Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަސްކަރީ ސިއްރުތައް

ބިލިއަނުން ޚަރަދުކޮށްގެން ރައްކާ ކުރި އަސްކަރީ ސިއްރުތައް، މަގުމަތީ ބާޒާރުން ލިބެން ހުރީ ބާ ކަރުދާހުގެ ގޮތުގަ!

22 ޖޫން 2024 | ހޮނިހިރު 06:40

ޗައިނާގެ އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް އޭނާގެ އަތަށް އެރީ، މަގުމަތީ ބާޒާރަކުން ގަތް ފޮތްތަކެއްގެ ތެރެއިން. ފޮތްތަކުގައި ހުރީ ކޮންކޮން މައުލޫމާތެއް ކަން ޗަންގް، ކަމާ ބެހޭ ފަރާތްތަކަށް އެންގުމާއެކު ޗައިނާގެ ސެކިއުރިޓީ އޭޖެންޓުން ތަޙްޤީޤު ފެށި. ޗަންގް ފޮތްތައް ގަތް ތަނަށް ގޮސް ބެލި ބެލުމުން، އެކަމުގައި ޒިންމާ ވަނީ އަސްކަރިއްޔާގެ ލިޔެކިޔުންތައް ނައްތާލުމުގެ ޒިންމާ މަތިކޮށްފައި ވާ 2 މުވައްޒަފެއް ކަން ދެނެގަނެވުނު. 200ށް ވުރެ ގިނަ ފޮތް ޝްރެޑްކޮށްގެން ނައްތާލަން ހަވާލު ކުރީމާ، ކަރުދާސް ރީސައިކަލް ކުރާ މަރުކަޒަކަށް އެ ފޮތްތައް ވިއްކާލީ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 ޖޫން 2024 | ހޮނިހިރު 06:40
ޗައިނާގެ އޭޖެންޓުން މިހާރު ވަނީ އެ ފޮތްތައް، ކަމާ ބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ނަގާ، އެފަދަ މައުލޫމާތުތަކާ މެދު އަސްކަރިއްޔާއިން އަމަލު ކުރާ އުސޫލުން ފިޔަވަޅުތަކެއް އަޅާފަ

ޗައިނާގެ އޭޖެންޓުން މިހާރު ވަނީ އެ ފޮތްތައް، ކަމާ ބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ނަގާ، އެފަދަ މައުލޫމާތުތަކާ މެދު އަސްކަރިއްޔާއިން އަމަލު ކުރާ އުސޫލުން ފިޔަވަޅުތަކެއް އަޅާފަ

ބައިނަލްއަޤުވާމީ މައިދާނުގައި ޗައިނާއަށް ލިބިފައި އޮތް މަޤާމުގެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ކަމެއްގައިވެސް އެއީ އެމެރިކާގެ އެންމެ ބޮޑު ހަތުރެވެ. އެންމެ ބޮޑު ވާދަވެރިޔާއެވެ. ވަކިން ޚާއްޞަކޮށް، އަސްކަރީ ކަންކަމުގައެވެ. އެއް ބަޔަކު އަނެއް ބަޔަކަށް މައުލޫމާތު ސިއްރު ކުރުމާއި، ފުރައްސާރައާއި ޖެއްސުން ކުރުން އޮތީ އޭގެ އެންމެ އިންތިހާއަށެވެ. ދިފާޢީ އެތައް ފާރެއް ފޫ އަޅުވާލުމަށްފަހު އިންޓަރނެޓް މެދުވެރިކޮށް ހެކް ކުރުމުގެ ޖަރީމާތައްވެސް ހިންގަނީ މަދެއްކޮށެއް ނޫނެވެ. މި ހުރިހާ ކަމެއް މިހެން އޮއްވާ، ޗައިނާގެ އަސްކަރިއްޔާގެ ސިއްރު މައުލޫމާތުތަކެއް، އާންމުންގެ މީހެއްގެ އަތަށް އެރީ ފިސާރި ހެޔޮ އަގެއްގައެވެ. ޑޮލަރެއްވެސް ނުޖެހެއެވެ.

މީޑިއާގައި ހާމަކޮށްފައި ވަނީ އޭނާގެ ޢާއިލީ ނަން އެކަންޏެވެ. އެމީހަކީ ޗަންގް ނަމަކަށް ކިއާ މީހެކެވެ. ޗައިނާގެ އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް އޭނާގެ އަތަށް އެރީ، މަގުމަތީ ބާޒާރަކުން ގަތް ފޮތްތަކެއްގެ ތެރެއިންނެވެ. ޗައިނާގެ ސަލާމަތާ ބެހޭ ވުޒާރާއިންވެސް ވަނީ އެއީ ހިނގައިގެން އުޅޭ ކަމެއްކަން ކަށަވަރުކޮށްދީ، ޗަންގްއަށް ޝުކުރު އަދާ ކޮށްފައެވެ. މަގުމަތީ ބާޒާރަކުން، އިންތިހާ ހެޔޮ އަގުގައި އޭނާ ގަތް 4 ފޮތުގައި ހުރީ ޗައިނާގެ އަސްކަރިއްޔާގެ ސިއްރު މައުލޫމާތުތަކެއްކަން އެނގުނު ހިސާބުން ޗަންގް ވަނީ، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އަދި އޭގައި ހުރީ ކޮންކޮން ކަމަކާ ގުޅޭ ވާހަކަތަކެއް ކަންވެސް އޭނާ އާންމުކޮށްފައެއް ނުވެއެވެ. އެ ފޮތްތަކަކީ "ހަތުރެއްގެ" އަތަށް އެރި ފޮތްތަކެއް ނަމަ ދެން ވެދާނެ ގޮތެއް ޚިޔާލަށްވެސް ނުގެނެވޭނެ ކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޗައިނާގެ ސަލާމަތާ ބެހޭ ވުޒާރާއިން އާންމު ކުރި ޕޯސްޓުގައި ޗަންގް ސިފަ ކުރަމުން ބުނެފައި ވަނީ، އޭނާއަކީ ޗައިނާގެ ދައުލަތުގެ ކުންފުންޏެއްގައި މީގެ ކުރިން މަސައްކަތް ކޮށްފައި ވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އަސްކަރިއްޔާގެ ޚަބަރުތަކާ ގުޅޭ ލިޔެކިޔުންތަކާއި މަޖައްލާތައް އެއްކުރަން ލޯބިކުރާ މީހެއް ކަމަށްވެސް ބުނެފައި އޮތެވެ. ޗަންގްއަށް 'އައު' ފޮތްތަކެއް ފެނުނީ ރީސައިކަލް ކުރާ ސްޓޭޝަނަކުންނެވެ. 2 ކޮތަޅު ފުރާ ހުރި ފޮތްތަކަށް އެރީ އެންމެ 6 ޔުއާންއެވެ. އެއީ ގާތްގަނޑަކަށް އެންމެ 85 ސެންޓު ނުވަތަ، 0.22 ލާރިއެވެ.

ފޮތްތަކުގައި ހުރީ ކޮންކޮން މައުލޫމާތެއް ކަން ޗަންގް، ކަމާ ބެހޭ ފަރާތްތަކަށް އެންގުމާއެކު ޗައިނާގެ ސެކިއުރިޓީ އޭޖެންޓުން ތަޙްޤީޤު ފެށިއެވެ. ޗަންގް ފޮތްތައް ގަތް ތަނަށް ގޮސް ބެލި ބެލުމުން، އެކަމުގައި ޒިންމާ ވަނީ އަސްކަރިއްޔާގެ ލިޔެކިޔުންތައް ނައްތާލުމުގެ ޒިންމާ މަތިކޮށްފައި ވާ 2 މުވައްޒަފެއް ކަން ދެނެގަނެވުނެވެ. 200 އަށް ވުރެ ގިނަ ފޮތް ޝްރެޑްކޮށްގެން ނައްތާލަން ހަވާލު ކުރީމާ، ކަރުދާސް ރީސައިކަލް ކުރާ މަރުކަޒަކަށް އެ ފޮތްތައް ވިއްކާލީއެވެ. 30 ކިލޯގްރާމްގެ ލިޔެކިޔުންތައް ވިއްކާލީ އެންމެ 20 އަކަށް ޔުއާން ނުވަތަ 2.75 ޑޮލަރަށެވެ. މި ދައްކަނީ، އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ދިފާޢީ ކިއްލާ ވަރުގަދަ ކޮށްފައި އޮތް ޗައިނާގެ އަސްކަރިއްޔާގެ ސިއްރު މައުލޫމާތު، މަގުމަތީ ބާޒަރަކުން ބާ ކަރުދާހުގެ ގޮތުގައި ގަންނަން ލިބެން ހުރި ވާހަކައެވެ.

ޚަބަރު ލިބޭ ގޮތުގައި ޗައިނާގެ އޭޖެންޓުން މިހާރު ވަނީ އެ ފޮތްތައް، ކަމާ ބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ނަގާ، އެފަދަ މައުލޫމާތުތަކާ މެދު އަސްކަރިއްޔާއިން އަމަލު ކުރާ އުސޫލުގައި ހުރި ބާގަނޑުތައް ފޫބައްދަން ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ދައުލަތުގެ ސިއްރަކީ ކޮބައިކަން މާނަކުރާ ކުރުމަށްވެސް ބަދަލުތަކެއް ގެނެސްފައި ވާ ކަމަށް ޚަބަރު ލިބެއެވެ. ވަގުންގެ ފޮށި ބާރަށް ބަންނާނެ ވާހަކައާއި، ބޮޑު ފޮށީގައި ތަޅުލާފައި އޮތަސް، ފެންނަން އޮތް އެއްޗެއް ފެންނާނޭ ކާބަފައިން ބުނެ އުޅެނީ ސަބަބެއް ނެތި ނޫންތާއެވެ!

ޗައިނާޗައިނާގެ އަސްކަރީ ލިޔުންތައް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް