Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

މާޓިނޭޒް ބުނީ ރޮނާލްޑޯ ކުރީ މިސާލު ނަގަން ޖެހޭ ވަރުގެ ކަމެއް ކަމަށް!

މާޓިނޭޒް ބުނީ، އެކަމަކީ ޕޯޗުގަލްގެ ކޮންމެ އެކަޑަމީއެއްގައި އަދި ދުނިޔޭގެ ފުޓުބޯޅައިގައި ވެސް ފެންނަން ޖެހޭ މިސާލެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2024 | ހޯމަ 03:34
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އަދި ކެޕްޓަން ރޮނާލްޑޯ

ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އަދި ކެޕްޓަން ރޮނާލްޑޯ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އިން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުރީ، މިސާލު ނަގަން ޖެހޭ ވަރުގެ ކަމެއް ކަަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޕޯޗުގަލް އިން ވަނީ 3-0 އިން ތުރުކީ ބަލިކޮށްފަ އެވެ. އެ މެޗުގައި ޕޯޗުގަލްގެ ތިން ވަނަ ލަނޑު ބްރޫނޯ ފެނާންޑޭސް ޖެހިއިރު، އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ރޮނާލްޑޯ އެވެ. ތުރުކީގެ އޭރިޔާ ތެރެއިން ހުސްކޮށް ހުރެ ރޮނާލްޑޯ އަށް އެ ބޯޅަ ގޯލަށް ފޮނުވާލެވެން އޮތް ނަމަވެސް، އޭނާ ވަނީ ފެނާންޑޭސް އަށް ބޯޅަ ޕާސް ކޮށްފަ އެވެ. އެ ބޯޅައިން ފެނާންޑޭސް ވަނީ ލަނޑު ޖަހައިފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ރޮނާލްޑޯ އަށް ތައުރީފު ކޮށްފައިވާއިރު، އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ކޯޗު މާޓިނޭޒް ވެސް ވަނީ އެ ވާހަކަ ދައްކައިފަ އެވެ. މާޓިނޭޒް ބުނީ އޭނާ އަށް ފެނުނީ ވަރަށް އާދަޔާ ޚިލާފު ކަމެއް ކަމަށެވެ. ގޯލު ކީޕަރު ކުރިމަތީގައި ހުރެ ރޮނާލްޑޯ އަށް ބޯޅަ ފޮނުވާލެވެން އޮތް ނަމަވެސް، ރޮނާލްޑޯ އެ ބޯޅަ ފެނާންޑޭސް އަށް ޕާސް ކުރިކަން ފާހަގަކޮށް މާޓިނޭޒް ބުނީ، އެކަމަކީ ޕޯޗުގަލްގެ ކޮންމެ އެކަޑަމީއެއްގައި އަދި ދުނިޔޭގެ ފުޓުބޯޅައިގައި ވެސް ފެންނަން ޖެހޭ މިސާލެއް ކަމަށެވެ.

މީގެ އިތުރުން މާޓިނޭޒް ބުނީ، އެކަމުން ސާބިތު ވަނީ އެންމެ މުހިންމު ކަމަކީ ޓީމު ކަމަށެވެ. މާޓިނޭޒް ބުނީ އެކަހަލަ ސިފަތަކާއި، ދެން ވެސް ހުރި އެތައް ރަނގަޅު ސިފަތަކެއްގެ ސަބަބުން، އޭނާ ރޮނާލްޑޯ އަށް އަބަދު ވެސް އިޙުތިރާމް ކުރާނެ ކަމަށެވެ. އަދި ރޮނާލްޑޯ އަކީ އަބަދު ވެސް ޓީމާމެދު ވިސްނާ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ޓީމުގެ ލީޑަރެއް ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

އިތުރަށް މާޓިނޭޒް ބުނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ދެއްކި ކަހަލަ ކުޅުމެއް ތުރުކީއާ ދެކޮޅަށް ވެސް ޕޯޗުގަލް އިން ދައްކާފައިވާ ކަމަށެވެ. ތުރުކީ މެޗުގައި ވެސް ޕޯޗުގަލް އިން ރަނގަޅަށް ޑިފެންސްކޮށް، ލަނޑު ޖަހަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އޭނާ ފާހަގަ ކުރި އެވެ. މެޗުން މޮޅުވެ އެ ގްރޫޕްގެ އެއް ވަނައިގައި މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބުނުއިރު، އެއީ ކުރެވުނު ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މާޓިނޭޒް ވަނީ ސިފަ ކޮށްފަ އެވެ.

ޕޯޗުގަލްގެ ސްކޮޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ، ސްކޮޑުގައި ބާކީ ތިބި ކުޅުންތެރިންނަކީ ވެސް ހުނަރުން ފުރިގެންވާ މޮޅެތި ކުޅުންތެރިން ކަމަށެވެ. މުބާރާތުގެ ކުރިއަށް އޮތް ތަނުގައި އެ ކުޅުންތެރިންގެ ފެންވަރު ދައްކާލުމުގެ ފުރުސަތު، އެ ކުޅުންތެރިންނަށް ލިބިގެން ދާނެ ކަމުގައި ވެސް މާޓިނޭޒް ވަނީ ބުނެފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްގެ ފަހު މެޗުގައި އެ ޓީމު ނިކުންނާނީ ޖޯޖިއާއާ ދެކޮޅަށެވެ.

ޔޫރޯ 2024 (ޖަރުމަނު)ޕޯޗުގަލްކްރިސްޓިއާނޯ ރޮނާލްޑޯރޮބާޓޯ މާޓިނޭޒް

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
20 ސެޕްޓެމްބަރު 2025

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު