Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ޗެކް ރިޕަބްލިކުން، ޖޯޖިއާ އާ އެއްވަރު ކޮށްފި

ގްރޫޕް އެފް ގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން، ދެ ޓީމު ވެސް ވަނީ ބަލިވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖޫން 2024 | ހޮނިހިރު 16:20
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެކް ރިޕަބްލިކްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޗެކް ރިޕަބްލިކްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޗެކް ރިޕަބްލިކާއި ޖޯޖިއާ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގްރޫޕް އެފް ގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން، ދެ ޓީމު ވެސް ވަނީ ބަލިވެފަ އެވެ. އެހެންވެ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު ދެ ޓީމަށް ވެސް މުހިންމުވި އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަަހައި ކުރި ހޯދީ ޖޯޖިއާ އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ޖޯޖެސް މިކައުޓްޒޭ އެވެ. އެއީ ޗެކް ރިޕަބްލިކްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގައި ޗެކް ރިޕަބްލިކުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕެޓްރިކް ޝިކް އެވެ. އޭގެ ކުރިން ވެސް މެޗުގައި ޝިކް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ.

މެޗު އެެއްވަރުވެ، ޗެކް ރިޕަބްލިކް އޮތީ ގްރޫޕްގެ ތިން ވަނައިގަ އެވެ. ޖޯޖިއާ އޮތީ ހަތަރު ވަނައިގަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗެކް ރިޕަބްލިކް ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ. އަދި ޖޯޖިއާ ނިކުންނާނީ ޕޯޗުގަލާ ދެކޮޅަށެވެ.

ޔޫރޯ 2024 (ޖަރުމަނު)ޗެކް ރިޕަބްލިކްޖޯޖިއާ

އިތުރަށް ކިޔާލަން

05 މެއި 2025

ރަޝިޔާ އަށް އިތުބާރު ނުކުރައްވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

05 މެއި 2025
ރަޝިޔާ އަށް އިތުބާރު ނުކުރައްވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު