Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ނަތީޖާއާ މެދު ކްލާކް ހުރީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި!

ކްލާކް ފާހަގަ ކުރި ގޮތުގައި ސްކޮޓްލެންޑަކީ، އެއަށްވުރެ މާރަނގަޅު ނަތީޖާ ހޯދެން ޖެހޭ ޓީމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2024 | ހޮނިހިރު 05:20
ސްކޮޓްލެންޑުން ކުޅުނު މެޗުގައި ކްލާކް

ސްކޮޓްލެންޑުން ކުޅުނު މެޗުގައި ކްލާކް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ސްކޮޓެލެންޑަށް ލިބުނު ނަތީޖާއާ މެދު ވަރަށް ބޮޑަށް ނުތަނަވަސްވެފައި ހުރި ކަމަށް އެ ޓީމުގެ ކޯޗު ސްޓީވް ކްލާކް ބުނެފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްކޮޓެލެންޑުން ނިކުތީ މުބާރާތް ބާއްވާ ޤައުމު ޖަރުމަނާ ދެކޮޅަށެވެ. އެ މެޗުން ސްކޮޓްލެންޑު ބަލިވީ 5-1 އިންނެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކްލާކް ބުނީ، އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެ، އަމިއްލަ ނަފްސަށް ވެސް ނިކަމެތިކަން އިޙުސާސް ކުރެވޭ ހިސާބުގައި ކަމަށެވެ. ކްލާކް ފާހަގަ ކުރި ގޮތުގައި ސްކޮޓްލެންޑަކީ، އެއަށްވުރެ މާރަނގަޅު ނަތީޖާ ހޯދެން ޖެހޭ ޓީމެކެވެ. އެހެންކަމުން އޭނާގެ އުންމީދަކީ ގްރޫޕް ސްޓޭޖުގައި ކުރިއަށް އޮތް ދެ މެޗުގައި ވެސް އެކަން ދައްކާލެވުން ކަަމަށް ވެސް ކްލާކް ބުންޏެވެ.

އިތުރަށް ކްލާކް ބުނީ ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު ހުރިހާ ގޮތަކުން ވެސް އުނދަގޫވާނެ ކަން އިނގޭ ކަމަށެވެ. ޚާއްސަކޮށް ޖަރުމަނާ ދެކޮޅަށް ކުޅުމާއި، ޖަރުމަނުގެ އަމިއްލަ ދަނޑުގައި ކުޅުމަކީ ސްކޮޓްލެންޑަށް ކުަރިމަތިވި އުނދަގޫތަކެއް ކަމަށް އޭނާ ސިފަ ކުރި އެވެ. މުބާރާތުގައި ކުރިއަށް ދާން ބަލާއިރު، ބާކީ އޮތް ދެ މެޗުން ހަތަރު ޕޮއިންޓު ބޭނުންވާނެކަން ފާހަގަކޮށް ކްލާކް ބުނީ، އެކަމަށް ފޯކަސްކޮށްގެން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ކްލާކް ބުނީ، ސްކޮޓްލެންޑު އަތުން މެޗު ގެއްލުނީ ވަރަށް އަވަހަށް ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ ހާފުގައި ޖަރުމަނުން ތިން ލަނޑު ޖެހުމާއި، ސްކޮޓްލެންޑުގެ ކުޅުންތެރިޔަކަަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުންވީ، މެޗުގައި އިތުރަށް ކުރިއަށް ދާން އުނދަގޫވި ކަމެއް ކަމަށް އޭނާ ސިފަ ކުރި އެވެ. މުޅި މެޗަށް ބަލާއިރު، އެއީ ސްކޮޓްލެންޑަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް ވެސް ކްލާކް ބުންޏެވެ.

މުބާރާތުގައި ސްކޮޓްލެންޑުގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު