Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ 2024

މެސީ، ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

އާޖެންޓީނާގެ ފަރިތަކުރުންތަކަށް މެސީ ނިކުންނަން ފަށާފައިވާއިރު، ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެ މެޗުގައި މެސީ ކުޅުމުގެ ފުރުސަތު ބޮޑެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2024 | ބުރާސްފަތި 04:05
އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި މެސީ ބައިވެރި ވަނީ

އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި މެސީ ބައިވެރި ވަނީ

އާޖެންޓީނާގެ ފަރިތަކުރުންތަކުގައި ކެޕްޓަން ލިއޮނަލް މެސީ ބައިވެރިވާން ފަށައިފި އެވެ.

އާޖެންޓީނާ ތައްޔާރުވަމުން އަންނަނީ، މިހާރު ކުރިއަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ކުއާޓާ ފައިނަލް މެޗަށެވެ. ކުއާޓާ ފައިނަލްގައި ހުކުރު ދުވަހު އާޖެންޓީނާ އިން ނިކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އާޖެންޓީނާ އިން ކުރިއަށް ގެންދާ ފަރިތަކުރުންތަކަށް މެސީ ވަނީ ނިކުމެފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާޖެންޓީނާ އިން ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ނުކުޅެ އެވެ. އެއީ އޭގެ ކުރިން ގްރޫޕް ސްޓޭޖުގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ އަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. އެ މެޗަށްފަހު، އާޖެންޓީނާގެ ކޯޗު ލިއޮަނަލް ސްކަލޯނީ ވަނީ، މެސީ އަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާކަން ވެސް ހާމަކޮށްފަ އެވެ.

އެހެންވެ ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ނުކުޅެ އެވެ. މެސީ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުއާޓާ ފައިނަލްގެ މެޗުގައި އޭނާ އަށް ކުޅެވޭނެކަން އަދި ޔަގީނެއް ނޫނެވެ. ނަމަވެސް އާޖެންޓީނާގެ ފަރިތަކުރުންތަކަށް މެސީ ނިކުންނަން ފަށާފައިވާއިރު، ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެ މެޗުގައި މެސީ ކުޅުމުގެ ފުރުސަތު ބޮޑެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއެކު ގްރޫޕް ސްޓޭޖުގައި މެސީ ވަނީ ދެ މެޗު ކުޅެފަ އެވެ. އެއީ ކެނެޑާއާ ދެކޮޅަށާއި، ޕެރޫއާ ދެކޮޅަށެވެ. އެންމެ ފަހުން އޮތް ކޮޕާ އެމެރިކާގެ ރަން ބޫޓު އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ މެސީ އަށް، މިއަހަރުގެ މުބާރާތުގައި އަދި ލަނޑެއް ނުޖެހެ އެވެ.

ކޮޕާ އެމެރިކާ 2024އާޖެންޓީނާލިއޮނެލް މެސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު