Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގެ މަސްވެރިންގެ މުޒާހަރާ

އައްޑޫގެ މަސްވެރިންގެ މުޒާހަރާ އަދިވެސް ކުރިއަށް، މަސްވެރިންގެ ޑިމާންޑަށް ޖަވާބުދޭނެ ސަރުކާރުގެ މީހެއް ނެތް!

22 ޖޫން 2024 | ހޮނިހިރު 18:55

ހޮނިހިރު ދުވަހު މެންދުރުން ފެށިގެން މަސްވެރިން ދަނީ އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޖޫން 2024 | ހޮނިހިރު 18:55
އައްޑޫގެ މަސްވެރިން ފިޝަރީޒް ކޮމްޕްލެކްސް ކައިރީގައި މުޒާހަރާކުރަނީ

އައްޑޫގެ މަސްވެރިން ފިޝަރީޒް ކޮމްޕްލެކްސް ކައިރީގައި މުޒާހަރާކުރަނީ

ހުކުރު ދުވަހުން ފެށިގެން އައްޑޫ އަތޮޅުގައި ކުރަމުންދާ މުޒާހަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި މަސްވެރިންގެ އަޑު އަހަން ސަރުކާރުން ނާންނަ ކަމަށް އެ މަސްވެރިން ބުނެފިއެވެ.

ހޮނިހިރު ދުވަހު މެންދުރުން ފެށިގެން މަސްވެރިން ދަނީ އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާކުރަމުންނެވެ. މަސްވެރިން ބުނީ އެ ސަރަހައްދުގައި މުޒާހަރާކުރަމުން ދަނީ އެއީ މަސްވެރިން ބޭނި މަސް ކިރާފައިވާ ކޮމްޕްލެކްސް އަށް ވާތީ ކަމަށެވެ.

Advertisement - newsAdvertisement

މަސްވެރިން ވަނީ 3 ކަމެއް ކޮށްދިނުމަށް ސަރުކާރުގެ ކިބައިން އެދިފައެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އައްޑޫ އަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާ މަސްވެރިންގެ ޝަކުވާތައް އަޑު އެއްސެވުމެވެ.

މީގެ އިތުރުން މަސްވެރިން ބާނާ މަސް ކިރާ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ފައިސާ ދޭނެ ކަމުގެ ޔަޤީންކަން ދިނުމާއި، އީދު ބަންދުގެ ނިޔަލަށް މަސްވެރިންނަށް ނުދީ ހުރި ފައިސާ މަސްވެރިންނަށް އެއްކޮށް ދީ ނިންމުމަށް މަސްވެރިން ވަނީ ޑިމާންޑުކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެސް މަސްވެރިން އެ މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ.

ރާއްޖެ އެމްވީ އާއި ވާހަކަދެއްކި މަސްވެރިއަކު ބުނީ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ފުލުހުން މެދުވެރިކޮށް މަސްވެރިންގެ މުޒާހަރާ ރޫޅާލާ، މަސްވެރިން ޤަވާއިދާއި ޚިލާފުވި ކަމަށް ދައްކަން ކަމަށެވެ.

އަދި މަސްވެރިންގެ ޑިމާންޑާއި އެއްގޮތަށް ފިޝަރީޒް ކޮމްޕްލެކްސް އިން ކަރަންޓު ކަނޑާލާފައިވާ ކަމަށް ރާއްޖެ އެމްވީ އާއި ވާހަކަދެއްކި މަސްވެރިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިރޭގެ ވަގުތެއްގައި، ފުލުހުން ފޮނުވައިގެން އެ ކޮމްޕްލެކްސް އަށް ކަރަންޓު ދޭން މަސައްކަތް ކުރުމުން މަސްވެރިންގެ ޑިމާންޑުތައް ފުރިހަމަ ނުކޮށް އެކަން އެގޮތަށް ނުކުރުމަށް އެދިފައިވާނެ ކަމަށް ރާއްޖެ އެމްވީ އާއި ވާހަކަދެއްކި މަސްވެރިޔަކު ވަނީ ބުނެފައެވެ.

އައްޑޫގައި މަސްވެރިން މުޒާހަރާކުރަމުން ދަނީ މަސްވެރިން ކިރުވާފައިވާ މަހަށް، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީއެވެ. މަސްވެރިން ބުނީ އެ މުޒާހަރާގައި ޖުމުލަ 150 އާއި 200 އާއި ގާތްކުރާ އަދަދަކަށް މަސްވެރިން ބައިވެރިވެފައިވާ ކަމަށެވެ.

މަސްވެރިން ވަނީ މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދާ ނުދޭނަމަ ކުރިއަށް އޮތްތާގަ ވެސް މުޒާހަރާކުރާނެ ކަމަށް ބުނެފައެވެ.

މަސްވެރިން ވަނީ މި ސަރުކާރުން މަސްވެރިންނަށް އަޅާ ނުލާ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މަސްވެރިންއައްްޑޫ ސިޓީމަސްވެރިންގެ މުޒާހަރާމިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
13 ޑިސެމްބަރު 2025

އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކުރި މެންބަރު މައުރޫފް އަށް އިމަރޖެންސީ ގައި ފަރުވާ ދެނީ

13 ޑިސެމްބަރު 2025
އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކުރި މެންބަރު މައުރޫފް އަށް އިމަރޖެންސީ ގައި ފަރުވާ ދެނީ
12 ޑިސެމްބަރު 2025

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"
12 ޑިސެމްބަރު 2025

މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

12 ޑިސެމްބަރު 2025
މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ
12 ޑިސެމްބަރު 2025

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް