Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޙައްޖު 1445

ދޮޅު މިލިއަނަށް ވުރެ ގިނަ މުސްލިމުން މިއަހަރުގެ ހައްޖުގެ މާތް އަޅުކަން ފަށައިފި

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ވުމަށް ފަލަސްތީނުގެ ގަޒާގެ މުސްލިމުނަށް އިޒްރޭލް ސިފައިން ވަނީ ހުރަސް އަޅާފަ

ރާއްޖެ އެމްވީ | 14 ޖޫން 2024 | ހުކުރު 11:11
1445 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖުވެރިން މައްކާ، ސަޢޫދީ ޢަރަބިއްޔާގައި

1445 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖުވެރިން މައްކާ، ސަޢޫދީ ޢަރަބިއްޔާގައި

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ސައުދީ އަރަބިއްޔާ ގައި ހުކުރު ދުވަހު ފެށިއްޖެއެވެ.

ހުކުރު ދުވަހު ހައްޖުގެ އަޅުކަން ފެށުނީ، އިހްރާމްގައި ތިބި އެތައް ލައްކަ މުސްލިމުން ކައުބަތުﷲ ގެފުޅު ވަށައިގެން ތަވާފު ކުރަން ފެށުމުންނެވެ.

މުޅި އުމުރުގައި ދިގު އިންތިޒާރަކަށް ފަހު ނޫނީ އާއްމު ގޮތެއްގައި ނުލިބޭ ފުރުސަތެއްގެ ގޮތުގައި ހައްޖުގެ އަޅުކަން ބެލެވިފައި އޮންނަ އިރު، މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ އުފާ ދޮޅު މިލިއަނަށް ވުރެ ގިނަ މުސްލިމުންނަށް ލިބިގެން ދާއިރު، އަނެއް ކޮޅުން ފަލަސްތީނުގެ ގާޒާގެ މުސްލިމުންނަށް ފާއިތުވި އަށެއްކަ މަސް ދުވަހު ހުއްޓުމެއް ނެތި އިޒްރޭލުން ދެމުންދާ އަނިޔާގެ ހިތާމަ މުޅި އިސްލާމީ އުއްމަތަށް މި ދަނޑިވަޅުގައި ކުރިމަތިވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ވުމަށް ފަލަސްތީނުގެ ގަޒާގެ މުސްލިމުނަށް އިޒްރޭލް ސިފައިން ވަނީ ހުރަސް އަޅާފައެވެ. ގާޒާގެ ރަފަހް ސިޓީ އަށް އަރާ، ގާޒާގެ ރައްޔިތުން ދަތުރު ކުރުމަށް ހުރި މަގުތައް މެއި މަހުން ފެށިގެން ޔަހޫދީ ސިފައިން ބަންދު ކޮށްފައި ވުމާއެކު ގާޒާ އިން މި އަހަރު ހައްޖަށް ދިއުމަށް އުއްމީދު ކުރި މުސްލިމުންނަށް އެ ފުރަސަތު އިޒްރޭލު ސިފައިން ވަނީ ގެއްލުވާލާފައެވެ.

"އަހަރެމެންނަށް ހައްޖު ވުމުގެ މަގުވެސް މި އޮތީ ބަންދު ވެފައި، ދަތުރު ކުރަން ހުރި މަގު ބަންދު، ހަނގުރާމަ އާއި މުޅި ތަން ސުންނާފަތި ވުމުގެ ސަބަބުން ހައްޖުވުމުގެ ފުރުސަތެއް އަހަރެމެންނަކަށް ނެތް." މި އަހަރު ހައްޖަށް ދިއުމަށް އުއްމީދު ކޮށްގެން ހުރި އުމުރުން 75 އަހަރުގެ ފަލަސްތީނުގެ އަންހެނަކު އަލްޖަޒީރާ އާ ވާހަކަ ދައްކަމުން ބުންޏެވެ. "ރަށުން ބޭރަށް ދެވޭނެ ގޮތެއް ނެތް، ދަތުރު ކުރަން އުޅޭ ކޮންމެ ފަހަރަކު އެ މީހުން [އިޒްރޭލް ސިފައިން] ބުނަނީ މަގު ބަންދު ކޮށްފައޭ، ނުދެވޭނެއޭ. ހުރިހާ ކަމަކުން އެމީހުން އަހަރެމެން މަހްރޫމް ކޮށްފި."

ފަލަސްތީނު ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރިން 4،200 ފަލަސްތީނު މީހުން ހައްޖު ވުމަށް މައްކާ އަށް ވަނީ ދަތުރު ކޮށްފައެވެ. ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނެގެ ޚާއްސަ އިނާޔަތެއްގެ ދަށުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވީ ނުވަތަ ޒަޚަމްވި މީހުންގެ އާއިލާތަކުގެ މެމްބަރުންނަށް ޚާއްސަ ކޮށް އިތުރު 1000 ފަލަސްތީނު މީހުންނަށް ހައްޖު ވެވޭނެ ފުރުސަތު ސައުދީ ސަރުކާރުން ވަނީ ތަނަވަސް ކޮށްދީފައެވެ.

މުސްލިމުންނަށް އަނިޔާ އާ ވޭން ލިބެމުންދާ ދަނޑިވަޅެއްގައި ހައްޖުގެ އަޅުކަން ފެށިގެން ދާއިރު، އަޅުކަމުގެ ތެރޭގައި އެއްވެސް ސިޔާސީ ހަރަކާތެއްގެ ކުލަ ޖެހޭކަށް ސައުދީ ސަރުކާރުން ބޭނުމެއް ނުވެއެވެ. ސައުދީގެ ހައްޖާ އުމްރާގެ ކަންކަމާ ބެހޭ ވަޒީރު ތައުފީގް އައް-ރާބިއާ ހުސްވި ހަފްތާގައި ވަނީ "އެއްވެސް ސިޔާސީ ހަރަކާތެއް" ނޯންނާނެ ކަމަށާއި، ސިޔާސީ ހަރަކާތަކަށް ޖާގާ ނުދެއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން އެންމެ ގިނަ މީހުން ސައުދީ އަށް ދަތުރު ކޮށްފައިވާނީ ވައިގެ މަގުން ކަމަށް ވާއިރު، ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސީރިއާގެ މުސްލިމުން މި އަހަރު އައީ ދިމިޝްގުން ސައުދީ އަށް ސީދާ ފްލައިޓުތަކުގައި ކަން ފާހަގަ ކުރެވެއެވެ. މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ސީރިއާގެ ހައްޖުވެރިން ޑިރެކްޓް ފްލައިޓްގައި ހައްޖަށް އައި ފުރަތަމަ ފަހަރެވެ. ސީރިއާގެ ހައްޖުވެރިންނަށް ލިބިގެން ދިޔަ މި ފަސޭހަ އަކީ ސައުދީ އަރަބިއްޔާ އާއި ސީރީއާ އާ ދެމެދުގެ ގުޅުން ފިނިވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އެހެން ނަމަވެސް ހަނގުރާމަ ވެރިންގެ ކޮންޓްރޯލުގެ ދަށުގައިވާ ސީރިއާގެ ސަރަހައްދު ތަކުގައި އުޅޭ މުސްލިމުން ހައްޖަށް އައީ ދިގު، ވަރުބަލި ދަތުރެއް ކޮށް ބޯޑަރު ހުރަސްކޮށް ތުރުކީ އަށް ގޮސް ތުރުކީ މަގުންނެވެ.

ސައުދީ ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި އަހަރުގެ ހައްޖަށް އަންނަ މީހުންގެ އަދަދު 2 މިލިއަނަށް ވުރެ އިތުރުވާނެއެވެ.

ހައްޖަކީ ކުޅަދާނަ ވެގެން ވާ ކޮންމެ މުސްލިމަކު މަދުވެގެން އުމުރުން އެއް ފަހަރު އަދާ ކުރަން ޖެހޭ އިސްލާމް ދިނުގެ 5 ރުކުނުގެ ތެރޭގައި ހިމެނޭ އަޅުކަމެކެވެ.

ހުކުރު ދުވަހު ހައްޖުވެރިންނަށް ފުރަތަމަ އޮތީ ހައްޖުގެ ފުރަތަމަ ތަވާފްގެ ގޮތުގައި ގެފުޅު ވަށައިގެން 7 ބުރު ފުރިހަމަ ކުރުމެވެ.

އޭގެ ފަހުން ހައްޖުވެރިން ދަތުރު ކުރާނީ، މައްކާ އާ އެތައް ކިލޯމީޓަރެއް ދުރުގައި އޮންނަ، ވަށައިގެން ފަރުބަދަ އެކުލެވޭ ވާދީ އެއްގައި ވާ މިނާ އަށެވެ. މިނާގައި ހައްޖުވެރިން ހުކުރު ދުވަހުގެ ރޭގަނޑު ހޭދަކުރަނީ ޓެންޓުގައެވެ.

ހައްޖުގެ އެންމެ މުހިންމު ހަރަކާތަކީ ހޮނިހިރު ދުވަހު އަރަފާތުގައި ދުއާ ކުރުމުގައާއި، ނަމާދު ކުރުމުގައާއި، ޒިކުރު ކުރުމުގައި ހައްޖުވެރިން ހޭދަ ކުރަމެވެ. އަރަފާތު ފަރުބަދަ އަކީ އިސްލާމީ އުއްމަތުގެ މާތް ނަބިއްޔާ އެންމެ ފަހު ޚުތުބާ މުސްލިމުންނަށް ދެއްވި ތަނެވެ.

ހައްޖުގެ އަޅުކަމަކީ ހިތް ދަތި ވޭން ދެނެވި ހާލަތުގައި އުޅެމުންދާ އެތައް މިލިއަން މުސްލިމުންނަށް ހެޔޮ ގޮތް މިންވަރު ކުރެއްވުން އެދި ދުއާ ކުރުމާއެކު ހައްޖަށް ދެވޭ މީހުންނާ ނުދެވޭ މީހުން ހެޔޮ ދުއާގެ ތެރެއިން އެއް އުއްމަތެއްގެ ގޮތުގައި ގުޅި ބަދަހި ވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އޮންނަނީ ބެލެވިފައެވެ. ހައްޖުގެ އަޅުކަމުގެ ސަބަބުން ޔަމަން އާއި ސޫދާން އާއި ސީރިއާ ފަދަ މުސްލިމް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަމަ ނުޖެހުން ތަކުން އެ ގައުމުތަކުގެ މުސްލިމުންނަށް ހެޔޮ ގޮތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި މިއަހަރުގެ ހައްޖު ވެގެންދާނޭ ކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު