Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއާމްދަނީ ދަށްވުން

އާމްދަނީ ވަރަށް ބޮޑަށް ކަންބޮޑުވާ ވަރަށް ދަށަށް ހިނގައްޖެ، ދަށްވި ސަބަބުވެސް ބުނެ ނުދެވޭ: މަޖިލިހުގެ ނައިބު ރައީސް ނާޒިމް

17 ފެބުރުއަރީ 2025 | ހޯމަ 12:24

ދިވެހި ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔަކަން ފާހަގަ ކުރައްވަމުން ނާޒިމު ވިދާޅުވީ، އެކަން ސާފު ކޮށްދެވިފައި ނެތަސް ހިސާބުތަކުން ފެންނަ ގޮތުގައި ސިނގިރެޓުން ލިބޭނެ ކަމަށް އުއްމީދު ކުރި އާމްދަނީ ލިބެމުން ނުދާ ކަމަށާއި އެއީ ޑިއުޓީ ބޮޑު ކުރުމުގެ ކުރިން ގެނައި ސްޓޮކް ބޭނުން ކުރަމުންދާތީ ކަމުގައެވެ.

ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2025 | ހޯމަ 12:24

މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް

ދިވެހި ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔަ ސަބަބުވެސް އަދި ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށެވެ.

"ވަރަށް ކަންބޮޑުވާ ކަމެއް އަޅުގަނޑުމެންގެ އާމްދަނީ ވަރަށް ޝާޕް ކޮށް ފޯލް ވެއްޖެ,، އަދި ފޯލްވި ސަބަބެއް މީހަކަށް އެނގޭ ގޮތަކަށް އަދި ބުނެދެވިފައެއް ނެތް،" ނާޒިމް ވިދާޅުވިއެވެ.

ވެރިކަން ކުރާ ޕީއެންސީ ތަމްސީލު ކުރައްވާ މެމްބަރު ނާޒިމު ފާހަގަ ކުރެއްވި ގޮތުގައި އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔައީ، ޑިއުޓީ ކުޑަ ކުރުމުގެ ކުރިން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރުމާއެކު، އެ ސްޓޮކް ހުސް ނުވާތީ، ޑިއުޓީ ބޮޑު ކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑު ޖެހި، ސަރުކާރުން އުއްމީދު ކުރި އާމްދަނީ ސިނގިރޭޓުން ނުލިބޭތީ ކަމުގައެވެ.

"އެހެން ނަމަވެސް ހިސާބު އަކުރު އެނގޭތީ އެނގޭ މިހާރު މިވަނީ ކީއްކަން، އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ސިނގެރެޓުންކަން، ސިނގިރެޓު އެތެރެ ކުރުން މިހާރު އޮތީ މަޑު ޖެހިލާފަ ކަން، އޭރު ސިނގިރޭޓުގެ އަގު ވަރަށް ކުޑަކޮށް އޮތް އިރު ވަރަށް ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކޮށްފައި ޑިއުޓީ ދައްކާފައި ހުރީމަ، ސިނގިރޭޓުގެ ސްޓޮކް ހުސް ނުވާތީ، އަދި ސިނގިރެޓް އެތެރެ ނުކުރާތީ ސިނގިރެޓުން އެބައި ނުލިބެތީ، އާމްދަނީ ދައްވީކަން އަޅުގަނޑު މެންނަށް އެބަ އިނގޭ؛"

ނާޒިމް ފާހަގަ ކުރެއްވި ގޮތުގައި އިގްތިސާދު ރަނގަޅު ވަމުންދާތަނެއް ވެސް އަދި ޚަރަދު ކުޑަކުރެވޭތަނެއް ވެސް އަދި ނުފެންނަ ކަމުގައެވެ.

"އިގްތިސާދު ރަނގަޅު ވާތަނެއް އަދި ނުފެނެ، އަދި ޚަރަދުތައް ކުޑަކުރެވޭތީ އެއްވެސް ނުފެނެ،"

ނާޒިމް ވިދާޅުވީ، އާސަންދައިގެ ޚަރަދުތައް 3 ބިލިއަނަށް ވުރެ އިތުރުވެފައިވާ ކަމަށާއި، އެއީ ދިވެހި ދައުލަތައް މިދިޔަ އަހަރު ލިބުނު އާމްދަނީގެ 10 ޕަސެންޓާ ގާތްކުރާ އަދަދެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އާމްދަނީ އަށް ލިބުނީ 34 ބިލިއަން ރުފިޔާ ކަމަށެވެ.

"އާމްދަނީ މިގޮތައް އިތުރު ކުއަރޓާ އެއްގައި ފޯލް ވެއްޖެ ކަމަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު މައްސަލައެއް އެހެން ނުނީ ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނޯންނާނެ؛" ނާޒިމު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބޮޑު މުސާރަ ދީފައި ރިފޯމް ކޮމިޝަނަރެއް މިހާރު އެބަހުންނެވި ކަމަށާއި، ރިފޯމްތަކަށް ސުންގަޑި ކަނޑައެޅި އެކަން ތަންފީޒު ކުރަން އެބަ ޖެހޭ ކަމަށެވެ.

ނާޒިމް މި މޭރުމުން ވާހަކަ ދެއްކެވި އިރު ފާއިތުވި މަހު ދައުލަތައް ލިބުނު ޖުމްލަ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށާއި، ދައުލަތައް އާމްދަނީ ވަންނަ މައިގަނޑު ހުރިހާ ދާއިރާ އަކުން ކަހަލަ ގޮތައް އާމްދަނީ ދަށް ވެފައިވާ ކަން ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު މާލީ ހިސާބުތަކުން ހާމަ ވެއެވެ.

އޭގެ ތެރޭގައި ޓެކްސް އާމްދަނީ އާއި، ޓެކްސް ނޫން އާމްދަނީ އާއި، އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ އާއި އަމިއްލަ ފަރާތްތަކުން ދައްކާ އިންކަމް ޓެކްސް އާއި ވިޔަފާރި ފައިދާ އިން ދައްކާ ޓެކްސް އާއި، ޖީއެސްޓީ އާއި ޑިޕާޗާ ޓެކްސް އާއި އެއަރޕޯޓު ޑިވެލޮމްޕަންޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އާއި ފީ ތަކާއި ކުލިން ލިބޭ ވަނީ ދަށަށް ގޮސްފައެވެ.

މި އަހަރު ފެށިގެން ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 874 މިލިއަން ރުފިޔާ މަދުން ކަމަށް ފިނޭންސް އިން އާންމު ކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ހިސާބުތަކުން ވަނީ ހާމަވެފައެވެ.

ދައުލަތުގެ އާމްދަނީސިނގިރޭޓުގެ ޑިއުޓީއަހުމަދު ނާޒިމް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"
18 ނޮވެމްބަރު 2025

ބޮޑެތި މައްސަލަތައް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން ކޯޓުތަކަކު ނެތް: މެންބަރު ނާޒިމް

18 ނޮވެމްބަރު 2025
ބޮޑެތި މައްސަލަތައް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން ކޯޓުތަކަކު ނެތް: މެންބަރު ނާޒިމް
16 ނޮވެމްބަރު 2025

ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން

16 ނޮވެމްބަރު 2025
ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން
14 ނޮވެމްބަރު 2025

ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް

14 ނޮވެމްބަރު 2025
ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
27 އޮކްޓޯބަރު 2025

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް
17 އޮކްޓޯބަރު 2025

މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ވާހަކަ ނާޒިމް ދައްކަވާ އިރު، ނާޒިމްގެ ތާރީހާއި ފަތްފުށް އޮތީ ފެންނަން: ކުރީގެ ރައީސް ޔާމީން

17 އޮކްޓޯބަރު 2025
މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ވާހަކަ ނާޒިމް ދައްކަވާ އިރު، ނާޒިމްގެ ތާރީހާއި ފަތްފުށް އޮތީ ފެންނަން: ކުރީގެ ރައީސް ޔާމީން
16 އޮކްޓޯބަރު 2025

ހަމީދު ނާޒިމް އަށް: ސިޔާސީ ތުހުމަތުތައް ނުކޮށް، ހަގީގަތް ހާމަކޮށްދެއްވާ!

16 އޮކްޓޯބަރު 2025
ހަމީދު ނާޒިމް އަށް: ސިޔާސީ ތުހުމަތުތައް ނުކޮށް، ހަގީގަތް ހާމަކޮށްދެއްވާ!
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް