ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 11:52
އެމެރިކާގެ ރައީސް ޖޯ ބައިޑްން
އެމެރިކާގެ ރައީސް ޖޯ ބައިޑްން
އޭބީސީ ނިއުސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ހާމަ ކުރެއްވި ޕްލޭން ގައި ވަނީ ކޮންކަމެއް؟
ބައިޑްން ވިދާޅުވީ މި ޕްލޭންގެ ދަށުން ހަނގުރާމަ މުޅިން ނިމުމަކަށް ގެނެވޭނެ ކަމަށް
ގާޒާގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކުން އިޒްރޭލް ސިފައިން މުޅިން ފައިބާ، އަދި ދެފަރާތުން ހައްޔަރު ކޮށްފައި ތިބި އެންމެން ދޫކޮށްލާނެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުކުރު ދުވަހު ވައިޓް ހައުސް ގައި ފަލަސްތީނުގެ ގާޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން ހުށަހަޅާ ގޮތުގެ މަގުޗާޓެއްގެ ތަފްސީލް ހާމަ ކުރައްވައިފިއެވެ.

ބައިޑްން ވިދާޅުވީ މި ޕްލޭން ކުރިއަށް ދާނީ 3 ސްޓޭޖަކަށް ބަހާލެވިގެން ކަމަށެވެ.

ބައިޑްން ވިދާޅުވީ މި ޕްލޭންގެ ދަށުން ހަނގުރާމަ މުޅިން ނިމުމަކަށް ގެނެވޭނެއެވެ. ގާޒާގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކުން އިޒްރޭލް ސިފައިން މުޅިން ފައިބާނެ އެވެ. އަދި ދެފަރާތުން ހައްޔަރު ކޮށްފައި ތިބި އެންމެން ދޫކޮށްލާނެ އެވެ. މީގެ އިތުރުން ގާޒާ އަލުން އާރާސްތު ކުރުންވެސް މި ޕްލޭންގައި ހިމެނޭ ކަމަށް ބައިޑްން ވިދާޅުވިއެވެ.

ބައިޑްން ވަނީ މި ހުށަހެޅުން ގަބޫލު ކުރުމަށް ހަމާސްގެ ކިބައިން އެދިވަޑައިގަތްފައެވެ.

ބައިޑްން ވިދާޅުވީ، މިއީ ހަނގުރާމަ ނިމުމަކަށް އަންނަންވީ ވަގުތު ކަމަށާއި ސުލްހައަށް ޓަކައި މިފުރުސަތު ގެއްލުވާލައިގެން ނުވާނެ ކަމަށެވެ.

ހަމަ އެއާއެކު ޕްލޭންގައިވާ ބައެއް ކަންކަމަށް އިޒްރޭލުގެ ބައެއް ފަރާތްތަކުން ދެކޮޅު ހަދާނެކަން އެނގި ވަޑައިގަންނަވާ ކަމަށްވެސް ބައިޑްންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ބައިޑްންގެ ވާހަކަފުޅާ ގުޅިގެން ހަމާސް އިން ބަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ޖަމާއަތުން ބައިޑްންގެ ވާހަކަފުޅު "ޕޮސިޓިވް" ކޮށް ދެކޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
100%
0%
ކޮމެންޓް