Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2024

ޔޫރޯއިން ޗެމްޕިއަން ޓީމަށް ލިބެނީ ކިހާވަރެއް؟

މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 8 މިލިއަން ޔޫރޯ

ރާއްޖެ އެމްވީ | 7 ޖޫން 2024 | ހުކުރު 06:49
ޔޫރޯ 2024ގެ ތަށި

ޔޫރޯ 2024ގެ ތަށި

ބޮޑު ފުޓްބޯޅަ މުބާރާތެއް ނިމޭއިރު މާލީ ގޮތުން ވިސްނާ މީހުންނާއި ފުޓްބޯޅަ ފެޑަރޭޝަންތަކުން ވިސްނާ އެއް ކަމެއް އޮވެ އެވެ. މުބާރާތުން ލިބޭނީ ކިހާ ފައިސާ އެއްތޯ ގުނާ ފެޑަރޭޝަންތަކާއި ކުޅުންތެރިން ވެސް މަދެއްނޫނެވެ.

އެއީ ޔޫއޭފާއިން ކުޅުންތެރިންގެ ނިސްބަތުން ކުލަބުތަކަށާއި ފެޑަރޭޝަންތަކަށް އިނާމެއްގެ ގޮތުންނާއި ތައްޔާރުވުމަށް ވެސް ފައިސާދޭތީ އެވެ.

މި ގޮތުން ޖަރުމަނުގައި އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިނާމް ފައިސާ ކަނޑައަޅާފައިވަނީ 2 ޑިސެމްބަރު 2023ގައި ބޭއްވި ޔޫއޭފާގެ އެގްޒެކެޓިވް ކޮމިޓީ އިންނެވެ. މި ފަހަރުގެ މުބާރާތުގައި އިނާމް ފައިސާގެ ގޮތުގައި ކަނޑައަޅާފައިވަނީ 33 މިލިއަން ޔޫރޯ އެވެ.

މީގެ ތެރެއިން ޗެމްޕިއަން ޓީމަށް ލިބޭނީ 8 މިލިއަން ޔޫރޯ އެވެ. ރަނަރަބް ޓީމަށް ފަސް މިލިއަން ޔޫރޯ އެވެ. މުބާރާތުގެ ސެމީ ފައިނަލް ކުޅޭ ކޮންމެ ޓީމަކަށް ހަތަރު މިލިއަން ޔޫރޯ ލިބޭނެ އެވެ. އަދި ކުއާޓާ ފައިނަލަށްދާ ކޮންމެ ޓީމަކަށް 2.5 މިލިއަން ޔޫރޯ ދޭން ވަނީ ހަމަޖައްސާފަ އެވެ.

ގްރޫޕް ސްޓޭޖަށް ފަހު ދެ ވަނަ ބުރަށް ދާ 16 ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ލިބޭނީ 1.5 މިލިއަން ޔޫރޯ އެވެ. ގްރޫޕް ސްޓޭޖުގައި ދޭނީ މެޗު ބޯނަސް އެވެ. މި ގޮތުން މޮޅުވާ ކޮންމެ މެޗަކަށް އެއް މިލިއަން ޔޫރޯ އަދި މެޗެއް ޑްރޯވެއްޖެނަމަ ކޮންމެ ޓީމަކަށް ފަސް ލައްކަ ޔޫރޯދޭނެ އެވެ. މީގެ އިތުރުން މުބާރާތަށް ތައްޔާރުވުމަށް ކޮންމެ ޓީމަށް ވެސް 9.25 މިލިއަން ޔޫރޯ ވަނީ ކަނޑައަޅާފަ އެވެ. މިހެން ހެދުމުން ޗެމްޕިއަންކަން ހޯދާ ޓީމަށް މެދުވެގެން 26 މިލިއަން ޔޫރޯ ހީދުމުގެ ފުރުސަތު އޮންނާނެ އެވެ.

ދެން އޮތީ ކުލަބުތަކުން އެންމެ ބޮޑަށް އެދެމުންދާ ކަންތަކެވެ. މުބާރާތުގައި އެ ކުލަބެއްގެ ކުޅުންތެރިން ކުޅޭ ނިސްބަތަށް ބަލައި ޔޫއޭފާއިން ޓީމުތަކަށް ފައިސާގެ އެހީއެއް ވެދެ އެވެ. މިކަން ނިންމާނީ މުބާރާތަށް ކުޅުންތެރިން ރަޖިސްޓަރީ ކުރުމުންނާއި މުބާރާތް ނިމޭއިރު ކުޅުންތެރިން ކުޅެފައިވާ ނިސްބަތެއްގެ މައްޗަށެވެ. މިއީ ގައުމީ ޓީމަށް ކުޅެނިކޮށް ކުޅުންތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށާއި ގައުމީ ޒިންމާ އަށް އިސްކަންދިނުމަށް ކުލަބުތަކަށް ބާރު އެޅުމުގެ ނިޔަތުގައި ދޭން ފަށާފައިވާ އެހީއެކެވެ.

ޔޫރޯ 2024 (ޖަރުމަނު)

އިތުރަށް ކިޔާލަން

08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު