Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ދައުލަތަކު ފައިސާއެއް ނެތް، އެކަމަކު ދަތުރުފުޅުތަކަށް މިލިއަނުން ޚަރަދު ކުރަނީ!

ސަރުކާރުން ބޭނުންވާ މިންވަރަށް ސިޔާސީ މަޤާމުތަަކަށް މީހުން އައްޔަން ކުރުމާއި، ދަތުރުފުޅުތަކަށް ދައުލަތުގައި ފައިސާ ހުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖޫން 2024 | ހޮނިހިރު 11:43
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، ސަރުކާރުން ބުނަނީ މާލީ ޙާލަތު ދަށް ކަމަށް، އެކަމަކު ދަތުރުތަކަށް ޚަރަދު ކުރަނީ މިލިއަނުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، ސަރުކާރުން ބުނަނީ މާލީ ޙާލަތު ދަށް ކަމަށް، އެކަމަކު ދަތުރުތަކަށް ޚަރަދު ކުރަނީ މިލިއަނުން

ދަޢުލަތުގައި ފައިސާ ނެތް ވާހަކަ އާއި، ދަޢުލަތް ބަނގުރޫޓުވާން ކައިރިވެފައި އޮތް ވާހަކަ އަކީ، މިދިޔަ ރިޔާސީ އިންތިޚާބުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އެވެ. ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް އެންމެ ގަދަޔަަށް، އަޑަށް ބާރު ލައްވާފައި ދެއްކެވީ އެ ވާހަކަ އެވެ.

ވެރިކަން ލިބިއްޖެ ނަމަ، ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރާނެ ވާހަކަ އާއި، އިސްރާފުވާ ގޮތަށް ފައިސާ ޚަރަދު ނުކުރާނެ ވާހަކަ ދެއްކެވީ، ސީދާ ރައްޔިތުންގެ ވޯޓު ހޯއްދެއްވުމަށެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް، ސަރުކާރުން މަސައްކަތް ކުރާނެ ވާހަކަ އާއި، ރައްޔިތުންގެ ޖީބަށް ލުއި ވާނެ ގޮތްތައް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވީ، ވެރިކަމުގެ ދަހިވެތި ކަމުގަ އެވެ.

މަސްވެރިންނާއި، ދަނޑުވެރިން އަދި އެހެނިހެން ދާއިރާތަކުގައި މަސައްްކަތް ކުރާ މުވައްޒަފުންނަށް ފައިދާވާނެ ކަންކަން ސަރުކާރުން ކުރާނެ ވާހަކަ އާއި، ކަންކަން ނުވެގެން އެ ސިނާއަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ވިދާޅުވީ، ވޯޓަކަށްފަހު ވޯޓެއް އިތުރު ކުރުމުގެ މަޤުސަދުގަ އެވެ.

މީގެ ތެރެއިން ވެސް، މި ސަރުކާރުން އެންމެ ބޮޑު ވައުދެއްވީ އެއް ބަޔަކީ މަސްވެރިންނެވެ. މަސްވެރިން ބާނާ މަސްކޮޅު ކިރާތާ، މަދުވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭނެ ކަމަށް ވައުދުވެލެއްވި އެވެ. މަސްވެރިންގެ ތާއީދު ހޯއްދެވުމުގެ ނިޔަތުގައި ވައުދުވީ، ރުފިޔާގެ ބަދަލުގައި ޑޮލަރުން މަސްވެރިންނަށް ފައިސާ ދެއްވުމަށެވެ.

ރަށް ރަށުގެ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނަކީ، ތިމަން މަނިކުފާނުގެ ވެރިކަމެއްގައި ރަށްތައް ބާކީ ނުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ. ރަށް ރަށުގައި ކުރިއަށް ގެންދަމުން އައި ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހުއްޓާލުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. ދެން ވެސް ރަށް ރަށަށް ބޭނުންވެފައި ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ފޮނި ބައިސާ ކެނޑުއްވި އެވެެ.

ވެރިކަމަށް ވަޑައިގެން، މި ފާއިތުވި ހައެއްކަ މަހުގެ ތެރޭގައި މިއިން އެއްކަމެއް ވެސް ނުވި އެވެ. މަސްވެރިންނަށް ދޭން ބުނި ފައިސާ ކޮޅު ނުދެވެ އެވެ. މަސްވެރިންނަށް ފައިސާ ނުލިބި ދެ މަސް ތިން މަސް ވެގެން ދިޔަ އެވެ. ސަރުކާރަށް ހަ މަސްވީއިރު، ފައިސާ ނުލިބިގެން މަސްވެރިން އެތައް ފަހަރެއްގެ މަތިން އިހުތިޖާޖު ކޮށްފި އެވެ.

މި ސަރުކާރަށް ހަ މަސް ވެގެން ދިޔަ އިރު، ރަށް ރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް އޮތީ މަޑު ޖެހިފަ އެވެ. ކުރިއަށް ދާނެ ހަމަ އެއްވެސް މަގެއް ނުފެނެ އެވެ. މަސައްކަތް ފަށައިގެން ކުރިއަށް ގޮސް، ނިމެން ކައިރިވެފައިވާ ރަށް ރަށުގެ މަސައްކަތް ވެސް މުޅިން ހުއްޓުނީ އެވެ. ކުރިއަކަށް ނުދެ އެވެ.

މިކަންކަމަށް ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ދައްކަވަނީ ބަހަނާ އެވެ. ވިދާޅުވަނީ ސަރުކާރުގައި ފައިސާ ނެތް ކަމަށެވެ. މާލީ ގޮތުން ސަރުކާރު އޮތީ ބޮޑު ދަތިކަމެއްގެ ތެރޭގައި ކަމަށެވެ. މަސްވެރިންނަށް ފައިސާ ދިނުމާއި، މަސްވެރިންނަށް ވީ ވައުދު ފުއްދޭނީ ދައުލަތުގެ މާލީ ޙާލަތު ރަނގަޅުވެގެން ކަމަށް ވިދާޅުވެ އެވެ. ރަށް ރަށުގެ ތަރައްޤީގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދެވޭނީ ދައުލަތަށް ފައިސާ ލިބިގެން ކަމަށް ވިދާޅުވެ އެވެ.

އެހެން ވިޔަސް، އެ ވާހަކަތައް ދެކޮޅު ނުޖެހޭ ސަބަބުތަކެއް އެބަ ހުއްޓެވެ. މާލީ ގޮތުން ބޮޑު ދަތިކަމެއް ތެރޭގައި އޮތް ސަރުކާރުން، ކުރައްވާ ދަތުރުފުޅުތަކަށް މިލިއަނުން ޚަރަދު ކުރައްވާތީ އެވެ. އިހަކަށް ދުވަހު ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ ހަތަރު ވަނަ ކޮންފަރެންސް ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާާ މުޢިއްޒު ކުރެއްވި ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ޚަރަދު ކޮށްފި އެވެ.

ދަތުރުފުޅުގައި 16 ބޭފުޅަކު ރައީސުލުމްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވިއިރު، ކޮންމެ ބޭފުޅަކަށް ޕޮކެޓު މަނީގެ ގޮތުގައި 8832 ރުފިޔާ ވަނީ ޚަރަދު ކޮށްފައިވެ އެވެ. 16 ބޭފުޅުންނަށް ޖުމުލަ އެއީ، 141،312 (އެއް ލައްކަ ސާޅީސް އެއް ހާސް، ތިން ސަތޭކަ ބާރަ) ރުފިޔާ އެވެ.

ދަތުރުގެ ހުރުމުގެ ޚަރަދަށް ވަނީ 618،043.67 (ހަ ލައްކަ އަށާރަ ހާސް، ސާޅީ ތިން ރުފިޔާ، ފަސްދޮޅަސް ހަތް ލާރި) ޚަރަދު ކޮށްފަ އެވެ. ދަތުރު ފަތުރު ކުރުމުގެ ޚަރަދުގައި ގޮތުގައި 271،956.52 (ދެ ލައްކަ ހަތްދިހަ އެއް ހާސް، ނުވަ ސަތޭކަ ފަންސާސް ހަ ރުފިޔާ، ފަންސާން ދެ ލާރި) ވަނީ ޚަރަދު ކޮށްފަ އެވެ. މީގެ އިތުރުން ކެއުމާއި ބުއިމުގެ ޚަރަދުގެ ގޮތުގައި 164،014.17 (އެއް ލައްކަ ފަސް ދޮޅަސް ހަތަރު ހާސް ސާދަ ރުފިޔާ، ސަތާރަ ލާރި) ވަނީ ޚަރަދުކޮށްފަ އެވެ.

މީގެ އިތުރުން ދަތުރުގެ މެދު ތެރެއިން މަޑު ކުރައްވަން ޖެހުނު ތަންތަނަށް ޚަރަދު ކޮށްފައި ވަނީ، 18،468 (އަށާރަ ހާސް، ހަތަރު ސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ) އެވެ. ހަމައެހެންމެ، އިންސިޑެންޓަލް ޚަރަދުގެ ގޮތުގައި ވަނީ 6134.70 (ހަ ހާސް އެއް ސަތޭކަ ތިރީސް ހަތަރު ރުފިޔާ، ހަތްދިހަ ލާރި) ޚަރަދުކޮށްފަ އެވެ.

ދަންނަވަންތޯ އެވެ! މި ދައުލަތުގައި ފައިސާ ނެތި، މާލީ ދަތިކަމެއްގައި ދައުލަތް އޮންނަނީ މަސްވެރިންނަށް ފައިސާ ދޭންވީމަ ހެއްޔެވެ؟ ނުވަތަ ރަށް ރަށުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގަންވީމަ ހެއްޔެވެ؟ ސަރުކާރުން ބޭނުންވާ މިންވަރަށް ސިޔާސީ މަޤާމުތަަކަށް މީހުން އައްޔަން ކުރުމަށް، ދައުލަތުގައި ފައިސާ ހުރެ އެވެ. ދައުލަތުން ބޭނުންވާ އެހެން ކަންކަމަށް ޚަރަދު ކުރަންވީމާ، ދައުލަތުގައި ފައިސާ ހުރެ އެވެ. ފައިސާ ނެތީ ރައްޔިތުންނަށް ކަމެއް ކޮށްދެއްވަން ޖެހުނީމަ ހެއްޔެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު