Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތީ ހެނދުނު ފުރައްސާރަ ކުރުމަށްފަހު، ހަވީރު ފިރުމާ ގޮތަށް!

ޗައިނާ އަށް ދާންވީމާ އެ ދުވަހު ޚާރިޖީ ސިޔާސަތު ބަދަލުވެފައި، މިއަދު އިންޑިއާ އަށް ދާން އެހެން ގޮތަކަަށް ބަދަލުވީމަ ދެކޮޅު ނުޖެހޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖޫން 2024 | ހޯމަ 13:00
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ޤައުމެއްގެ ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮންނަ ގޮތަކީ، މުޅި ދުނިޔެ އަށް އެ ޤައުމު ފެނިގެން ދާނެހާ ވަރުގަދަ މުހިންމު ސިޔާސަތެކެވެ. ދޭދޭ ޤައުމުތަކާއެކު އެކުވެރިކަމާއި، އެއްބައިވަންތަކަން ބޭއްވުމަށްޓަކައި، ޤައުމުތަކުން ޚާރިޖީ ސިޔާސަތުތައް އެކުލަވާލަމުން ދަނީ ވަރަށް ރަނގަޅަށް ވިސްނުމަށްފަހު އެވެ. ކުރިން ނިކުތް ނަތީޖާ އާއި، ދެން ނިކުންނަން އޮތް ނަތީޖާއާ މެދު ވެސް ފުރިހަމަ އަށް ވިސްނުމަށްފަހު އެވެ. ނިކަން ރަނގަޅަށް ކަމުގެ ދެކޮޅު ބެލުމަށްފަހު އެވެ.

އިންޑިއާ ކަނޑުގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެ އޮތްއިރު، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ވަރަށް ވަރުގަދަ ސިޔާސަތެކެވެ. އަވަށްޓެރި ޤައުމުތަކާ އެކު ގާތް ގުޅުމެއް އަބަދު ވެސް އޮވެ އެވެ. އެއްވެސް ޤައުމަކާ ޖެހިގަނެގެން، ފުރައްސާރަކޮށް، ހުތުރުހާ ވާހަކަ ދެއްކުމަކީ މީގެ ކުރިން އެއްވެސް އިރެއްގައި ދިވެހި ވެރިން އަދި ސަރުކާރުތަކުން ކޮށް އުޅުނު ޒާތުގެ ކަމެއް ނޫނެވެ.

އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހަވާލުވެ ވަޑައިގެންނެވި ހިސާބުން ފެށިގެން، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަށް ބޮޑު ބަދަލެއް އައިކަމަށް ދެންނެވިދާނެ އެވެ. އެކަމުގައި ސަބަބުތަކެއް ހުރީތީ އެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ކެމްޕެއިންގެ ތެރޭގައި ވެސް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަ އަކީ، ޒަމާނުއްސުރެ އަޅުގަނޑުމެންނާ ގާތް ގުޅުމެެއް އޮންނަ އިންޑިއާގެ ވާހަކަ އެވެ. އިންޑިއާއާ ދެކޮޅަށް އޭރުގެ އިދިކޮޅުން ކުރިއަށް ގެންދިޔަ ކެމްޕެއިންގައި "އިންޑިއާ އައުޓް" ޖެހި ޓީޝާޓުގައި، އެންމެ ކުރީގައި ހުންނެވީ ވެސް މިހާރުގެ ރައީސް މުޢިއްޒު އެވެ.

ވެރިކަމަށް ވަޑައިގެން ފަހުން ވެސް، އިންޑިއާ އަށް ފުރައްސާރަ ކުރުމަށް ބަދަލެއް އައި ތަނެއް ނުފެނުނެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ދެއްވި ބަޔާނުގައި ވެސް އިންޑިއާ އަށް ނިސްބަތްކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. އިންޑިއާ އަށް ބަހުގެ ހަމަލާއެއް ދެއްވުމުގެ ގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، "އަޅުގަނޑު މެންނަކީ ވަކި ޤައުމެއްގެ ބެކްޔާޑުގައި އޮތް ޤައުމެއް ނޫން" ކަމަށެވެ.

ރާއްޖެ އަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއާ ކަނޑަކީ ވަކި ޤައުމެއްގެ ވަކި ޤައުމެއްގެ މިލްކިއްޔާތުގައިވާ ތަނެއް ނޫން ކަމަށެވެ. އަދި އިންޑިއާ ކަނޑަކީ ރާއްޖޭގެ ހިއްސާ ވެސް ބޮޑު ތަނެއް ކަމަށް ވިދާޅުވި އެވެ. ތަން ކޮޅެއް އާދައިގެ ގޮތަކަށް ދަންނަވާނަމަ، އެ ދުވަހު ސިފަވީ އިންޑިއާގެ ކަނޑުގެ ނަން ވެސް ބަދަލު ކުރަން ރައީސް މުޢިއްޒު ބޭނުންވާ ހެންނެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ރާއްޖެ އިން އަމިއްލަ ފައި މައްޗަށް ތެދުވާނީ އެއްވެސް ޤައުމަކަށް ބާރޯސާވުމެއް ނެތި ކަމަށެވެ. ނިމުނު އެމްޑީޕީ ސަރުކާރުގައި އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީ ގައި އިށީންދެ ވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން ކަމަށް ވިދާޅުވެ ފުލުފުލުގައި ބަހުގެ ހަމަލާ ފޮނުވާާލީ އިންޑިއާ އަށެވެ. ރައީސް މުޢިއްޒު އަކީ އިންޑިއާއާ ދެކޮޅު ބޭފުޅެއް ކަމަށް އަބަދު ވެސް އެކި މީހުން ދަނީ ބުނަމުންނެވެ. އެމަނިކުފާނުގެ ޢަމަލުތަކާއި، ބަސް މަގު ވެސް ހުރީ އެ ބީދައިންނެވެ.

ދަންނަވަންތޯ އެވެ! އެއްވެސް ޤައުމެއްގެ ދަށު ވެގެން އަޅުގަނޑުމެންގެ ރާއްޖެ އޮންނާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ އެގޮތަކަށް ނޫނެވެ. ހުރިހާ ޤައުމަކާ އެކު ވެސް ގާތް ގުޅުން ބޭއްވޭ ހިސާބުގަ އެވެ. އެއްވެސް ޤައުމަކާ ޒާތީ ގޮތުން ޖައްސާލައިގެން، ނަފުރަތުކަމެއް ލައިގެނެއް ވެސް ނޫނެވެ. ހުރިހާ ޤައުމަކީ ވެސް އަޅުގަނޑުމެންގެ އެކުވެރީންނެވެ. އަޅުގަނޑުމެންނަށް އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އެންމެ ފުރަތަމަ އެހީގެ އަތް ދިއްކޮށްލަނީ ވެސް އެ ޤައުމުތަކުންނެވެ.

އެވަރުން ވެސް ނިމުނީ އެއް ނޫނެެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އައްޔަން ކޮށްފައި ތިބި ތިން ޑެޕިއުޓީ މިނިސްޓަރަކު ވެގެން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި އެ ޤައުމަށް ފުރައްސާރަކޮށް، ހުތުރު ބަހުން ވާހަކަ ދެއްކީ އެވެެ. މިއީ މީގެ ކުރީގެ ސަރުކާރުތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ފެނުނު މަންޒަރެއް ނޫނެވެ. ރައީސް މުޢިއްޒުއާ އަރިސް ޑެޕިއުޓީ މިނިސްޓަރުން ތަކެއްގެ އަމަލުގެ ސަބަބުން، ރާއްޖެ އަަށް އެކަމުގެ ގެއްލުން ދެއްކި އެވެ. ރާއްޖޭގެ އިޤްތިސާދަށް އެކަމުގެ އަސަރު ކޮށްފި އެވެ.

އަނެއްކޮޅުން ބައިނަލްއަޤުވާމީ މުޖުމަތަމުގައި ރާއްޖެ އަށް ލިިބިފައިވާ ރީތި ނަން ހުތުރުވެ، ރާއްޖެއާ މެދު މީހުން ދެކޭ ގޮތް ކޮންމެ ވެސް ވަރަކަށް ބަދަލު ވެސް ވެއްޖެ އެވެ. ރާއްޖެ މުޅި ދުނިޔެ އަށް ވެސް މަޝްހޫރުވެފައި އޮންނަނީ އިޙުތިރާމް ކުރާ ޤައުމެއްގެ ގޮތުގަ އެވެ. ނަމަވެސް އެކަމަށް ވެސް ހަޑި ނަމެއް ލިބި، އަޅުގަނޑުމެންގެ އަގު ބައިނަލްއަޤުވާމީ މުޖުމަތަމުގައި ވެއްޓިއްޖެ އެވެ.

ވެރިކަމުގެ ވަރަށް ކުރީ ކޮޅު އިންޑިއާ އަށް ފުރައްސާރަ ކުރީ އެވެ. އޭރު އަޅުގަނޑު ހީކޮށްގެން ހުރީ ދެން އެއްވެސް ކަމެއްގައި އިންޑިއާ ކައިރި އަށް ރާއްޖެ އިން ނުދާނެ ކަމަށެވެ. އެއްވެސް ކަމެއްގައި ނޭދޭނެ ކަމަށެވެ. އަނެއްހެން ދަންނަވާނަމަ، ހެނދުނު ހެނދުނާ ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފި އެވެ. ހަޑިހުތުރު ވާހަކަ ދައްކައި، އަގު ވައްޓަން މަސައްކަތް ކޮށްފި އެވެ.

އެހެން ނަމަވެސް، ކަންތައް ވެގެން ދިޔަ ގޮތް ނިކަން ދެކިބަލާށެވެ. އަޅުގަނޑުމެންގެ ބޭނުމެއް ޖެހުމުން، އިންޑިއާ ގާތް ކޮށްލި މިންވަރުންނެވެ. އެންމެ ފުރަތަމަ އެދުނީ އިންޑިއާ އަށް ދައްކަން ޖެހޭ ލޯނު 50 މިލިއަން ފަސްކޮށްދިނުމަށެވެ. އެކަމަށް އިންޑިއާ އިން އެއްބަސްވެ، ލޯނު ފަސްކޮށްދިނެވެ. ޖެހިގެން އައި ނޭވާގައި އެދުނީ އަނެއް 50 މިލިއަން ހިލޭ އެހީ އަށް ބަދަލު ކޮށްދިނުމަށެވެ.

ދާދި ފަހުން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ ބައްދަލު ކުރެއްވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމަށް، އިންޑިއާގެ ބޮޑުވަޒީރާ އެކު މަސައްކަތް ކުރައްވަން އުންމީދު ކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން މިހާރު ކުރިއަށް ދަނީ ފަހު މިސްރާބެއްގައި ކަމަށް ވެސް ވިދާޅުވި އެވެ. އެމަނިކުފާނު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުން އެކަން ފެނިގެން ދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މިހާރު މިއީ ހަވީރު ފިރުމުމެވެ. ހެނދުނު ކުރީ ފުރައްސާރަ އެވެ. އޭގެ ފަހުން ހަވީރު އެ ފެށީ ނިކަން ލޯބިން ފިރުމާށެވެ. މިއީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮންނަން ވާނެ ގޮތެއް ނޫނެވެ. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ވާން ޖެހޭނީ، ފެނ ހިފޭ، އެންމެން ބަލައި ގަންނަ ސިޔާސަތަކެވެ. ޗައިނާ އަށް ދާންވީމާ އެ ދުވަހު ޚާރިޖީ ސިޔާސަތު ބަދަލުވެފައި، މިއަދު އިންޑިއާ އަށް ދާން އެހެން ގޮތަކަަށް ބަދަލުވީމަ ދެކޮޅު ނުޖެހެ އެވެ.

ޕީޕީއެމް-ޕީއެންސީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުފޮރިން މިނިސްޓަރު މޫސާ ޒަމީރުމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު