Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ

ޔޫކްރެއިނުން ރަޝިއާ އަށް ހަމަލާ ދިނުމަށް ހުޅަނގުގެ ހަތިޔާރު ބޭނުން ކުރުމާ މެދު ނޭޓޯގެ ގައުމުތަކުން މަޝްވަރާ ކުރަނީ

މި ބައްދަލުވުމުގައި ހުޅަނގުން ފޯރުކޮށްދޭ ދުރު ރާސްތާ މިސައިލް ރަޝިއާ އަށް ހަމަލާ ދިނުމަށް ބޭނުން ކުރަން ކިއެވް އަށް ހުއްދަ ދިނުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ

ރާއްޖެ އެމްވީ | 30 މެއި 2024 | ބުރާސްފަތި 17:23
ޔޫކްރެއިންގެ ރައީސް ވުލެޑެމިއަރ ޒެލެންސްކީ އާއި ނޭޓޯގެ ސެކެރެޓަރީ ޖެނެރަލް

ޔޫކްރެއިންގެ ރައީސް ވުލެޑެމިއަރ ޒެލެންސްކީ އާއި ނޭޓޯގެ ސެކެރެޓަރީ ޖެނެރަލް

ހުޅަނގުގެ ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނުން ރަޝިއާ އަށް ހަމަލާ ދިނުމަށް އާނބަސް ބުނުމާ މެދު ނޭޓޯގެ ގައުމުތަކުން މަޝްވަރާ ކުރުމަށް ނޭޓޯގެ ޚާރިޖީ ވަޒީރުން ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ބުރާސްފަތި ދުވަހު ބައްދަލު ކުރައްވައިފިއެވެ.

ނޭޓޯގެ ޚާރިޖީ ވަޒީރުންގެ 2 ދުވަހުގެ މި ބައްދަލުވުމުގައި ހުޅަނގުން ފޯރުކޮށްދޭ ދުރު ރާސްތާ މިސައިލް ރަޝިއާ އަށް ހަމަލާ ދިނުމަށް ބޭނުން ކުރަން ކިއެވް އަށް ހުއްދަ ދިނުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ.

މި ބައްދަލުވުން މި ބޭއްވެނީ ޔޫކްރެއިން އަށް އަރާ ތިބި ރަޝިއާ ސިފައިން ހޯދަމުންދާ ކުރިއެރުންތައް ހިފެހެއްޓުމަށް ކިއެވް އަށް ރަޝިއާ އަށް ހަމަލާ ދިނުމަށް ހުރި ހުރަސްތައް ނައްތާލަން ޖެހޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ހުޅަނގުގެ ގައުމުތަކުން ޚާއްސަ ކޮށް އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައި ދުރު ރާސްތާ މިސައިލް ބޭނުން ކޮށްގެން ރަޝިއާ އަށް ހަމަލާ ދިނުމުގެ ހުއްދަ ދިނުމަށް ތަކުރާރުކޮށް ޔޫކްރެއިން އިން އެ ގައުމުތަކުގެ ކިބައިން އެދެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

އެހެން ނަމަވެސް ރަޝިއާ އިން މިކަމުގެ ބަދަލު ހިފާނެ ގޮތަކާމެދު އުފެދޭ ސުވާލު ތަކުގެ ސަބަބުން ހުޅަނގަށް މިކަމުގައި އެއް ގަލަކަށް އެރޭ ގޮތް މިހާތަނަށް އޮތީ ނުވެފައެވެ. ޔޫކްރެއިންގެ ބޯޑަރު ހުރަސްކޮށް ރަޝިއާ އަށް ހަމަލާ ދިނުމަށް އެމެރިކާ އާއި ޖަރުމަން ވިލާތުން މިހާތަނަށް ވަނީ ދެކޮޅު ހަދާފައެވެ.

އެހެން ނަމަވެސް ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބާރގް އަންނަނީ މެމްބަރު ގައުމުތަކުގެ ވިސްނުން ބަދަލު ކޮށް މިކަމުގެ ހުއްދަ ޔޫކްރެއިން އަށް ދިނުމަށް ތަކުރާރުކޮށް އެދެމުންނެވެ. އޭނާގެ ނަޒަރުގައި ޔޫކްރެއިނަށް ރަޝިއާ އަށް ހަމަލާދެވޭ ގޮތް ވެގެން ނޫނީ ޔޫކްރެއިން އަކަށް އަމިއްލަ ދިފާއުގައި މަސައްކަތެއް ނުކުރެވޭނެއެވެ.

އަނެއްކޮޅުން އެމެރިކާގެ ވިސްނުންވެސް މިކަމުގައި ކޮންމެވެސް ވަރަކަށް ބަދަލު ވަމުން އަންނަކަން މި ފަހަކުން ވަނީ ފާހަގަ ކުރެވިފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އެމެރިކާގެ ސިޔާސަތު މިކަމުގައި ބަދަލުވެދާނެ ކަމުގެ އިޝާރާތް ވަނީ ކުރައްވާފައެވެ.

ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ބުރާސްފަތި ދުވަހު ވިދާޅުވީ، ޔޫކްރެއިނަށް ހަމަލާ ދިނުމަށް ރަޝިއާ އިން ބޭނުން ކުރާ ބޭސް ތަކަށް ހަމަލާ ދިނުމުގެ ހައްގު ޔޫކްރެއިނަށް އޮންނަން ޖެހޭނެ ކަމަށެވެ.

ރަޝިއާގެ ރައީސް ވިލަޑިމިއަރ ޕުޓިން ވަނީ އެފަދަ ހުއްދަ އެއް ޔޫކްރެއިނަށް ދީފިނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ވިދާޅުވެ ވަރަށް ވަރުގަދަ އިންޒާރެއް ހުޅަނގުގެ ގައުމުތަކަށް ދެއްވާފައެވެ.

ޔޫކްރެއިންގެ ރައީސް ވުލެޑެމިއަރ ޒެލެންސްކީ ވިދާޅުވާ ގޮތުގައި، ޔޫކްރެއިނަށް ރަޝިއާ އަށް ހަމަލާ ދެވޭނެ މަގު ފަހިވާން ޖެހޭނެއެވެ. "އެމީހުންނަށް އެމީހުންގެ ސަރަހައްދުން އަހަރެމެންގެ ސަރަހައްދަށް ހަމަލާ އެބަ ފޮނުވޭ. އަހަރެމެންނަކަށް އެކަމަކަށް އެއްވެސް ކަމެއް ނުކުރެވޭ." ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ދެކެވަޑައިގަންނަވާ ގޮތުގައި ޔޫކްރެއިނަށް ފައިޓާ ޖެޓާއި، ދުރު ރާސްތާ މިސައިލް ލިބިގެން ނޫނީ ހަނގުރާމަ ރަޝިއާ ކޮޅަށް ބުރަވެފައި އޮންނަ އޮތުން ބަދަލެއް ނުކުރެވޭނެއެވެ. މިކަން ބަދަލު ކުރަން ހުޅަނގުގެ ގައުމުތަކުން ޚާއްސަކޮށް އެމެރިކާގެ އެހީއަށް އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން އެދި ވަޑައިގެންފައެވެ.

ބުރާސްފަތި ދުވަހު ފެށުނު ނޭޓޯގެ ޚާރިޖީވަޒީރުންގެ ބައްދަލުވުމުގައި މިކަމާމެދު ކޮންމެވެސް ގޮތެއް ނިންމާނެ ކަމަށް ޔޫކްރެއިނުން އުއްމީދު ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު