Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ މެނިފެސްޓޯ

ވެރިކަމަށް ވަޑައިގެންނެވި މެނިފެސްޓޯގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު މިސަރުކާރަށް ނެތް: މަލީހު

9 އޯގަސްޓު 2017 | ބުދަ 14:53

މެނިސްފެސްޓޯ ތައްޔާރު ކުރުމާއި ޕްރޮމޯޓް ކުރަން އުޅުއްވި އެއްވެސް ބޭފުޅެއް މިސަރުކާރަކު މިހާރަކު ނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 އޯގަސްޓު 2017 | ބުދަ 14:53
ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު މަލީހު --

ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު މަލީހު --

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނާ ހިއްސާ ކުރި މެނިފެސްޓޯގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ރައީސް ޔާމިންގެ ސަރުކާރުގެ ފުރަތަމަ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކުރީގެ މެމްބަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މަލީހު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ތައްޔާރު ކުރި މެނިފެސްޓޯގެ ވާހަކަ ދެއްކޭނެ އެއްވެސް ބޭފުޅެއް މިވަގުތު މިސަރުކާރުގެ ތެރޭގައި ނެތް ކަމަށާއި ހުދު ރައީސް ޔާމީނަށް ވެސް އެ މެނިފެސްޓޯގައި ހުރި ގިނަ ކަންކަން އެނގި ނުލައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

"އެ މެނިފެސްޓޯތަކާއި އެއްޗެއްހި ލިޔުނީ އަޅުގަނޑުމެން. އެ ޕްރޮމޯޓްކޮށް، އޭގެ ވާހަކަ ދައްކާ އޭގައިހުރި މަފްހޫމްތައް ދިވެހި ރައްޔިތުންނަށް ވިއްކީ އަޅުގަނޑުމެން. އެ މެނިފެސްޓޯގެ ކަންކަމުގައި ޝާމިލުވިި އެއްވެސް ބޭފުޅެއް މިވަގުތު ސަރުކާރުގެ ތެރޭގައެއް ނެތް. ރައީސް މައުމޫން ވެސް އެ ހުންނެވީ ރައީސް ޔާމީންގެ މިސަރުކާރުން ކަންކަން ކުރަމުންދާ ގޮތާއިމެދު ހިތްހަމަ ޖެހިވަޑައި ނުގަތް މިސަރުކާރާއި ދެކޮޅަށް ނިކުމެ ވަޑައިގަންނަވާފަ،" މަލީހު ވިދާޅުވި އެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ މިސަރުކާރުން މެނިފެސްޓޯގައި ހުރި، ދައްކަން ބޭނުންވާ މަދު ވާހަކައެއް ދައްކަވާ ކަމަށާއި އޭގެ ތެރޭގައި ދަނޑުވެރިންނަށް ދޭން ބުނި 8،000ރ އާއި މަސްވެރިންނަށް ދޭން ބުނި 10،000ރ އާއި ސަބްސިޑީސްތަކާއި އާސަންދައިގެ ވާހަކަ ދައްކާއިރު، އެކަންކަން އޮތްގޮތް ރައްޔިތުންނަށް އެނގޭ ކަމަށެވެ.

މަލީހު ވިދާޅުވީ ދަނޑިވެރިންނަށާއި މަސްވެރިންނަށް ދޭންބުނި ފައިސާ ނުދެވޭއިރު، ސަބްސިޑީސްތައް ކަނޑައިލައިފައިވާ ކަމަށެވެ. އަދި މީގެއިތުރުން އާސަންދައިން ބޭސްފަރުވާ ކުރުމަކީ މިހާރު ދިވެހި ރައްޔިތުންނަށް ސިއްހީ ފަރުވާލިބުމަށް އޮތް ބޮޑު އުނދަގުލަކަށް ވެފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ ދިވެހި ރައްޔިތުން މިއިން ދުވަހަކު ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދަން ދާންނުޖެހޭ މިންވަރަށް މިހާރަކަށް އައިސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަން ޖެހިފައިވާ ކަމަށެވެ. ދިވެހި ރައްޔިތުން ބޭސް ފަރުވާއަށް ސަލާން ޖެހަންޖެހޭތަން މިހާރު ފެންނަމުންދާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް