Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މާލީ ހާލަތު

ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ސަރުކާރަށް - ކަންކަން ފޮރުވައިގެން ތިބެއްޖެ ނަމަ ރާއްޖެއަށް އޮތީ ބަނަ ދުވަސްތަކެއް!

7 ޖޫން 2024 | ހުކުރު 13:29

ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ތެދުބަހުން ވަރަށް ތިލަކޮށް މި ވާހަކަތައް ދެކެވެން ޖެހޭ ކަމަށް

ރާއްޖެ އެމްވީ | 7 ޖޫން 2024 | ހުކުރު 13:29
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އާއި މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އާއި މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ސަރުކާރުން އެބަ ފޮރުވައެވެ. އޭގެ ހަގީގަތް ބުނެދޭން އަބަ ފަސްޖެހެއެވެ. ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު ތަމްސީލު ކުރާ މެމްބަރު އަހްމަދު ނާޒިމް ހުސްވި ހަފްތާގައި މާލިއްޔާތު ކޮމިޓީގައި ދެއްކެވި ވާހަކައިން މިކަން ސާފުކޮށް ދޭހަވެއެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތާއި، އިގްތިސާދު ކުރިއަށްދާ މިސްރާބު ސާފުކޮށް ރައްޔިތުންނަށް އެނގެންޖެހެއެވެ. އެއީ ބޮޑު ސިއްރަކަށް ހަދައިގެން ސަރުކާރުގައި ތިބި މީހުން އުޅެންވީ ކަމެއް ނޫނެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި އަދި އޭގެ ކުރިން ބޭއްވި ރިޔާސީ އިންތިޚާބުގައި ތާއީދު ހޯދަން ޑރ. މުއިއްޒާއި އެމަނިކުފާނުގެ ޓީމުން ދެއްކި ވާހަކަ ތަކުގެ ހަގީގަތް ކިޔައިދޭންވީއެވެ. ވެރިކަން ލިބިއްޖެއެވެ. މަޖިލިސްވެސް ހިތަކަށް ލިބިއްޖެއެވެ. މަޖިލީހާއި ވެރިކަން އެވަރަށް ލިބުނީމާ ކޯޓުތައް ވެސް އަތައް ހެޔޮވަރު ކޮށްލެވޭ ވަރަށް ލިބުނީއެވެ. ބޭނުންހާ ކަމެއް ވެރިކަމުގެ އިސް ސަފުގައި ތިބި މީހުންނަށް ވީއިރު، ރައްޔިތުން މި ތިބީ ވާނުވާގައެވެ.

މިތިބީ ޑޮލަރު އެ ބުނާ ރޭޓަކަށް ހަމަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. 48 ގަޑީއިރު ތެރޭ ޑޮލަރުން މަސްވެރިނަށް ފައިސާ ދޭނެ އިރެއްގެ އިންތިޒާރުގައެވެ. ޑުބާއީ އާއި ބެންކޮކުން ބޭސްކޮށްލަން އާސަންދައިގެ ދަށުން ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރަށުގައި ފަށާފައި ހުރި ހުރިހާ މަޝްރޫއެއް ބަރާބަރަށް ހިނގައިގަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. މިފަދަ ކިތަންމެ އިންތިޒާރެކެވެ.

އިންތިޒާރުގައި ތިއްބަސް ކަންކަން ހިނގާނީ ފައިސާ ހުރެގެންނެވެ. ސަރުކާރުގައި ކަންކަން ހިންގަން ބޭނުންވާނެ ފައިސާ ހުރިހެނެއް ހިޔެއް ނުވެއެވެ. ވެރިކަމަށް އަންނަ އިރަށް ފައިސާދޭނެ ފަރާތްތައް ހުރީ ހަމަ ޖެހި ނިމިފައޭ ބުންޏަސް އެއީ ކަން ހިނގާނެ ގޮތެއް ނޫންކަން އޭރުވެސް ގަބޫލު ކުރާ މީހުން ތިބީ ގަބޫލު ކޮށްގެންނެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް މާލިއްޔަތު ކޮމިޓީގައި މި ވިދާޅުވަނީ، މާލީ ހާލަތު އޮތް ގޮތުގެ ވާހަކަ ދައްކަންވީ "މީޑިއާ އަށް ވެސް ހުޅުވާލައިގެންނެވެ. އެއްވެސް ކަމެއް ސިއްރު ކުރާނެ ކަމެއް ނެތެވެ."

ނާޒިމްގެ ވާހަކަ އަކީ "ރާއްޖޭގެ ރައްޔިތުންނަށް ތެދުބަހުން ވަރަށް ތިލަކޮށް މި ވާހަކަތައް ދެކެވެން ޖެހޭ ކަމަށެވެ."

ވާނޭ، ވާނޭ، ކިޔާ ދޮގު ހަދައިގެން ވަގުތު ނަގާލުމަށް ވުރެ މެމްބަރު ނާޒިމް ވިދާޅުވި ގޮތައް ރައްޔިތުންނަށް ވާނީ ކޮން ކަމެއް ކަމާއި ނުވާނީ ކޮން ކަމެއްކަން އެބަ އެނގެން ޖެހެއެވެ.

ނާޒިމްގެ ވާހަކައިން ދޭހަވީ، ހަމަ ހަގީގަތުގައިވެސް އިންތިޚާބުގެ ދުވަސްވަރު ދޮގު ހަދާ އޮޅުވާލަނީއެވެ.

މެމްބަރު ނާޒިމް ފާހަގަ ކުރެއްވީ އިންތިޚާބުގެ ފޯވަހި ނިމިއްޖެއެވެ. އެހެން ކަމުން މިހާރު މިއީ ކަންކަމުގެ ހަގީގަތާ ކުރިމަތިލާށޭ ރައްޔިތުންގެ ކައިރީގައި ބުނަންވީ ވަގުތެވެ. "ރިޔަލިޓީ އާ ކޮންފްރަންޓް ކުރަން ރައްޔިތުންނަށް ދަސްކޮށް ދޭންވީ" ވަގުތެވެ.

ހަގީގަތާ ޚިލާފު ވާހަކަތަކާ މަންޒަރު ދައްކައިގެން ބޮޑު ދެ އިންތިޚާބު ކާމިޔާބު ކޮށް ދެން ރައްޔިތުން ގާތުގައި ހަގީގަތް އޮތް ގޮތަކީ މިއީ ކަމަށް ބުނެލިޔަސް އެއީ ލައްކަ ބޮޑު ވަރެކެވެ. މި ވަރުވެސް ކޮށް ނުލާ ތިއްބާ ނާޒިމް ވިދާޅުވިހެން، "ކަންކަން ފޮރުވައިގެން ތިބެއްޖެ ނަމަ ރާއްޖެއަށް އޮތީ ބަނަ ދުވަސްތަކެއް" ކަމަށް ވެއްޖެ ނަމަ މާ ދެރަވާނެއެވެ.

ރާއްޖޭގެ މާލީ ހާލަތުމަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް
17 ފެބުރުއަރީ 2025

އާމްދަނީ ވަރަށް ބޮޑަށް ކަންބޮޑުވާ ވަރަށް ދަށަށް ހިނގައްޖެ، ދަށްވި ސަބަބުވެސް ބުނެ ނުދެވޭ: މަޖިލިހުގެ ނައިބު ރައީސް ނާޒިމް

17 ފެބުރުއަރީ 2025
އާމްދަނީ ވަރަށް ބޮޑަށް  ކަންބޮޑުވާ ވަރަށް ދަށަށް ހިނގައްޖެ، ދަށްވި ސަބަބުވެސް ބުނެ ނުދެވޭ: މަޖިލިހުގެ ނައިބު ރައީސް ނާޒިމް
17 ފެބުރުއަރީ 2025

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު
27 ޖެނުއަރީ 2025

މީޑިއާ ރެގިއުލޭޓްކުރުމަކީ މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް،މިނިވަންކަން ނިގުޅައިގަތުމެއް ނޫން: ނާޒިމް

27 ޖެނުއަރީ 2025
މީޑިއާ ރެގިއުލޭޓްކުރުމަކީ މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް،މިނިވަންކަން ނިގުޅައިގަތުމެއް ނޫން: ނާޒިމް
15 ޑިސެމްބަރު 2024

ނޮވެމްބަރުގެ ނިޔަލަށް 31.9 ބިލިޔަން ލިބުނު އިރު 43 ބިލިއަން ޚަރަދު ކޮށްފި

15 ޑިސެމްބަރު 2024
ނޮވެމްބަރުގެ ނިޔަލަށް 31.9 ބިލިޔަން ލިބުނު އިރު 43 ބިލިއަން ޚަރަދު ކޮށްފި
18 ނޮވެމްބަރު 2024

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
29 އޮކްޓޯބަރު 2024

އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް މުތުލަގަށް ލިބެން ޖެހޭ - ނާޒިމް

29 އޮކްޓޯބަރު 2024
އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް މުތުލަގަށް ލިބެން ޖެހޭ - ނާޒިމް
25 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ބަލަދު އަރާ ބޭފުޅެއް ނޫން، ކަންކަން ނުހިންގޭ ނަމަ އެއްކައިރިއަށް ޖެހިވަޑައިގަންނަވާ - އިކްރާމް

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ބަލަދު އަރާ ބޭފުޅެއް ނޫން، ކަންކަން ނުހިންގޭ ނަމަ އެއްކައިރިއަށް ޖެހިވަޑައިގަންނަވާ - އިކްރާމް
24 އޮކްޓޯބަރު 2024

މާލީ ހާލަތު ދަށް ކަމަށްބުނެ، ނިކަމެތި ކުރަނީ ރައްޔިތުން

24 އޮކްޓޯބަރު 2024
މާލީ ހާލަތު ދަށް ކަމަށްބުނެ، ނިކަމެތި ކުރަނީ ރައްޔިތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް