Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސަރަހައްދުގައި ހިންގި މާރާމާރީތައް

މާލެ ސަރަހައްދުގައި އިތުރު މާރާމާރީއެއް، ސީނުން ފިލީ ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށް ފަހު

16 ޖޫން 2024 | އާދީއްތަ 13:25

ފުލުހުން ބުނީ ހުޅުމާލޭގެ ފިލިގަސް މަގުގައި މާރާމާރީ އެއް ހިންގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 04:07ގައި ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ޖޫން 2024 | އާދީއްތަ 13:25
ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި

ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި

ހުޅުމާލޭގެ ފިލިގަސް މަގުގައި މާރާމާރީ އެއް ހިންގުމަށް ފަހު، ހާދިސާ ހިނގި ސަރަހައްދުން ފިލި މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފިލިގަސް މަގުގައި މާރާމާރީ އެއް ހިންގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 04:07ގައި ކަމަށެވެ.

އެ ހާދިސާ އާއި ގުޅޭ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރަމުން، އެ އިދާރާ އިން ބުނެފައި ވަނީ އެ ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ދިއުމުން، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ދެ މީހުންނަށް ކަމަށާއި އެ ދެ މީހުން ކާރުގައި ފިލަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށް ފަހު އެ ސަރަހައްދުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުން ވަނީ ފިިލާފައި ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އެ ހާދިސާ ހިނގި ސަރަހައްދުން ފިލި އެކަކު މިހާރު ވަނީ ފެނިފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ދެން ހުރި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ހާދިސާގައި އަނިޔާވި ފުލުސް މީހާ އަށް ވަނީ ފަރުވާދީފައެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގެ މެންދުރު 12:45 ހާއިރު މާލޭ ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި މާރާމާރީއެއް ހިންގި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މާރާމާރީގައި ޒަހަމްވި ދެ މީހުންނަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެސް ވަނީ މާލެ ސަރަހައްދުގައި މާރާމާރީއެއް ހިންގާފައެވެ. ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހުން ފުލުހުން ހައްޔަރުކޮށްފަވާކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 10:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީގައި އަނިޔާވި މީހާ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަަރުވާދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ސެނަހިޔާ އާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަތައް އިތުރަށް ތަހުގީގުކުރަމުންނެވެ. މި މާރާމާރީތަކަކީ އެއް މާރާމާރީ އާއި އަނެއް މާރާމާރީ އާއި ގުޅުމެއް ހުރި މާރާމާރީތައް ތޯ ސާފުކުރުމަށް ފުލުހުންނާއި ގުޅުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާތީ އެ މައުލޫމާތު ވަނީ އަދި ސާފުވާ ގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް