Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ގާޒާގެ "ރައްކައުތެރި" ސަރަހައްދަކަށް ބޮން އަޅާ ފަލަސްތީނުގެ 7 މީހުން މަރާލައިފި

ފޭލިގެ ތަކުގައި ފަލަސްތީނު ރައްޔިތުން ދިރިއުޅޭ އަލް-މަވާސީ ސަރަހައްދަށް ބޮން އެޅުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޒަޚަމްވެފަ. ގާޒާގެ އޮފިޝަލުން ބުނާ ގޮތުގައި މަދުވެގެން ފަލަސްތީނުގެ 310 ސިއްހީ އޮފިޝަލުން އިޒްރޭލުން ވަނީ ބަންދުކޮށް އެމީހުންނަށް އަނިޔާ ކޮށްފަ. ސިއްހީ ޚިދުމަތްދޭ ތަންތަން ހަލާކުވެ ޚިދުމަތްތައް ދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވަމުން ދޭ.

ރާއްޖެ އެމްވީ | 19 ޖޫން 2024 | ބުދަ 09:24
އިޒްރޭލްގެ ހަމަލާތަކުގައި ޒަހަމްވި ގައްޒާގެ ކުޑަކުދިންތަކަކަށް އަލް-އަގްސާ ހޮސްޕިޓަލުގައި ފަރުވާދެނީ

އިޒްރޭލްގެ ހަމަލާތަކުގައި ޒަހަމްވި ގައްޒާގެ ކުޑަކުދިންތަކަކަށް އަލް-އަގްސާ ހޮސްޕިޓަލުގައި ފަރުވާދެނީ

އިޒްރޭލުން ގާޒާ ގައި ކަނޑައަޅާފައިވާ "ރައްކައުތެރި ސަރަހައްދު" އަކަށް އިޒްރޭލް ސިފައިން އަންގާރަ ދުވަހުގެ ރޭ ބޮން އެޅުމުގެ ސަބަބުން ފަލަސްތީނުގެ 7 މީހުން މަރުވެއްޖެ ކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.

ފޭލިގެ ތަކުގައި ފަލަސްތީނު ރައްޔިތުން ދިރިއުޅޭ އަލް-މަވާސީ ސަރަހައްދަށް އަންގާރަ ދުވަހުގެ ރޭ ބޮން އެޅުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ސަރަހައްދުގައި ރޯވި ކަމަށް ވެސް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު މަރުވެ ކޮންމެ ދުވަހަކު އެތައް ބަޔަކު ޒަޚަމް ވަމުން ދާއިރު ސިއްހީ ޚިދުމަތްދޭ ތަންތަން ހަލާކުވެ ޚިދުމަތްތައް ދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވަމުން ދާއިރު އެތައް ސަތޭކާ ފަލަސްތީނުގެ ސިއްހީ ޚިދުމަތްތެރިން އިޒްރޭލު ސިފައިން ވަނީ ރަހީނު ކޮށްފައެވެ.

ގާޒާގެ އޮފިޝަލުން ބުނާ ގޮތުގައި މަދުވެގެން ފަލަސްތީނުގެ 310 ސިއްހީ އޮފިޝަލުން އިޒްރޭލުން ވަނީ ބަންދުކޮށް އެމީހުންނަށް އަނިޔާ ކޮށްފައެވެ.

ގާޒާގެ އޮފިޝަލުން ގޮވާލާފައިވަނީ އިޒްރޭލުން މިހާރުން މިހާރަށް އެމީހުން ރަހީނު ކޮށްފައި ތިބި ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ދޫކޮށްލުމަށެވެ. އަދި އެމީހުންނަށް ވީ ގޮތް ބެލުމުގެ ތަހުގީގެއް ހިންގުމަށް ބައިނަލް އަގްވާމީ މުޖްތަމައަށް ގާޒާގެ އޮފިޝަލުން ވަނީ ގޮވާލާފަ އެވެ.

އަނެއް ކޮޅުން، އދ އިން ބުނާ ގޮތުގައި، ދެކުނު ގާޒާ އަށް އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތްތައް ފާއިތުވި ދެތިން ހަފްތާގައި ދަށް ވަމުން ގޮސް، ދެކުނު ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ވަނީ ބަނޑަށް ޖެހިފައެވެ. އެއާ އެކު ހާސް ކަމާ ނުތަނަވަސްކަން ގާޒާގެ ދެކުނު ސަރަހައްދަށް އާއްމުވެފައިވާ ކަމަށްވެސް އދ އިން ބުނެއެވެ.

ގާޒާގެ ހާލަތު ގޯހުން ގޯހަށް ދާއިރު، އިޒްރޭލުން މިހާރު އަންނަނީ ލުބުނާނަށް އިތުރު ހަމަލާތައް ދޭން ތައްޔާރު ވަމުން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން އަންގާރަ ދުވަހު ވަނީ ހާމަ ކޮށްފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 37،372 މީހުން ފަލަސްތީނުން މަރުވެފައިވެއެވެ. އަދި 85،452 މީހުން ޒަޚަމްވެފައިވެއެވެ. ހަމާސް އިން މި މުއްދަތުގެ ތެރޭގައި އިޒްރޭލަށް ދިން ހަމަލާ ތަކުން މަރުވި މީހުންގެ އަދަދަކީ 1،139 އެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ރައީސް ޓްރަމް ގޮވާލައްވައިފި

21 މެއި 2017
ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ރައީސް ޓްރަމް ގޮވާލައްވައިފި
13 މެއި 2017

ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި

13 މެއި 2017
ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި
11 މެއި 2017

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު