Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސައިކަލެއް ޓޯ ކުރި މައްސަލަ

ސައިކަލެއް ޓޯ ކުރި އިރު އަމަލުކުރިގޮތް ފުލުހުން ބަލަނީ

ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކުރެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖޫން 2024 | ހުކުރު 17:14
ތ. ވޭމަންޑޫ - ލައިސަންސް ނެތި ދުއްވި މައްސަލައާ ގުޅިގެން، ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކުރެވުނު

ތ. ވޭމަންޑޫ - ލައިސަންސް ނެތި ދުއްވި މައްސަލައާ ގުޅިގެން، ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކުރެވުނު

ތ. ވޭމަންޑޫގައި ސައިކަލެއް ޓޯ ކުރި އިރު އަމަލުކުރިގޮތް ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ޓޯވކުރުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފުލުހުންގެ މައްޗަށް ތުހުމަތު ކޮށްފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 2024 ޖޫން 12 ވަނަ ދުވަހުގެ ހެނދުނު ތ. ވޭމަންޑޫ ސްކޫލުގައި ކުރިއަށް ދިޔަ ހަރަކާތަކާ ގުޅިގެން އެ ސަރަހައްދަށް ދުއްވާއެއްޗިހި ވަނުން މަނާކޮށް، އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑު ހަރުކޮށް އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ބާރުސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ވަދެ، އަތޮޅު ކައުންސިލް އިދާރާ ކައިރީ ޕާކު ކުރުމަށްފަހު އަތޮޅު ކައުންސިލް އިދާރާއަށް، ސައިކަލު ދުއްވި މީހާ ވަދެފައިވާ ކަމަށާއި، އެ މީހާ އަތޮޅު ކައުންސިލް އިދާރާއިން ނުކުމެ ސައިކަލަށް އަރައި ދުއްވާފައިދަނިކޮށް ހުއްޓުވައި ލައިސަންސް އޮތްތޯ ބެލިއިރު ލައިސަންސް ނެތްކަން އެނގިފައިވެއެވެ.

އެހެންކަމުން، ލައިސަންސް ނެތި ދުއްވި މައްސަލައާ ގުޅިގެން، ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކުރެވުނު ކަމަށެވެ.

އަދި މި މައްސަލާގައި، މުއާމަލާތުކުރުމުގައި ހިދުމަތްލިބިގަތް ފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެ ހިދުމަތުން އެ ހާދިސާ އިތުރަށް ބެލުމަށްފަހު ހިދުމަތް ދިނުމުގައި ރަނގަޅުކުރަން ޖެހޭކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު