Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ޕޮލެންޑަށް ވަރުގަދަ ވެވޭނެ: ޕްރޮބިއާޒް

ނެދަލެންޑްސް މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު، ވަރުގަދަ ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަން ވެސް ޕްރޮބިއާޒް އަށް އޮވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2024 | ހޯމަ 05:54
ޕޮލެންޑުގެ ކޯޗު މައިކަލް ޕްރޮބިއާޒް

ޕޮލެންޑުގެ ކޯޗު މައިކަލް ޕްރޮބިއާޒް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބާކީ އޮތްް ދެ މެޗަށް، ޕޮލެންޑަށް ވަރުގަދަ ވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު މައިކަލް ޕްރޮބިއާޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސްއާ ވާދަކޮށް، ޕޮލެންޑު ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޕޮލެންޑުންނެވެ. ނަމަވެސް، ނެދަލެންޑްސް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

ޕްރޮބިއާޒް ބުނީ، އެންމެ ފުރަތަމަ ވެސް އޭނާ ބޭނުން ވަނީ ޕޮލެންޑަށް އިތުބާރުކޮށްގެން ތިބި އެ ޓީމުގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަން ކަމަށެވެ. ޚާއްސަކޮށް މެޗު ބެލުމަށް ދަނޑަށް ވަދެ ތިބި ސަޕޯޓަރުންނާއި، ދަނޑުގައި ނެތް ނަމަވެސް ޓީވީ މެދުވެރިކޮށް މެޗު ބެލި ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާ ކުރާ ކަމަށް އޭނާ ބުންޏެވެ.

މެޗާ ގުޅޭ ގޮތުން ޕްރޮބިއާޒް ބުނީ، ބައެއް ވަގުތު ތަކުގައި ޕޮލެންޑަށް ބޯޅަ ނުހިފޭއްޓެނީ ކަމަށެވެ. އެކަމުގެ ނަތީޖާ އަކީ، ކުރިއަށް ޖެހިގެން، އެޓޭކު ކުރުމަށް ޕޮލެންޑަށް ލިބޭ ފުރުސަތު މަދުވުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޕްރޮބިއާޒް ފާހަގަ ކުރި ގޮތުގައި މެޗަށް ފަހު އޭނާ ވާނީ ކުޅުންތެރިން ގާތު ވެސް އެ ވާހަކަ ބުނެފަ އެވެ.

އިތުރަށް ޕްރޮބިއާޒް ބުނީ، ގްރޫޕް ސްޓޭޖުގައި ޕޮލެންޑަށް ބާކީ ދެ މެޗު އޮތްއިރު، އެ ދެ މެޗުން މޮޅުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ. އަދި އެ ދެ މެޗުން މޮޅުވާން މަޖުބޫރު ކަމަށް ވެސް އޭނާ ބުންޏެވެ. މުބާރާތުގައި ބާކީ އޮތް ތަނަށް ބަލާއިރު، ޕޮލެންޑަށް އަދި ވަރުގަދަ ކުޅުމެއް ދެއްކޭނެ ކަމަށް ވެސް ޕްރޮބިއާޒް ޤަބޫލު ކުރެ އެވެ. ޚާއްސަކޮށް ނެދަލެންޑްސް މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު، އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ޕްރޮބިއާޒް އަށް އޮވެ އެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ޕޮލެންޑުން ކުޅުނު މެޗުގައި އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ރޮބާޓް ލެވަންޑޯސްކީ ނުކުޅެ އެވެ. އެއީ އޭނާ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އެހެން ނަމަވެސް، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި 21 ވަނަ ދުވަހު އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ކުޅެވޭނެ އެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ކުލަބް މޯލްޑިވްސް: ވަރުގަދަ ސްކޮޑަކާއެކު ނުކުތް ފެނަކަ ބަލިކޮށް އެލައިޑް ކުއާޓާރއަށް

30 އެޕްރީލު 2017
ކުލަބް މޯލްޑިވްސް: ވަރުގަދަ ސްކޮޑަކާއެކު ނުކުތް ފެނަކަ ބަލިކޮށް އެލައިޑް ކުއާޓާރއަށް
23 އެޕްރީލު 2017

ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ

23 އެޕްރީލު 2017
ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު