Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ކިމިކް ބުނަނީ އެއްބަސްވުން އައު ކުރުމަކީ އޭނާގެ އަތް މަތީ އޮތް ކަމެއް ނޫން ކަމަށް

ކިމިކް ބުނީ، މުސްތަޤުބަލާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށް ދިޔަ ކަމަށް ވިޔަސް، އޭނާ އަބަދު ވެސް އެންމެ އިސްކަމެއް ދޭނީ ބަޔާނަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2024 | އާދީއްތަ 02:33
ބަޔާނަށް ކުޅެމުން އަންނަ ޔޯޝުއާ ކިމިކް

ބަޔާނަށް ކުޅެމުން އަންނަ ޔޯޝުއާ ކިމިކް

ބަޔާން މިއުނިކާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމަކީ އޭނާގެ އަތް މަތީގައި އޮތް ކަމެއް ނޫން ކަމަށް، އެ ކުލަބަށް ކުޅެމުން އަންނަ ޖަރުމަނުގެ ޔޯޝުއާ ކިމިކް ބުނެފި އެވެ.

ކިމިކް މިހެން ބުނީ، އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން އެކި ކަހަލަ ވާހަކަތަކެއް ފެތުރެމުން ދަނިކޮށެވެ. އެގޮތުން ކިމިކް ބަޔާން ދޫކޮށްލުމަކީ ގާތް ކަމެއް ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެއީ ދާދި ފަހުން ސްޕެއިންގެ ބާސެލޯނާއާ ހަވާލުވި ބަޔާންގެ ކުރީގެ ކޯޗު ހަންސީ ފްލިކް، ކިމިކް ބާސެލޯނާ އަށް ގެންދަން ބޭނުންވާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އާރްބީ ލައިޕްޒިގް ގައި ހުރުމަށްފަހު 2015 ވަަނަ އަހަރު ބަޔާނަށް ބަދަލުވި ކިމިކް، އެންމެ ފަހުން އެކުލަބާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ކިމިކްގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، މިހާތަނަށް އޭނާގެ އެއްބަސްވުމާ ގުޅޭ ގޮތުން ބަޔާނުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކިމިކް ބުނީ، ބަޔާންގައި އޭނާގެ ކުރިމަގު ބުނާވެފައި އޮތީ އޭނާގެ އަތް މަތީގައި ނޫން ކަމަށެވެ. އަދި ބަޔާނުން ބޭނުން ވަނީ ކޮން ގޮތެއްތޯ ވެސް ބަލަން ޖެހޭނެ ކަމަށާއި، ކުލަބުން ބޭނުންވާ ގޮތް ތަފާތުވުން އެކަށީގެންވާ ކަމަށް ވެސް ކިމިކް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކިމިކް ބުނީ، މުސްތަޤުބަލާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށް ދިޔަ ކަމަށް ވިޔަސް، އޭނާ އަބަދު ވެސް އެންމެ އިސްކަމެއް ދޭނީ ބަޔާނަށް ކަމަށެވެ. ބަޔާންގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްކަން ފާހަގަކޮށް ކިމިކް ބުނީ، މުސްތަޤުބަލާ މެދު ގޮތެއް ނިންމާނީ ގިނަ ވާހަކަތަކާއި، މަޝްވަރާތަކަށްފަހު ކަމަށެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ވަނީ މިހާތަނަށް ބަޔާންގައި ހޭދަކުރި ނުވަ ސީޒަންގެ ތެރޭގައި، އެ ކުލަބަށް 390 މެޗު ކުޅެދީ 22 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 19 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު، ޖަރުމަނު ކަޕް، ޖަރުމަނު ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.

އިތުރަށް ކިޔާލަން

06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
23 މެއި 2017

ވަޒަނަށް ނިތްކުރި ދިއްކުރުމަކީ މޮޅު މީހަކު ކުރާނެ ކަމެއް ނޫން: ނަޒީހު

23 މެއި 2017
ވަޒަނަށް ނިތްކުރި ދިއްކުރުމަކީ މޮޅު މީހަކު ކުރާނެ ކަމެއް ނޫން: ނަޒީހު
15 މެއި 2017

ސުޒޭނާއެކު މަސައްކަތް ކުރުމަކީ ފަސޭހަކަމެއް: ސަމްޕަތު

15 މެއި 2017
ސުޒޭނާއެކު މަސައްކަތް ކުރުމަކީ ފަސޭހަކަމެއް: ސަމްޕަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު