Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުށުގެ ރެކޯޑު ސާފުކުރުން

ކުށުގެ ރެކޯޑު ސާފުކޮށް ދުވަހުން ދުވަހަށް ލިބޭނޭގޮތް ހަމަޖައްސައިފި

މެންދުރު 12ގެ ފަހުން ހުށަހަޅާ ފޯމުތައް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޖޫން 2024 | ބުރާސްފަތި 11:12
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކުށުގެ ރެކޯޑު ވަގުތުން ސާފުކުރެވޭނެ ގޮތް ވަނީ ހަދާފައި

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކުށުގެ ރެކޯޑު ވަގުތުން ސާފުކުރެވޭނެ ގޮތް ވަނީ ހަދާފައި

ކުށުގެ ރެކޯޑު ސާފުކޮށްދިނުން އިތުރަށް އަވަސްކޮށް، ހަލުއިކޮށް، ދުވަހުން ދުވަހަށް ލިބޭނޭގޮތް ހަމަޖައްސައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް، މީގެ ކުރިން ދޫކުރުމުން އައީ ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހުއެވެ. ނަމަވެސް، އެއޮފީހުގެ އަމާޒަކީ، އެއޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހައިވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުންކަމަށްވާތީ، ބުރާސްފަތި ދުވަހުން ފެށިގެން، ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، އެދުވަހުގެ މެންދުރު 1:30 ގައި ލިބޭގޮތަށް، ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

Advertisement - newsAdvertisement

އަދި އެދުވަހުގެ މެންދުރު 12ގެ ފަހުން ހުށަހަޅާ ފޯމުތައް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު، ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ޚިދުމަތް މިހާރުވެސް ދެއެވެ.

ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv އަށް، އީފާސް މެދުވެރިކޮށް ލޮގިން ކުރުމަށްފަހު، މެނޫއިން ކުށުގެ ރެކޯޑު ސާފުކުރުމުގައި ބައި ނަގައި، ފޮނުވައިފިނަމަ، ގިނަވެގެން، މަސައްކަތު އެއް ދުވަހުގެ ތެރޭގައި ރެކޯޑު ސާފުކުރުމަށްފަހު، އެ ޕޯޓަލުން ޖަވާބު ޑައުންލޯޑް ކުރެވޭ ގޮތަށް ހަމަޖައްސައިދެއެވެ. މިޚިދުމަތް، އީފާސް މޯބައިލް އެޕުންވެސް ލިބޭނެއެވެ.

ކުށުގެ ރެކޯޑު ސާފުކޮށްދޭނީ މަސައްކަތު އެއްދުވަހުގެ ތެރޭގައިކަމަށް އޮތްނަމަވެސް، ކުށުގެ ރެކޯޑެއް އޮވެގެން، ކޯޓުގައި މައްސަލަ އޮތް ޙާލަތު ބަލަންޖެހޭނަމަ، ނުވަތަ އެނޫންވެސް ފަންނީ ސަބަބެއް މެދުވެރިވެ، އިތުރަށް ބަލަންޖެހޭ ކަންކަން ހުރެއްޖެނަމަ، އެއް ދުވަހުގެ ތެރޭގައި ޖަވާބު ނުލިބިދާނެ ކަމަށް ޕީޖީއޮފީހުން ބުނެއެވެ.

ކުށުގެ ރެކޯޑަށް އެދޭ މީހަކީ ކުށުގެ ރެކޯޑެއް ނެތް މީހެއްނަމަ، އެމީހެއްގެ ރެކޯޑު ވަގުތުން ސާފުވާނެެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

27 މާރިޗު 2017
ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!

ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!

27 މާރިޗު 2017
ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ

ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ

26 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

03 މާރިޗު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު