Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެދަލެންޑްސް ޤައުމީ ޓީމު

ޔޫރޯގައި ކުޅެން ޑި ޔޯން ރިސްކެއް ނަގަނީ!

އޭނާ އަންނަނީ އިންޑިވިޖުއަލް ތަމުރީނުތަކެއް ހަދަމުން ކަމަށް ވެސް ޑި ޔޯން ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖޫން 2024 | އަންގާރަ 03:42
ނެދަލެންޑްސް ޤައުމީ ޓީމުގެ މިޑްފީލްޑަރު ޑި ޔޯން

ނެދަލެންޑްސް ޤައުމީ ޓީމުގެ މިޑްފީލްޑަރު ޑި ޔޯން

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅުމަށްޓަކައި، ރިސްކެއް ނަގާނެ ކަމަށް ފްރެންކީ ޑި ޔޯން ބުނެފި އެވެ.

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދެލެންޑްސްގެ މިޑްފީލްޑަރު، މިދިޔަ އޭޕްރީލް މަހުން ފެށިގެން އުޅެނީ ކަކުލުގެ އަނިޔާއެއްގަ އެވެ. އެހެން ނަމަވެސް ޔޫރޯ ފުޓުބޯޅަ މުބާރާތަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑޯ ކޫމަން އެކުވަލާލި، 26 ކުޅުންތެރިންގެ ސްކޮޑުގައި އޭނާ ވަނީ ހިމަނައިފަ އެވެ.

މި ސީޒަންގައި ޑި ޔޯން ބާސެލޯނާ އަށް ކުޅެދީފައި ވަނީ 30 މެޗެވެ. އޭގެ ތެރެއިން ސްޕެނިޝް ލީގުގައި އޭނާ ކުޅެފައި ވަނީ 20 މެޗެވެ. ޑި ޔޯން ވަނީ މި ސީޒަންގައި ބާސެލޯނާ އަށް ދެ ލަނޑެއް ޖަހައިދީފަ އެވެ. ކެނެޑާ އާއި އައިސްލޭންޑާ ދެކޮޅަށް ނެދަލެންޑްްސް އިން ކުޅޭ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުތަކުގެ ކުރިން ޓީމުގެ ކުޅުންތެރިންނާ ގުޅުނު ނަމަވެސް، މިހާތަނަށް ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވެފައި ނުވެ އެވެ.

ޑި ޔޯން ކުރިއަށް ގެންދަނީ އިންޑިވިޖުއަލް ސެޝަން ތަކެކެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، މިހާތަނަށް އައިއިރު އޭނާ މުޅިން ފިޓު ނޫން ކަމަށާއި، އެހެންކަމުން ކަންކަން ކުރިއަށް ދަނީ ރަނގަޅަށޭ ބުނެވެން ނެތް ކަމަށެވެ. މިވަގުތަށް ކަކޫ ރަނގަޅުކަން ފާހަގަ ކުރަމުން ޑި ޔޯން ބުނީ، އެއީ ދާއިމީ ޙައްލަކަށް ނުވާތީ ރަނގަޅަށް ރިކަވާ ވާން ޖެހޭ ކަމަށެވެ.

މިވަގުތު ޓީމާއެކު އެއްވެސް ފަރިތަކުރުންތަކެއް ކުރިއަށް ނުގެންދާ ކަމުގައި ޑި ޔޯން ބުންޏެވެ. އޭގެ ބަދަލުގައި އޭނާ އަންނަނީ އިންޑިވިޖުއަލް ތަމުރީނުތަކެއް ހަދަމުން ކަމަށް ވެސް ޑި ޔޯން ވަނީ ބުނެފަ އެވެ. ޑި ޔޯން ފާހަގަ ކުރި ގޮތުގައި އޭނާ އަށް ޖެހޭނީ ކަކުލުގެ ރިކަވާގެ ކަންކަން ކުރިއަށްދާ ގޮތް ބަލައި، އިންތިޒާރެއް ކުރުމަށެވެ. އަދި ޓީމާ ގުޅެވޭނީ ކޮން ހިސާބެއްގައިތޯ ބަލަން ޖެހޭ ކަމަށް ވެސް ޑި ޔޯން ބުންޏެވެ.

އިތުރަށް ޑި ޔޯން ބުނީ ޔޫރޯގައި އަމިއްލަ ޤައުމަކަށްޓަކައި ރިސްކު ނަގަން ވެސް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. ސަބަބަކީ ޤައުމީ ޓީމަށް ނުވަތަ ޤައުމަށް ކަމެއް ކޮށްދެވޭ ކޮންމެ ފަހަރަކު، އޭނާ އަށް އިތުރު ފަޚުރުވެރިކަމަކާއި، ހިތްހަމަ ޖެހުމެއް ލިބޭތީ ކަަމަށް ވެސް ޑި ޔޯން ވަނީ ބުނެފަ އެވެ.

ނެދަލެންޑްސްގެ ޤައުމީ ޓީމުން ޑި ޔޯން އަށް ޖާގަ ލިބުނީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް މިހާތަނަށް ކުޅެދިން 54 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ނެދަލެންޑްސް އާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން

18 އެޕްރީލު 2017
ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން
11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު