Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޙައްޖު 1445

ހޫނުމިން 49 ޑިގުރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައި ވަނިކޮށް މިނާ އަށް ވާރޭ ވެހި މާހައުލަށް ފިނިކަން

ހޫނު ގަދަވުމުގެ ސަބަބުން ހައްޖުވެރިން ހޯމަ ދުވަހުގެ 11ން ހަވީރު 4އާ ދެމެދު ހިލައުކަން ނުފޮނުވަން ސައުދީ ގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ހައްޖު މިޝަން ތަކަށް އޮތީ އަންގާފަ. ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް 2،764 މީހުންނަށް ކުރިމަތިވި ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް

ރާއްޖެ އެމްވީ | 18 ޖޫން 2024 | އަންގާރަ 12:56
ހައްޖު މޫސުމުގައި ދުވާލުގެ ފިނިހޫނުމިން 49 ޑިގުރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައިވޭ

ހައްޖު މޫސުމުގައި ދުވާލުގެ ފިނިހޫނުމިން 49 ޑިގުރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައިވޭ

ގަދަ ހޫނުގައި ފެށުނު މި އަހަރުގެ ހައްޖު މޫސުމުގައި ދުވާލުގެ ފިނިހޫނުމިން 49 ޑިގުރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައިވަނިކޮށް، މިނާ އަށް އަންގާރަ ދުވަހު ވެހުނު ވާރޭ އާ އެކު މާހައުލަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިއްޖެއެވެ.

ހޯމަ ދުވަހު މައްކާ އަށް ވެސް ވަނީ ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި އާދީއްތަ ދުވަހަކީ، ތަޝްރީގުގެ ފުރަތަމަ ދުވަސް ކަމަށް ވުމާއެކު ހައްޖުވެރިން ވަނީ ބައިބައިޔަށް އައިސް ޖަމްރާ އަށް ހިލަ އުކުމުގެ ރުކުން ފުރިހަމަ ކުރަން ފަށާފައެވެ.

ހައްޖުގެ ހަތަރު ވަނަ ދުވަހު ކަނޑައެޅިފައިވާ ގަޑިތަކުގައި، އެބަޔަކަށް ހަމަ ޖެހިފައިވާ ވަގުތައް އައިސް ތަކުބީރު ކިޔަމުން ހައްޖުވެރިން ފުރަތަމަ ހިލަ އުކަނީ އެންމެ ކުޑަ ޖަމްރާ ކަމަށްވާ ޖަމްރަތުލް ސުގްރާ އަށެވެ. އޭގެ ފަހުން މެދު ޖަމްރާ ކަމަށްވާ ޖަމްރަތުލް ވުސްތާ އަށެވެ. އަދި ހިލައުކުން ފުރިހަމަ ކުރަނީ އެންމެ ބޮޑު ޖަމްރާ ކަމަށް ވާ ޖަމްރަތުލް އަގަބާ އަށެވެ. ކޮންމެ ޖަމްރާ އަކަށް އުކާ 7 ހިލަކޮޅާއެކު ޖުމްލަ 21 ހިލަކޮޅު ގޮތުން ހައްޖުވެރިން 3 ޖަމްރާ އަށް އުކައެވެ.

ތޮއްޖެހުން ކުޑަކޮށް ފަސޭހައިން ހިލައުކުން ކުރިއަށް ގެންދިއުމަށް، ޖަމަރާތު ބްރިޖް ކޮމްޕްލެކްސް ގައި އެކި ލެވެލް ތަކުގައި ހިލައުކުން އެތައް ސަފުތަކެއްގައި ތިބެގެން ފުރިހަމަ ކުރެވޭ ގޮތް ސައުދީ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ނަބިއްޔާގެ ސުންނަތާ އެއްގޮތައް ފުރަތަމަ 2 ޖަމްރާއަށް ހިލަ އުކުމަށްފަހު، ތިންވަނަ ޖަމްރާ އަށް ހިލައުކުމުގެ ކުރިން އެ ދެމެދުގައި ހައްޖުވެރިން ސުންނަތް ނަމާދެއް ފުރިހަމަ ކުރުމަށްފަހު ތިންވަނަ ޖަމްރާއަށް ހިލައުކާ ނިމުމާއެކު އަވަހަށް އެ ސަރަހައްދުން ހައްޖުވެރިން ނުކުންނަން ޖެހެއެވެ. ތިން ޖަމްރާ ހުންނަ ޖަމަރާތު ކޮމްޕްލެކްސް ޑިޒައިން ކޮށްފައި ހުންނަނީ އެ ކޮމްޕްލެކްސް އިން ނުކުމެގެން މަޝާއިރު މެޓްރޯ އަށާއި މިނާގެ ފޭލިގެ ތަކަށް ފަސޭހައިން ދެވޭ ގޮތައް ހިނގާ މީހުންނަށް އެތައް ލޭނެއް ހުންނަ ގޮތައްކަން ފާހަގަ ކުރެވެއެވެ.

ތަޝްރީގުގެ 3 ދުވަހު ޖަމްރާއަށް ހިލައުކުން އާއްމު ގޮތެއްގައި ފަށަނީ މެންދުރުން އެނބުރުމުން ކަމަށް ވިޔަސް މިނާގައި ހޫނުމިން 49 ޑިގުރީ ސެލްސިސް އަށް އެރުމާއެކު ހިލައުކުން ހޯމަ ދުވަހު ފެށީ އާއްމުކޮށް ފަށާ ގަޑިއަށް ވުރެ ދެތިން ގަޑީއިރު ފަހުން ކަން ފާހަގަ ކުރެވެއެވެ.

ސައުދީ މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި ހޫނު ގަދަވުމުގެ ސަބަބުން ހައްޖުވެރިން ހޯމަ ދުވަހުގެ 11ން ހަވީރު 4އާ ދެމެދު ހިލައުކަން ނުފޮނުވަން ސައުދީ ގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ހައްޖު މިޝަން ތަކަށް އޮތީ އަންގާފައެވެ.

ސައުދީގެ ހައްޖުގެ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮފިޝަލަކު ސައުދީ މީޑީއާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އީދު ދުވަހު ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް 2،764 މީހުންނަށް ކުރިމަތިވި ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

ޖަމްރާއަށް ހިލައުކުމުގެ ފުރަތަމަ ދުވަހަށް ވީ އާދިއްތަ ދުވަހު ހައްޖުވެރިން ހިލަ އުކާފައިވަނީ ޖަމްރަތުލް އަގަބާއަށެވެ.

ހޯމަ ދުވަހާއި އަންގާރަ ދުވަހު ކޮންމެ ޖަމްރާ އަކަށް ހަތް ހިލަކޮޅު އުކާނެއެވެ.

ތިން ޖަމްރާގެ ވަށައިގެން ބިނާ ކޮށްފައިވާ ޖަމަރާތު ކޮމްޕްލެކްސްގެ 5 ބުރީގައި ވެސް ހިލައުކުން ކުރިއަށް ގެންދެވޭއިރު ސަފުތަކަށް ކުރިއަށް އެއް ކޮޅަށް ހިނގޭ ގޮތައް ހަމަޖައްސާފައި އޮތުމުގެ ސަބަބުން ތޮއްޖެހުމުގެ މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް ލިބިފައިވާ ކަން ފާހަގަ ކުރެވެއެވެ.

ހިލައުކުން ކުރިއަށް ދިޔަ އިރު ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. ބޮޑު އަސްކަރީ ފައުޖަކުން ސަރަހައްދު ބަލަހައްޓަމުން ގެންދާއިރު ސިއްހީ އޮފިޝަލުން ގެންދިޔައީ ޖަމާރަތު ކޮމްޕްލެކްސް ގައި ހަރަކާތްތެރި ވަމުންނެވެ.

ހިލައުކާ ނިމުމުން ދުވަހުގެ ބާކީ ބައި ހައްޖުވެރިން އާއްމު ގޮތެއްގައި ހޭދަކުރަނީ ދުއާ ކުރުމާއި ނަމާދު ކުރުމުގައި ޓެންޓުތަކުގައެވެ.

ޖަމްރާ އަށް ހިލައުކުން ފުރިހަމަ ކޮށް ނިމޭނީ އަންގާރަ ދުވަހު ނުވަތަ ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއް ކަމަށް ސައުދީ މީޑިއާ އިން ރިޕޯޓު ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު