Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސްތީނުގެ ހައްގުގައި އަޑު އުފުލުން

ފަލަސްތީނުގެ މައްސަލައަކީ މުސްލިމުންގެ އަގީދާ އާއި ގުޅިފައިވާ ކަމެއް، އެއީ ވަކި ކުރެވޭނެ ކަމެއް ނޫން - އަޙްމަދު ޒާހިރު ޢަލީ

31 މެއި 2024 | ހުކުރު 14:45

އިސްރާ އެސޯސިއޭޝަންގެ އިސްނެގުމުގެ ދަށުން މި އެއްވުން ބާއްވާފައިވަނީ ހުކުރު އާޓިފިޝަލް ބީޗް ސަރަހައްދުގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 މެއި 2024 | ހުކުރު 14:45
ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅު ހެދުމަށް ގޮވާލާ ބޭއްވި ޑު އެއްވުމުގެ ތެރެއިން

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅު ހެދުމަށް ގޮވާލާ ބޭއްވި ޑު އެއްވުމުގެ ތެރެއިން

ފަލަސްތީނުގެ މައްސަލައަކީ މުސްލިމުންގެ އަގީދާ އާއި ގުޅިފައިވާ ކަމެއް ކަމަށާއި އެއީ ވަކި ކުރެވޭނެ ކަމެއް ނޫން ކަަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ފަލަސްތީނަށް ނިރުބަވެރި އިސްރާއިލުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ މަނިކުފާނު ވިދާޅުވީ އެ އެއްވުމަށް ދިވެހިން ގޮސްފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ ވޭނާއި އަނިޔާ އިހުސާސްކުރާ ހާލުގައި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެއީ މުސްލިމުންގެ ލެޔާއި ގުޅިފައިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ފަލަސްތީނުގެ މައްސަލަ ވަނީ ދިވެހިންގެ ހިތާއި ގުޅި ލާމެހިފައި ކަމަށާއި އެއީ ދިވެހިންގެ ހިތުން ވަކި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މިއީ ހަމައެކަނި މުސްލިމުންނާއި ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ނޫން ކަަމަށާއި ޔަހޫދީން ހިންގާ މި ހަނގުރާމައަކީ މުޅި އިންސާނިއްޔަތާއި ދެކޮޅަށް ކުރާ ހަނގުރާމަ އެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިއީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ އަނިޔާވެރި ޖަރީމާއެއްގެ ގޮތުގައި އަހުމަދު ޒާހިރު ވަނީ ސިފަކުރައްވާފައެވެ. ގާޒާގެ 80 % ގެތަށް ވަނީ ސުންނާފަތިކޮށްފައި ކަމަށާއި އެ ތަނުގައި ތިބި އާއްމުންނަށް ކާން ވެސް ލިބެނީ އެއް ފަހަރު ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ހުރިހާ ކަމެއް ހިނގަނީ މަސްޖިދުލް އަޤްސާ ހިމާޔަތްކުރަން ފަލަސްތީނު އާއްމުން ތިބުމުން ކަމަށާއި އެހެންކަމުން އެ މީހުންގެ ހައްގުގައި ކުރެވުނީ ކީއްތޯ ސުވާލުކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ޔަހޫދީންނަށް ނޫނެކޭ ބުނެ އެ މީހުންނަށް ނަފްރަތު ކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިސްރާ އެސޯސިއޭޝަންގެ އިސްނެގުމުގެ ދަށުން މި އެއްވުން ބާއްވާފައިވަނީ ހުކުރު އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މިއެއްވުމުގެ ބައިވެރިންވަނީ ފަލަސްތީނަށް ހަމަލާދެމުން ގެންދާ ސަބަބުތަކާ ތާރީހާ ގުޅޭ ގިނަ ވާހަކަތައް ދައްކާފައެވެ. އެއީ މުސްލިމުންގެ ވަރަށް މުގައްދަސް ބިމެއްކަން ފާހަގަކޮށްފައިވެއެވެ. މިހާރު ވެސް ދިވެހިން ފަލަސްތީނަށް ވަމުން ގެންދާ އެހީތެރިކަން ފާހަގަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން އިސްރާއީލްގެ އުފެއްދުންތައް ބައިކޮޓްކޮށް، އިސްރާއީލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ވަނީ ގޮވާލާފައެވެ. ހުކުރު ދުވަހުގެ ހަވީރު 4:00ން އިރުއޮއްސި 6:00ށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ސިލްސިލާ އެއްވުންތަކާ ހިނގާލުންތައް ކުރިއަށް ގެންދާނެ ކަމަށް އިސްރާ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް