Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

ގަތުލުއާންމުގެ ވޭނުގެ ތެރެއިން، ޙައްޖުވުމަށް ލިބުނު ދަޢުވަތު

ޢަބްދުލްޙާމިދަށް ޖާގަ ލިބުނީ، މާތްވެގެންވާ ޙަރަމްފުޅު ފެންނަ ހިސާބުގައި ހުންނަ ހޮޓަލަކުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 17 ޖޫން 2024 | ހޯމަ 06:41
މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ލާއިންސާނީ ގަތުލުއާންމު ހިނގަމުން ދަނިކޮށް މުސްލިމުންނާ ބައްދަލު ކުރި ޙައްޖު މޫސުމަކީ ތަފާތު އިޙްސާސްތަކެއް ކުރުވަނިވި ދުވަސްތަކެއް

މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ލާއިންސާނީ ގަތުލުއާންމު ހިނގަމުން ދަނިކޮށް މުސްލިމުންނާ ބައްދަލު ކުރި ޙައްޖު މޫސުމަކީ ތަފާތު އިޙްސާސްތަކެއް ކުރުވަނިވި ދުވަސްތަކެއް

މިއީ ޢަބްދުލްޙަމީދަށް ތަފާތު އަހަރެކެވެ. "މާތްވެގެންވާ މިސްކިތުގެ މުންނާރުތައް ފެންނަން ފެށީމަ ޤަބޫލުވެސް ނުކުރެވުނު. ހާސް މަރުގެ އެތިފަހަރުން ސަލާމަތްވެފަ ހުރި މީހެއް އަހަންނަކީ"، މައްކާއަށް ވަންނަމުން ދިޔަ އައުނީ ޢަބްދުލްޙަމީދު، އޭނާއަށް ކުރެވުމުން ދިޔަ އިޙްސާސްތައް ކިޔައިދިނެވެ. ޢަބްދުލްޙަމީދަކީ ނިރުބަވެރި ޔަހޫދީންގެ މުށްދަށުލާފައި އޮތް ޣައްޒާގެ ރަށްވެއްސެކެވެ. 8 މަހަށް ވުރެ ދިގުލައި ގޮސްފައި ވާ ގަތުލުއާންމުން ސަލާމަތް ވުމަށް ފުރާނަ އަތް މައްޗަށް ލައިގެން ކުރި މަސައްކަތުން، ޣައްޒާއިން ނުކުމެވުނު މަދު މީސްކޮޅުގެ ތެރެއިން އެކަކެވެ. އެހެން ނަމަވެސް، ޢަބްދުލްޙަމީދަކީ މިއަދު އެ ޢާއިލާގައި ހުރި ހަމަ އެކަނި މެންބަރެވެ. އެހެން އެންމެވީ ގަތުލުއާންމުގައި ޝަހީދުކޮށްލާފައެވެ.

ޢަބްދުލްޙަމީދަކީ، ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތް ކުރާ އެމްބިއުލާންސް ޑްރައިވަރެކެވެ. ގަތުލުއާންމުގެ ފުރަތަމަ 60 ދުވަސް އޭނާ ހޭދަ ކުރީ، ޒަޚަމްވެފައި ވާ މީހުން އުފުލުމުގެ މަސައްކަތުގައެވެ. ތަދާއި ވޭނުން ގިސްލާ ރޮމުން ދިޔަ އެތައް ބައެއްގެ އަޑު އަހަމުންނެވެ. ދެވުނު ވަރަކަށް ފަރުވާވެސް ދިނެވެ. އަނިޔާ ލިބިފައިވާ މީހުންނަށް ކުޑަ ނަމަވެސް ލުޔެއް ހޯދައި ދެވޭތޯ ކުރެވެން އޮތްހާ ކަމެއް ކޮށްދެމުންނެވެ.

ޒަޚަމްވެފައި ތިބި އެތައް ސަތޭކަ ބަޔަކު، ޞިއްޙީ ފަރުވާ ދިނުމަށްޓަކައި އުފުލައި ދީ ހެދި ޢަބްދުލްޙަމީދުގެ ހިތްވަރު ހިސާބެއް އައެވެ. އޭނާގެ އުފަން ދަރިންނާއި ޢާއިލާ ހޮސްޕިޓަލަށް ގެންދާނެ ހިތްވަރެއް ޢަބްދުލްޙަމީދަކަށް ނުލިބުނެވެ. ގެއާ ހިސާބަށް ދެވުނު އިރު، ގެއަށް ބޮން އަޅާ، މުޅި ތަން އޮތީ ހަފުސްކޮށްފައެވެ. ޢާއިލާގެ ހުރިހާ އެންމެން ޝަހީދުކޮށްލާފައެވެ.

ޢަބްދުލްޙަމީދު، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރަމަށް ސަޢުދީއަށް ދަތުރު ކުރަން ފުރުޞަތު ލިބުނީ، އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގައި ޒަޚަމްކޮށްފައި ވާ ނުވަތަ، ޝަހީދުކޮށްފައިވާ މީހުންގެ ޢާއިލާތަކުގެ ދިރިތިބީންނަށް ޚާއްޞަ ކުރައްވައިގެން ސަޢުދީގެ ސަލްމާން ރަސްގެފާނު ދެއްވި 1000 މީހުންގެ ޖާގައިގައި ހިމެނިގެންނެވެ. މި އިސްނެންގެވުމުގެ ދަށުން، މިއަހަރު ފަލަސްޠީނުން 2000 މީހުން ޙައްޖުގެ އަޅުކަން އަދާކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޢަބްދުލްޙާމިދަށް ޖާގަ ލިބުނީ، މާތްވެގެންވާ ޙަރަމްފުޅު ފެންނަ ހިސާބުގައި ހުންނަ ހޮޓަލަކުންނެވެ. ޙަރަމްފުޅުގެ މުންނާރުތައް ފެންނަ ހިސާބުގައި ހުއްޓިލައިގެން ހުރިއިރު، އޭނާއަށް ފެންނަމުން ދިޔަ މަންޒަރުތަކަކީ ޙަޤީޤަތެއް ކަން ޤަބޫލު ކުރަންވެސް އޭނާއަށް ދަތިވިއެވެ. މިހާ ހިސާބަށް އައުމަށް އޭނާ ކުރި ތަޖުރިބާތަކަކީ މިނިވަން ޖައްވަކަށް ނޭވާލަމުންދާ އަހަރެމެން ކަހަލަ ބަޔަކަށް ވަޒަން ކުރަންވެސް ދަތި ތަޖުރިބާތަކެކެވެ.

ގެއަށް ބޮން އަޅާ ޢާއިލާގެ ހުރިހާ މެންބަރުން ޝަހީދު ކުރި ހިސާބުން، ޢަބްދުލްޙަމީދުގެ ދިރިއުޅުން އަނެއްކާވެސް އެފުށް މިފުށަށް ޖެހުނެއެވެ. އޭނާއަށް ދެން ދާން ޖެހުނީ ޖަލު ބަންދަށެވެ. ޤައިދީއެއްގެ ގޮތުގައި އޭނާ 3 މަސްދުވަސް ހޭދަ ކުރިއެވެ. ބަންދުގައި ބަހައްޓައިގެން ނިރުބަވެރިން ކުރި އަނިޔާ އިންތިހާއެވެ. އެ އަނިޔާތަކުގެ ސަބަބުން، ފައިގެ 3 އިނގިއްޔެއްވެސް މިހާރު ވަނީ ބުރިކޮށްލާފައެވެ.

ޢަބްދުﷲ ޙަސަންއަކީވެސް ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގެ ވޭން އުފުލަމުން ދާ މީހެކެވެ. ޙައްޖުވުމަށް ޣައްޒާއިން ގޮސް ތިބި މީހުން ބައިތިއްބާފައި ތިބި ހޮޓަލާ ދިމާއަށް ހިނގާފައި ދިޔަ ޢަބްދުﷲ ޙަސަންގެ މައިންބަފައިން ޝަހީދުވެ ދިޔައީ ގަތުލުއާންމުގެ ތެރޭގައެވެ. ދޮށީ ބޭބެއާއި، 3 ދަރިންނާއި، އެއް ލޭ ހިނގާ 2 އުޚްތެއްގެ އިތުރުން، އޭނާއަށް ބޮޑުބޭބެ ކިޔާ ހުރިހާ ކުދިންވެސް ޝަހީދުކޮށްލާފައި ވަނީ ނިރުބަވެރި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމުގެ ތެރޭގައެވެ.

މި ހިތްދަތި ކަމުގައި ޣައްޒާގެ ރަށްވެހިން އުފުލަމުންދާ ވޭނަށް ލުޔެއް ހޯދައި ދިނުމަށް، ސަޢުދީގެ ފަރާތުން ދިން ދަޢުވަތު ފާހަގަ ކޮށް، ޢަބްﷲ ޙަސަން ވަނީ ސަޢުދީއަށް ޝުކުރު އަދާކޮށްފައެވެ. ޙައްޖުގެ އަޅުކަން ކުރާނެ ފުރުޞަތު ލިބުމަކީ، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކާއި ތަސައްލީއެއް ލިއްބައިދޭނެ ކަމެއް ކަމަށް އެނާ ޤަބޫލު ކުރެއެވެ.

ދެން އޮތީ ހަރްބީ އަލް ސުވައިކިރީގެ ވާހަކައެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިނެއް ކަމަކު ހަރްބީ އަލް ސުވައިކިރީގެ މޫނުމަތިން ފެންމުން ދިޔައީ އުފާވެރި ކަމުގެ އުޖާލާ އަލިކަމެކެވެ. ހަރްބީ އަލް ސުވައިކިރީއަކީ ޖަލުގައި 10 އަހަރު ހޭދަކޮށްފައި ހުރި މީހެކެވެ. އޭނާގެ މައްޗަށް އިއްވާފައި އޮތީ 800 އަހަރުގެ ޖަލު ޙުކުމެކެވެ. ހުރިހާވެސް ސަބަބަކީ، ފަލަސްޠީނު ސަރުކާރަށް ޚިދުމަތް ކުރާ ސިފައިންގެ ޖެނަރަލަކަށް އޭނާ ވީ ކަމެވެ. އެފަދަ ޙާލެއްގައި ވަނިކޮށް، މައްކާގެ މުޤައްދަސް ބިމުގައި، އިޙްރާމް އަޅައިގެން، ޙައްޖުވުމަށް ފުރުޞަތު ލިބިދާނެ ކަމަކަށް ދުވަހަކުވެސް އޭނާގެ ޚިޔާލަށްވެސް ގެނެވިފައެއް ނެތެވެ.

މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ލާއިންސާނީ ގަތުލުއާންމު ހިނގަމުން ދަނިކޮށް މުސްލިމުންނާ ބައްދަލު ކުރި ޙައްޖު މޫސުމަކީ ތަފާތު އިޙްސާސްތަކެއް ކުރުވަނިވި ދުވަސްތަކެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހާސް މުސްލިމުންނެއް މިއަދު ސަޢުދީގައި އެބަ ތިއްބެވެ. ސަޢުދީގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ، ޙައްޖުގެ އަޅުކަމަށް ސަމާލުކަން ދިނުމަށާއި، ސިޔާސީ ޝިޢާރު ފާޅުކޮށް، އެފަދަ ހަރަކާތްތައް ނުހިންގުމަށް އަންގާ ޢަމުރު ކުރަމުންނެވެ.

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާ، ތަވްފީޤު އަލް ރާބިއާ ވަނީ، ސިޔާސީ އެއްވެސް ހަރަކާތަކަށް ފުރުޞަތު ނުދެއްވާނެ ކަމަށް، ހަރުކަށި ޢިބާރާތުން އިންޒާރު ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ގުޅިފަޅު ޕްރޮޖެކްޓް: ހަތް އަހަރުވި އިރު ވެސް ފްލެޓެއް ނުލިބުނު!

ގުޅިފަޅު ޕްރޮޖެކްޓް: ހަތް އަހަރުވި އިރު ވެސް ފްލެޓެއް ނުލިބުނު!

09 ޖުލައި 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު