Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

އަހަރަމެންނަށް ލިބުނީ "އަދަބެއް": މޮންޓެލާ

ޕޯޗުގަލާ ދެކޮޅަށް މެޗުގެ ވަކި ހިސާބެއްގައި ތުރުކީ އަށް ރަނގަޅަށް ކުޅެވުނު ކަމަށާއި، ފުރުސަތުތަކެއް ވެސް ތަނަވަސް ކުރެވުނު ކަމަށް ވެސް މޮންޓެލާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖޫން 2024 | ހޯމަ 03:40
ތުރުކީގެ ކޯޗު މޮންޓެލާ

ތުރުކީގެ ކޯޗު މޮންޓެލާ

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުން ތުރުކީ އަށް ލިބުނީ "އަދަބެއް" ކަމަށް، އެ ޓީމުގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޕޯޗުގަލާ ދެކޮޅަށް ނިކުތްއިރު، އެ މެޗުން މޮޅުވެ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. ނަމަވެސް، ޕޯޗުގަލް އަތުން 3-0 އިން ބަލިވުމުން، ތުރުކީ އަށް ޖެހޭނީ ފަހު މެޗަށް އިންތިޒާރު ކުރާށެވެ.

މެޗުގައި ތުރުކީގެ ޑިފެންޑަރެއްގެ އަތުން ބައި ކޮޅަށް ވެސް ވަނީ ލަނޑެއް ވަދެފަ އެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮންޓެލާ ބުނީ، އެ ގޯލުގައި ތުރުކީ އަށް ވަރަށް ބޮޑު ގޯހެއް ހެދުނު ކަމަށެވެ. ބައި ކޮޅަަށް އެ ލަނޑު ވަނީ، ތުރުކީގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ސަބަބުން ކަމަށް ވެސް މޮންޓެލާ ބުންޏެވެ. ފުޓުބޯޅައިގައި އެކަހަލަ ކަންކަން ދިމާވާނެކަން ފާހަގަ ކުރަމުން މޮންޓެލާ ބުނީ، މިއަދު އެކަން ދިމާވީ އެ ޓީމަށް ކަމަށާއި، ދެން ފަހަރެއްގައި އިދިކޮޅު ޓީމަކަށް ވެސް އެކަހަލަ ކަމެއް ދިމާވެދާނެ ކަމަށެވެ.

ޕޯޗުގަލް މެޗުގައި ތުރުކީ އަށް ލިބުނީ "ހަރުކަށި އަދަބެއް" ކަމަށް މޮންޓެލާ ބުންޏެވެ. އެހެން ނަމަވެސް މެޗުން ފާހަގަ ކުރެވުނު ކަންކަން ނަގަން ޖެހޭނީ ޕޮޒިޓިވް ވިސްނުމެއްގައި ކަަމަށް އޭނާ ފާހަގަ ކުރި އެވެ. ތުރުކީ އަށް ހެދުނު ގޯސްތައް، އެ ޓީމަށް ރަނގަޅު ކުރެވޭނެކަން ފާހަގަކޮށް މޮންޓެލާ ބުނީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ތައްޔާރު ވާނީ އެކަންކަމަށް ވިސްނައިގެން ކަމަށެވެ. އަދި ޕޯޗުގަލް މެޗުގައި ދިމާވި ކަންތައްކާ މެދު އިތުރަށް ވިސްނައިގެން، އޭގެ އަސަރު ކުރިއަށް އޮތް މެޗަށް ކުރަން ބޭނުން ނުވާ ކަމަށް ވެސް މޮންޓެލާ ބުންޏެވެ.

މީގެ އިތުރުން މޮންޓެލާ ބުނީ، މިފަދަ ދަނޑިވަޅެއްގައި ތުރުކީ ގައި ތަޖުރިބާ ނެތުމުގެ އުނދަގޫ ޓީމަށް ކުރި ކަމަށެވެ. ޚާއްސަކޮށް ތުރުކީން ފޯކަސް ކުރީ ޕޯޗުގަލް މެޗަށް ކަމަށާއި، ތިން ވަނަ މެޗަށް ފޯކަސް ނުކުރާ ކަމަށް އޭނާ ބުންޏެވެ. ޕޯޗުގަލް މެޗަށް ތުރުކީން ރަނގަޅަށް ތައްޔާރުވި ކަމަށް ވެސް މޮންޓެލާ ވަނީ ބުނެފަ އެވެ. ޕޯޗުގަލާ ދެކޮޅަށް މެޗުގެ ވަކި ހިސާބެއްގައި ތުރުކީ އަށް ރަނގަޅަށް ކުޅެވުނު ކަމަށާއި، ފުރުސަތުތަކެއް ވެސް ތަނަވަސް ކުރެވުނު ކަމަށް ވެސް މޮންޓެލާ ބުންޏެވެ. ޕޯޗުގަލް އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ޓީމު ކަމަށާއި، އެކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އުނދަގޫތަކެއް ހުންނާނެ ކަމަށް ވެސް މޮންޓެލާ ވަނީ ބުނެފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ތުރުކީން ނިކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ، މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ތުރުކީ އަށް އޮންނާނެ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ތުރުކީ ޤައުމީ ފުޓުބޯޅަ ޓީމުވިންޗެންޒޯ މޮންޓެލާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު