Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓް ނަތަންޔާހޫ އުވާލައިފި

ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނަ އަޅާފައިވާ ކަނާތުފިޔައިގެ ކޯލިޝަން ޕާޓީތަކުން ބޭނުންވަނީ އައު ހަނގުރާމައިގެ ކެބިނެޓް އެކުލަވާލުމަށް

ރާއްޖެ އެމްވީ | 17 ޖޫން 2024 | ހޯމަ 09:06
އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ގެ ފޮޓޯ ހިމަނާފައިވާ ބެނަރ އެއް

އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ގެ ފޮޓޯ ހިމަނާފައިވާ ބެނަރ އެއް

ރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އެ ގައުމުގެ ހަނގުރާމައިގެ ކެބިނެޓް އުވާލައްވައިފިއެވެ.

އިޒްރޭލުގެ މީޑިއާ އިން ހާމަ ކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު 6 މެމްބަރުންގެ މައްޗަށް އެކުލެވޭ ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓް އުވާލެއްވީ، ބޮޑު ވަޒީރާ، ސަރުކާރުގައި ހިމެނޭ ބައެއް ޕާޓީތަކުގެ ވެރިންނާ ދެމެދު ޚިޔާލު ތަފާތު ވުން ބޮޑުވެ، ހަނގުރާމައިގެ ކެބިނެޓް ގައި ހިމެނޭ ބެނީ ގާންޓްޒް ކެބިނެޓުން އިސްތިއުފާ ދެއްވާފައިވަނިކޮށްނެވެ.

ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނަ އަޅާފައިވާ ކަނާތުފިޔައިގެ ކޯލިޝަން ޕާޓީތަކުން ބޭނުންވަނީ އައު ހަނގުރާމައިގެ ކެބިނެޓް އެކުލަވާލުމަށެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދީނީ ފިކުރުގެ ފަރާތްތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ މާލީ ވަޒީރު ބެޒަލެލް އިސްމޮޓްރިޗް އާއި ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ވީރް، ނަތަންޔާހޫ އަށް ޕްރެޝަރ ކުރަމުން ގެންދަނީ ހުއްޓާ ނުލާ ގާޒާ އަށް އިޒްރޭލުން ބޮން އެޅުން ކުރިއަށް ގެންދިއުމަށެވެ. އަދި ހަނގުރާމައިގެ އައު ކެބިނެޓެއް އެކުލަވާލުމަށެވެ.

އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓަކީ، ސަރުކާރު ހިންގާ ކެބިނެޓްގެ ތެރެއިން ގާޒާގައި ހިންގާ ހަނގުރާމައިގެ ކަންކަމާ ބެހޭ ގޮތުން އުފައްދާފައިވާ 6 މެމްބަރުންގެ މައްޗަށް އެކުލެވޭ ކުޑަ ކެބިނެޓެކެވެ.

"ކެބިނެޓް އުފެއްދީ ގޭންޓްޒް އާ އެކު ހެދި ކޯލިޝަން އެއްބަސްވުމުގެ ދަށުން، އޭނާގެ އެދުމުގެ މަތިން. ގޭންޓްޒް ސަރުކާރާ ވަކިވި ހިސާބުން ކެބިނެޓެއް އޮތުމުގެ ބޭނުމެއް މިހާރަކު ނެތް." ހަނގުރާމައިގެ ކެބިނެޓް އުވާލެއްވި ސަބަބާ ބެހޭ ގޮތުން ނަތަންޔާހޫ އިޒްރޭލުގެ ޖެރޫސަލަމް ޕޯސްޓަށް މައުލޫމަތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

ހަނގުރާމައިގެ ކެބިނެޓް އުވާލުމުން ގާޒާ ހަނގުރާމަ އާ ބެހޭ ގޮތުން ބޮޑުވަޒީރު ނަތަންޔާހޫ ދެން މަޝްވަރާ ކުރައްވާނީ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނުނު ދިފާއީ ވަޒީރު ޔޯވް ގަލަންޓް އާއި ސްޓްރެޓިޖް އެފެއާޒް މިނިސްޓަރ ރޮން ޑާމަރ އާ ކަމަށް ޚަބަރުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

04 އޯގަސްޓު 2017

ނަތަންޔާހޫ ރިޝްވަތު ހިއްޕެވި ބުނާ މައްސަލައެއް ބަލަނީ

04 އޯގަސްޓު 2017
ނަތަންޔާހޫ ރިޝްވަތު ހިއްޕެވި ބުނާ މައްސަލައެއް ބަލަނީ
19 ޖުލައި 2017

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ

19 ޖުލައި 2017
ދެވަނަ ބޮޑުހަނގުރާމައިގެ  ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ
05 ޖުލައި 2017

މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި

05 ޖުލައި 2017
މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި
02 ޖުލައި 2017

ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި

02 ޖުލައި 2017
ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި
12 މެއި 2017

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު