕްގެ ދެ ވަނަ ބްރެޒިލް އަށް ލިބުނުއިރު، ކުއާޓާ ފައިނަލްގައި އެ ޓީމު ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.

ކޮޕާ އެމެރިކާ 2024ބްރެޒިލްކޮލަމްބިއާ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
12 ސެޕްޓެމްބަރު 2025

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި
05 އޯގަސްޓު 2025

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު