Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ކުޑައިރު ކުޅުނީ "އަލީ ބުނީ"، ބޮޑުވީމަ ކުޅެން މި ޖެހެނީ "ރައީސް ވިދާޅުވީ!"

މުދައްރިސް ވަޑައިގެން ކުޅެން ބޭނުން ވަނީ ކޮން ކުޅިވަރެއްތޯ އެހުމުން، ގިނަ ދަރިވަރުން ބުނަނީ ވެސް "އަލީ ބުނީ" ކުޅެން ބޭނުންވާ ވާހަކަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޖޫން 2024 | އާދީއްތަ 10:10
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ނާސަރީ ދުވަސް ވަރުން ފެށިގެން، މަދަރުސީ ދައުރުގައި އެންމެ ފޯރީ ގައި ކުޅެ އުޅުނު އެއް ކުޅިވަރަކީ، "އަލީ ބުނީ" އެވެ. ތަަންކޮޅެއް އާދައިގެ ނަމެއް މި ކުޅިވަރަށް ދީފައި އޮތް ކަމަށް ވިޔަސް، ޙަގީގަތުގައި މިއީ ވަރަށް މަޖާ، އަދި އޭރު އަޅުގަނޑުމެން އެންމެ ކުޅެން ބޭނުންވި ވެސް ކުޅިވަރެވެ. ކުޅޭ ގަޑި ޖެހުމުން، މުދައްރިސް ވަޑައިގެން ކުޅެން ބޭނުން ވަނީ ކޮން ކުޅިވަރެއްތޯ އެހުމުން، ގިނަ ދަރިވަރުން ބުނަނީ ވެސް "އަލީ ބުނީ" ކުޅެން ބޭނުންވާ ވާހަކަ އެވެ.

މި ކުޅިވަރުގައި ކުރާ ކޮންމެ ކަމެއް ކުރަން ޖެހޭނީ އަލީ ބުނީމަ އެވެ. އަލީ ބުނީމަ، ދުއްވައި ގަންނާނީ އެވެ. އަލީ ބުނީމަ، ހުރި ތާކު ހުރި ގޮތަކަށް ހުއްޓެންވީ އެވެ. އަނެއްކާ ވެސް އަލީ ބުނީމަ، ދުއްވައި ގަންނަންވީ އެވެ. އަލީ ބުނީމަ، އިށީންނަންވީ އެވެ. ނުވަތަ އޮށޯންނަންވީ އެވެ. އަލީ ބުނީމަ، ބަސް އަހަންވީ އެވެ. އަލީ ބުނީމަ، ލޯ މަރަންވީ އެވެ. ލޯ މަރާގޮތަށް، ދެން އެ ލޯ ހުޅުވާލާނީ ވެސް އަލީ ބުނި އިރަކުންނެވެ. ލޯ މަރައިގެން އިނދެ، ޖެހިގެން އިން ކުއްޖާގެ ގައިގަ ކޮއްޓާލަން އަލީ ބުނެފިތަ، އެކަން ވެސް ކުރާނެ އެވެ.

މަދަރުސާގެ އިންޓަވަލް ގަޑި ޖެހުމުން، އިންޓަވަލް ދަބަހުން ސާމާނު ނަގާނީ ވެސް އަލީ ބުނީމަ އެވެ. ހުރިހާ ކުދިން ވެސް އިންޓަވަލް އަށް ގެނައި ސާމާނު މޭޒު މައްޗަށް ނަގައި، ތައްޔާރުވުމުން މުދައްރިސް ވިދާޅުވާނެ އެވެ. އަލީ ބުނީ.....! ހުރިހާ ކުދިން އެ އަޑަކުން ބުނާނެ އެވެ. "އަލީ ބުނީ ބިސްމި ކިޔާށޭ!" އެއަށްފަހު ބިސްމި ކިޔައިގެން ކާން ފަށާނެ އެވެ. އަލީ ބުނާ ގަޑި އަށް ކައި ނިންމާނެ އެވެ.

އޭގެ ފަހުން މަތީ ސާނަވީ ތަޢުލީމު ނިންމައި، އުމުރުން 22 ނުވަތަ 23 އަހަރުވެ، މީހަކާ އިންނަ ހިސާބަށް ދިޔަ އިރު ވެސް، މި ޖެހެނީ ހަމަ "އަލީ ބުނީ" ކަހަލަ ކުޅިވަރެއް ކުޅެލަ ކުޅެލައި ތިބޭށެވެ. ކުޑަ ތަފާތެއް ހުރެ އެވެ. އެއީ، އުމުރުން މިހާ ހިސާބަށް އައިއިރު، މި ކުޅިވަރު ތަރައްޤީވެ، ކުރިއެރުންތަކެއް ހޯދައިފި އެވެ. މިހާރު މި ކުޅިވަރުގައި އަލީ ބުނަނީ އެއް ނޫނެވެ. މިހާރު "ރައީސް ވިދާޅުވަނީ" އެވެ. ޒަމާނަށް އައި ބަދަލާއެކު، ކުޅިވަރަށް ވެސް ތަރައްޤީ އަތުވެއްޖެ އެވެ.

ޒަމާނީ ޑިމޮކްރަސީ އާއި ކުރިއެރުންތަކާއި، އެންމެ ފަހުގެ ގޮތްތައް އަޅުގަނޑުމެން ހޯދީ މި ޒާތުގެ ކުޅިވަރު ކުޅޭކަން ނޫނެވެ. ހުރިހާ އަސާސެއްގެ މަތީގައި ފުރިހަމަ ވެފައި އޮތް މި ޤައުމުގައި، މިއީ އަޅުގަނޑުމެން މިކަހަލަ ކުޅިވަރު ކުޅެގެން ކަންކަން ކުރަން ޖެހޭ ޒަމާނެއް ނޫނެވެ. އަޅުގަނޑުމެން ހޯދި ހޯދުންތަކާއި، ޤަބޫލު ކުރި ޤަބޫލު ކުރުންތަކަކީ، މި ޒާތުގެ ކުޅިވަރު ކުޅެގެން ހޯދަން ބޭނުންވި ކަންކަމެއް ވެސް ނޫނެވެ.

އެހެން ވިޔަސް، މިއަދު އަޅުގަނޑުމެން ކުޅެން ޖެހިފައި ވަނީ "އަލީ ބުނީ"ގެ ޒަމާނީ ކުޅިވަރު ކަމަށްވާ، "ރައީސް ވިދާޅުވީ" އެވެ. މިއަދު އަޅުގަނޑުމެންގެ ސައިކަލުތަކާއި، ކާރުތަކަށް އަޅަން ބޭނުންވާ ތެޔޮ ފޮދު ވެސް އަގު ހެޔޮ ވަނީ، "ރައީސް ވިދާޅުވީ" މައެވެ. ސްކޫލް ދަރިވަރުންނަށް ބޭނުންވާ ފޮތް ކޮޅު ވެސް ލިބެން އޮތީ "ރައީސް ވިދާޅުވީ" މައެވެ. ދިިރިއުޅުމުގައި ބޭނުން ކުރާ ކާޑުގެ ބާވަތްތައް ރަށްރަށް ލިބުން ދަތިވެ، އެކަން ވެސް ދެން ވާން އޮތީ "ރައީސް ވިދާޅުވީ" މައެވެ.

މިއަދު ގިނަ ރައްޔިތުންގެ ޝަކުވާ އަކަށް ވެފައި މި ވަނީ، ކަރަންޓު ބިލު ބޮޑުވާ މައްސަލަ އެވެ. އެއް މަހުން އަނެއް މަހަށް ކަރަަންޓު ބިލު ބޮޑުވެ، ރައްޔިތުން ތިބީ "ރަތަށް" އަރައިފަ އެވެ. ކަރަންޓު ބިލު އަތަށް ލިބުމުން، "މި މަހު ހާދަ ބޮޑުވެއްޖެޔޭ!"، "މިއީ ހަމަ އަސްލު އަރާ ވަރުތަ؟"، "ބޭނުން ކުރާ އެއްޗެއް އިތުރެއް ނުވޭ، ކަރަންޓު ބޭނުން ކުރި މިންވަރު މަދު ވިޔަސް، ބިލުގައި އޮންނަ އަދަދު ބަދަލެއް ނުވި!"، މިއީ ހަމަ ކޮންމެ ރައްޔިތެއްގެ ހިތަށް ވެސް އަރާނެ ޝުޢޫރުތަކެކެވެ. އެ ވާހަކަ އަޑު ހަރުކޮށް ނުދައްކައި މަޑުމަޑުން ތިއްބަސް، ހިތާއި ހިތުން ޝަކުވާ ނުކުރާ މީހަކު މަދުވާނެ އެވެ.

ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުން އިންތިހާ އަށް އިވެން ފެށުމުން، ދެން ވާނީ "އަލީ ބުނީ" ގައިވާ ގޮތަށެވެ. ކުއްލި އަކަށް ސަރުކާރު އަދި އެކަމާ ގުޅުން ހުރި ކުންފުނިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ބުނާނީ، ބޮޑުވި ބިލުން ރައްޔިތުންނަށް ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށާއި، އެއީ "ރައީސް ވިދާޅުވީ" މަ ނިންމެވި ނިންމުމެއް ކަމަަށެވެ. ރައްޔިތުންގެ އަސާސީ ޚިދުމަތުން ވެސް ކަންކަން ކުރެވެނީ، "އަލީ ބުނީ" ގައި ވާގޮތަށް، "ރައީސް ވިދާޅުވީ" މަ ކަމަށް ވަންޏާ، ދެން ދައްކާނެ ވާހަކައެއް ނެތެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްކާސް 2018: އެންމެ ގިނަ އެވޯޑް ލިބުނީ ދަ ޝޭޕް އޮފް ވޯޓަރއަށް

އޮސްކާސް 2018: އެންމެ ގިނަ އެވޯޑް ލިބުނީ ދަ ޝޭޕް އޮފް ވޯޓަރއަށް

05 މާރިޗު 2018
ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018
މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

08 ޖެނުއަރީ 2018
ޒީ ސިނެ އެވޯޑްސް: ގިނަ އެވޯޑްތަކެއް ލިބުނީ ޓޮއިލެޓް އޭކް ޕްރޭމް ކަތާއަށް

ޒީ ސިނެ އެވޯޑްސް: ގިނަ އެވޯޑްތަކެއް ލިބުނީ ޓޮއިލެޓް އޭކް ޕްރޭމް ކަތާއަށް

25 ޑިސެމްބަރު 2017
ރަންފޮށި ލިބުނީ ކާކަށް؟

ރަންފޮށި ލިބުނީ ކާކަށް؟

09 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު