Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގެފުޅުގެ ތަޅުދަނޑިކޮޅުގެ ވެރިޔާ ނިޔާވުން

ގެފުޅުގެ ތަޅުދަނޑިކޮލުގެ ވެރިޔާ ޝެއިޚް ސާލިހް އަލް ޝައިބީ ނިޔާވެއްޖެ

ޝެއިޚް ޝައިބީ އަކީ ކީރިތި ރަސޫލާގެ އަތްޕުޅުން ގެފުޅުގެ ތަޅުދަނޑިކޮޅު ހަވާލު ކުރެއްވި ސަހާބީ އުސްމާން ބިން ތަލްހާގެ ދަރިފަސް ކޮޅުން 77 ވަނަ އަށް ގެފުޅު ބެލެހެއްޓުމާއި ހަވާލު ވި ފަރާތް.

ރާއްޖެ އެމްވީ | 22 ޖޫން 2024 | ހޮނިހިރު 14:15
ގެފުޅުގެ ތަޅުދަނޑިކޮޅުގެ ވެރިޔާ ޝެއިޚް ސާލިހް އަލް ޝައިބީ

ގެފުޅުގެ ތަޅުދަނޑިކޮޅުގެ ވެރިޔާ ޝެއިޚް ސާލިހް އަލް ޝައިބީ

ގެފުޅުގެ ބެލެހެއްޓުމާއި، ގެފުޅުގެ ތަޅުދަނޑިކޮޅުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ޝެއިޚް ސާލިހް އަލް ޝައިބީ ހޮނިހިރު ދުވަހު ނިޔާވެއްޖެ އެވެ.

އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވުނީ މަސްޖިދުލް ހަރާމް ގައެވެ. ވަޅުލީ މައްކާގެ އަލް މުއައްލާ ގަބުރުސްތާނުގައެވެ.

ޝެއިޚް ޝައިބީ އަކީ ކީރިތި ރަސޫލާގެ އަތްޕުޅުން ގެފުޅުގެ ތަޅުދަނޑިކޮޅު ހަވާލު ކުރެއްވި ސަހާބީ އުސްމާން ބިން ތަލްހާގެ ދަރިފަސް ކޮޅުން 77 ވަނަ އަށް ގެފުޅު ބެލެހެއްޓުމާއި ހަވާލު ވި ފަރާތެވެ.

ޝެއިޚް ޝައިބީ އަށް ގެފުޅުގެ ތަޅުދަނޑިކޮޅާ ހަވާލު ކުރީ 2013 ވަނަ އަހަރުއެވެ.

ގެފުޅުގެ ތަޅުދަނޑިކޮޅު ހަވާލު ކުރެވޭ ފަރާތަކީ ގެފުޅުގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. މިގޮތުން ގެފުޅު ދޮވުމާއި، ސާފުކުރުމާއި، އުރަކޮޅު ބަދަލު ކުރުމާއި، ގެފުޅަށް ޒިޔާރަތް ކުރަން އަންނަ މެހުމާނުންނަށް މަރުހަބާ ކިޔުން ފަދަ ކަންކަން ކުރުމުގެ އެންމެ އިސް ފަރާތަކީ ގެފުޅުގެ ތަޅުދަނޑިކޮޅު އޮންނަ ފަރާތެވެ.

އިސްލާމީ ތާރީޚް ބުނާ ގޮތުގައި އުސްމާން ބިން ތަލްހާ އަށް މައްކާގެ ތަޅުދަނޑިކޮޅު ކީރިތި ރަސޫލާ ހަވާލު ކުރެއްވުމަށް ފަހު މިއަދާ ހަމައަށް ވެސް ގެފުޅުގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި އިސްކުރެވެނީ އެ އާއިލާ އަށް ނިސްބަތްވާ ފަރާތެކެވެ.

ގެފުޅުގެ ތަޅުދަނޑިކޮޅު ދެން ހަވާލު ކުރާނީވެސް އަލް ޝައިބީގެ އާއިލާގެ މެމްބަރަކަށް ކަމަށް 'އިންސައިޑް ދަ ހަރަމައިން' އެކްސް ގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

އަލް ޝައިބީ އަކީ ގެފުޅުގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ވެރިޔާގެ އިތުރުން އިސްލާމީ ތާރީޚްގެ ރޮނގުން ޕީއެޗްޑީ ހާސިލް ކުރައްވާ ޔުނިވަރސިޓީގައި ކިޔަވައިދެއްވި ލެކްޗަރަރ އެކެވެ.

މައްކާގެފުޅުގެފުޅުގެ ތަޅުދަނޑީގެ ވެރިޔާ ޝެއިޚް ސާލިހް އަލް ޝައިބީ

އިތުރަށް ކިޔާލަން

04 ޖޫން 2025

ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި

04 ޖޫން 2025
ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި
07 ޖުލައި 2024

ގެފުޅުގެ އުރަކޮޅު ބަދަލު ކޮށްފި

07 ޖުލައި 2024
ގެފުޅުގެ އުރަކޮޅު ބަދަލު ކޮށްފި
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
09 ޖޫން 2024

ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 3 ލައްކަ އަށް ވުރެ ގިނަ މީހުން ހުއްޓުވައިފި

09 ޖޫން 2024
ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 3 ލައްކަ އަށް ވުރެ ގިނަ މީހުން ހުއްޓުވައިފި
08 ޖޫން 2024

ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ

08 ޖޫން 2024
ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު