Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަލިތަކުން ރައްކާތެރިވުން

ޗުއްޓީ ހޭދަކުރުމުގެ ހަރަކާތްތަކުގައި އުޅޭއިރު ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފި

އީދު ބަންދާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކި ސަރަހައްދުތަކަށް ދަތުރުކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2024 | ބުރާސްފަތި 09:03
ސިއްހަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް

ސިއްހަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ދަތުރު ކުރަމުގަ އާއި ޗުއްޓީ ހޭދަކުރުމުގެ ހަރަކާތްތަކުގައި ޝާމިލްވެ އުޅޭއިރު ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ކުރިއަށް އޮތީ އަޟްހާ އީދު ބަންދެވެ. މި އަހަރުގެ ހައްޖު ދުވަހާއި، އަޟްހާ އީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ އަޟްހާ އީދުގެ މުނާސަބަތުގައި ބަންދުވާ މި ޖޫން މަހުގެ 17، 18، 19 މި ތިން ދުވަހެވެ. އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، 2024 ޖޫން 23 ވާ އާދީއްތަ ދުވަހެވެ.

މި ބަންދާ ގުޅިގެން ގިނަ ބަޔަކު ރާއްޖޭގެ އެކި ރަށްތަކަށް އަދި ރާއްޖޭން ބޭރަށް ދަތުރުކުރެއެވެ. އީދާ ގުޅިގެން ގިނަ ހަރަކާތްތަކެއް ވެސް ބާއްވައެވެ. ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅޭ ދުވަސްވަރަކަށް ވާތީ އެޗްޕީއޭއިން ބުނީ ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ދަތުރުފަތުރު ކުރުމުގައާއި ޗުއްޓީ ހޭދަކުރުމުގެ ހަރަކާތްތަކުގައި ޝާމިލުވެ އުޅޭއިރު ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

މިދުވަސްވަރަކީ ޑެންގީ، ޗިކުންގުންޔާ، ބޭރަށް ހިންގުން އަދި އިންފުލުއެންޒާފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސްވަރަކަށް ވުމާއެކު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު ކުޑަ ކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ކޮވިޑް-19، އިންފުލުއެންޒާ ފަދަ އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

އެގޮތުން އަރިދަފުސް ރޯގާޖެހި ރަނގަޅުނުވެ ދިގުލައިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނިކުންނައިރު، އަނގައާއި ނޭފަތް ނިވާ ވާނެހެން ރަނގަޅަށް މާސްކު އެޅުމާއި، ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި، ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެނަމަ ގިނަގިނައިން ލޮނުޕެކެޓް އަދި ދިޔާ ތަކެތި ބޭނުންކުރުމާއި، އަރާާމު ކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. ޑެންގީ އަދި ޗިކުންގުންޔާއިން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމަށް ނިވާވާ ހެދުން އެޅުމާއި، މަދިރި ލޯޝަން ބޭނުންކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2017

މަޖިލިސް ޗުއްޓީއަށް ދިޔައީތަ! ނޫނީ ކުރިއަށް އޮތް ހަފްތާގައި މީޑިއާ ކޮމިޝަންގެ ބިލް ނިންމާނެބާ!

23 ނޮވެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައީތަ! ނޫނީ ކުރިއަށް އޮތް ހަފްތާގައި މީޑިއާ ކޮމިޝަންގެ ބިލް ނިންމާނެބާ!
10 އޮކްޓޯބަރު 2017

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެލައްވާ މައްސަލައިގައި ޒައިނާ ޖަވާބެއް ނުދެއްވި!

10 އޮކްޓޯބަރު 2017
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެލައްވާ މައްސަލައިގައި ޒައިނާ ޖަވާބެއް ނުދެއްވި!
30 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތްތަކުގައި ރައީސް ޔާމީން ފެނިވަޑައެއް ނުގެންނެވި!

30 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތްތަކުގައި ރައީސް ޔާމީން ފެނިވަޑައެއް ނުގެންނެވި!
02 ޖުލައި 2017

ފިތުރު ޢީދު ޗުއްޓީއަށް ފަހު ސްކޫލުތަކާއި އޮފީސްތައް ހުޅުވައިފި

02 ޖުލައި 2017
ފިތުރު ޢީދު ޗުއްޓީއަށް ފަހު ސްކޫލުތަކާއި އޮފީސްތައް ހުޅުވައިފި
19 ޖޫން 2017

މަޖިލިސް: 53 ދުވަހުގެ ޗުއްޓީއަކަށްފަހު، ބޭއްވީ ހަ ޖަލްސާ، އަނެއްކާވެސް ޗުއްޓީއަށް!

19 ޖޫން 2017
މަޖިލިސް: 53 ދުވަހުގެ ޗުއްޓީއަކަށްފަހު، ބޭއްވީ ހަ ޖަލްސާ، އަނެއްކާވެސް ޗުއްޓީއަށް!
29 މެއި 2017

ފުރަތަމަ ދައުރުގައި އެންމެ 12 ޖަލްސާ، 53 ދުވަހު ޗުއްޓީ

29 މެއި 2017
ފުރަތަމަ ދައުރުގައި އެންމެ 12 ޖަލްސާ، 53 ދުވަހު ޗުއްޓީ
19 މެއި 2017

ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި

19 މެއި 2017
ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި
16 މާރިޗު 2017

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި
11 މާރިޗު 2017

ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

11 މާރިޗު 2017
ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު