Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަސްހުނި އީދު ކުޅިވަރު: އެހެން ވެރިކަމެއްނަމަ ފޯރިއެއް ހުރީސް

މީސް މީޑިއާއިން ފެންނަ ވީޑިއޯއެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު ސުޖާއު ކުލައިން ތަތްތެޅިގެންހުންނަވައިގެން ގަދައަށް ނައްޓަވާ މަންޒަރެކެވެ. އެކުގައި އަންހެން ވެރިންތަކެއްވެސް ނަށާތަން ފެނެއެވެ. ފަހަރުގައި އެއީ ދާއިރާގެ މީހުންނާ އޮންނަ ގާތް ގުޅުމުގެ ބޮޑުކަން ކަމަށް ވެދާނެއެވެ. އެމީހުންނާއެކު އީދު މަޖާވެސް ނަންގަވާހާ ސުޖާ ގާތީއެވެ. އެހެންކަމުން ސުޖާގެ ނެށުމާމެދު އެއްޗެއް ބުނާކަށް ނެތީމެވެ. ގޯހޭ، ނޫނީ ރަނގަޅޭވެސް މެއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 ޖޫން 2024 | ބުރާސްފަތި 15:02
ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުގެ ތެރެއިން

ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުގެ ތެރެއިން

މީސް މީޑިއާއިން ފެންނަ ވީޑިއޯއެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު ސުޖާއު ކުލައިން ތަތްތެޅިގެންހުންނަވައިގެން ގަދައަށް ނައްޓަވާ މަންޒަރެކެވެ. އެކުގައި އަންހެން ވެރިންތަކެއްވެސް ނަށާތަން ފެނެއެވެ. ފަހަރުގައި އެއީ ދާއިރާގެ މީހުންނާ އޮންނަ ގާތް ގުޅުމުގެ ބޮޑުކަން ކަމަށް ވެދާނެއެވެ. އެމީހުންނާއެކު އީދު މަޖާވެސް ނަންގަވާހާ ސުޖާ ގާތީއެވެ. އެހެންކަމުން ސުޖާގެ ނެށުމާމެދު އެއްޗެއް ބުނާކަށް ނެތީމެވެ. ގޯހޭ، ނޫނީ ރަނގަޅޭވެސް މެއެވެ.

އެކަމަކު އެކަމާ ގުޅުވާފައި މުޅިން އެހެން ވާހަކައެއް ހިތަށް އަންނާތީ އެއްޗެއް ބުނެލާނަމެވެ. ސުޖާއަށް ކުޑައިމީސްކޮށް އެއްޗެއް ބުނުމުގެ ނިޔަތަކު ނޫނެވެ. އަދި އީދުކުޅިވަރަށް ފާޑު ކިޔާކަށްވެސް ނުމެ ނޫންމެއެވެ. މީގެ ކުރީގައި އެފެންވަރުގެ ނުވަތަ ސަރުކާރުގެ ބޮޑުން ނެއްޓެވީމާ ބައެއް ބޭފުޅުން ވިދާޅުވި އެއްޗަކުން ހަމަ ހިތަށް އެރީއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުބެރު ލަވައަކަށް ނަށްޓަވާ ވީޑިއޯއަކީ އޭގެ އެއް މިސާލެވެ. އެމަނިކުފާނު ދެރަކޮށްލައްވަން ނުވަތަ އެމަނިކުފާނު ނިސްބަތްވި ސަރުކާރާއި އޭރުގެ ޕާޓީގެ ލާދީނީކަން ދައްކަން އެއީ ބޮޑު ހުއްޖަތެއްކަމުގައި ދެއްކިއެވެ. މަޝްހޫރު ދީނީ އިލްމުވެރިންވެސް ހީވީ އެހެންފަދަ ކަމެއް ހެނެވެ. އާކޮށްކޮށްފައި އެވާހަކަ ނަގަނަގައިގެން ދެއްކިއެވެ. އެއީ ރަނގަޅު ކަމެއް ނޫންކަމަށް ފަތުވާތައް ދެމުން ދިޔައެވެ. ތެދެކެވެ. ދީނީގޮތުން އޮންނަ އެންމެ ރަނގަޅުގޮތް އެނގޭނީ އެމީހުންނަށެވެ. ހަނދާން ކޮށްދިނުމަށް އެންމެ ލާއިގު ބަޔަކީވެސް އެމީހުންނެވެ. އެކަމަކު ތަފާތަކީ މިފަހަރު އެއިން މީހެއްގެ ހިލަމެއްވެސް ނެތުމެވެ. ކުރިން އެވާހަކަ ދެއްކެވި ދީނީ އިލްމުވެރިންވެސް ސުއްބުވެސް ނުބުނާ ކަމެވެ.

ޖުމްލަކޮށް މިފަހަރު އީދު ކުޅިވަރަކީވެސް އެފަދަ ކަމެކެވެ. ޒަމާނަށްއައި ބަދަލާއެކު ކުޅޭ ކުޅިވަރުތަކުގެ ތަފާތު ކަމާއި އިހުގެ ސަގާފަތް ދައްކުވައިދިން ބޮޑު އީދެކެވެ. ކުލަޖެހުމާއި، މާލި ނެރުމާއި ބޮޑުމަސްކުޅުމުގެ އިތުރުން ދެޖިންސު އެކުވެގެން ބޭއްވި މިއުޒިކް ޝޯތަކާއި ފަރި ނެށުންތަކެވެ.

ފެންވަރުގައި އީދު ފާހަގަކޮށްފިއެވެ. މި ފަހަކުން ނުކުރާވަރަށް ގިނަ ރަށްރަށުގައި އީދު ހަރަކާތްތައް ބޭއްވީއެވެ. ބައެއް ހިސާބު ތަކަށް، ޚާއްޞަކޮށް ބައެއް ރަށްރަށަށް ކޮންމެހެން ދާން ޖެހިއްޖެ ކަމަށްބުނެ އެހެރަ ކޮމެންޓްތައް ކޮށް ނަގަނީއެވެ. ތަފާތު ވީޑިއޯތަކާއި އަންހެން ކުދިންގެ ވަނާތައް އެނގޭ ފޮޓޯތަކުން ސޯޝަލް މީޑިއާ ފްލަޑް ވަނީއެވެ.

ތެދެކެވެ. އެއީ އީދު ކުޅިވަރެވެ. ކުރިންވެސް ކުރަމުން އައި ކަންތައްތަކެވެ. އެންމެ ކުރިކުރީ ޒަމާނުންސުރެ ދިވެހިންގެ މެދުގައި އޮތް އާދަކާދައާއި ސަގާފަތެވެ. އީދު ކުޅިވަރުގައި ދެޖިންސު އެކުވެގެން ކުޅޭ ކުޅިވަރުތަކާއި މަސްހުނި ނެށުންތަކެވެ. އެއަށް މިފަހަކުން އިތުރުވެގެން އުޅޭ ކުލަޖެހުންތަކެވެ.

މިކަންވެސް ގޯހެކޭ ނުވަތަ ރަނގަޅެކޭ ބުނާކަށް ނެތީމެވެ. މިފަހަރުވެސް ތަފާތުވީ ބައެއް މީހުންގެ ހިލަންވުމެވެ. ކުރިންނަމަ ކެނޑިނޭޅި މިކަމާ ފާޑުކިޔައި ބަސްބުނެ އުޅުއްވި ބޭފުޅުން މިފަހަރު ވީތަނެއް ނޭނގުނީމައެވެ. އެއްކަލަ ބޮޑެތި ދަންނަ ބޭކަލުންގެ ބަހެއް ނެތުނީމައެވެ. ލާދީނާއި ވަހުދަތު ގެއްލުމާއި މިއިން ކަމެއްގެ ވާހަކައެއް އަޑު ނީވުނީމައެވެ. ބޮޑެތި މުންކަރާތްތައްކަމަށް ކުރިން ވިދާޅުވި މަޝްހޫރު ޝެއިޚުންނާއި އެފަދަ ފަތުވާ ނެރުނު ޖަމްއިއްޔާތައް ކަހާތަން ހިރުވާވެސް ނުލީމައެވެ. އިސްލާމިކް މިނިސްޓަރ ޑރ ޝަހީމްވެސް ފިނިގޮތަކަށް އެއްޗެއް ވިދާޅުވީ ކަންވެ ނިމުނު ފަހުންނެވެ. އާއްމުން ކިޔާނެހާ ފާޑެއް ކިޔައި ދެންވާއެއްޗެއް ނުބުނެ ނުވެގެންނެވެ.

ކޮންމެއަކަސް މިއީ އަނެއްކާވެސް ފެނުނު އާ މަންޒަރެކެވެ. އެއްގޮތަކީ ކުރިން މިފަދަ ކަންކަން ލާދީނީވެގެން އުޅުނު މީހުންނަށް މިކަން އޯކޭވީއެވެ. ދީނަށްޓަކައި ޤައުމަށްޓަކައޭ ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ ފުލޯކަކަށްވީއެވެ. އެއީ ވެރިކަމުގައި އޮތް ބަޔަކާމެދު ނުރުހުންވެގެން އޭރު ދެއްކި ވާހަކައަކަށްވެ ނިމުނީއެވެ. ދީން ހިމާޔަތް ކުރާށޭ ބުނެ އޭރު ނެރުނު ބަޔާންތަކަކީ އެވެރިންވެސް ކުޅުނު ސިޔާސީ ގޭމަކަށްވީއެވެ. ނޫންނަމަ އަނެއް ކަމަކީ އެވެރިންވެސް ތާއީދުކޮށްގެން ގެނައި ވެރިކަމެއް އޮތީމާ ސުއްބުވެސް ބުނަން ނުކެރޭވަރަށް ފިތި ބާރުވީއެވެ. ކުޑަވީއެވެ. ވެރިކަމުގެ އާރާއި ބާރު ތެރެއަށް ވަދެވިފައި ތިބެވުނީމާ ވަރިހަމަވީއެވެ. ނޫންނަމަ ތިބި މަގާމްތަކުން އެއްފަރާތްވާންޖެހި ލިބޭ ފައިސާކޮޅު ފައިކޭޓަށް ނުވަދެދާނެތީއެވެ. އެނގޭ އެއްޗަކީ މިއީ އެހެންވެރިކަމެއްނަމަ "ބޮލަށް އުޑުވެއްޓޭހާ ވަރުވީސްކަމެވެ. ލައްކަ ފޯރިއެއް ހުރީސްކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

19 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު