ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 10:54
އިޒްރޭލު ސިފައިން ޓޭންކާ ހަތިޔާރާ އެކު ރަފާ ސިޓީގެ މެދުތެރެ އަށް އަރާ ހަމަލާތައް ދަނީ ދެމުން
އިޒްރޭލު ސިފައިން ޓޭންކާ ހަތިޔާރާ އެކު ރަފާ ސިޓީގެ މެދުތެރެ އަށް އަރާ ހަމަލާތައް ދަނީ ދެމުން
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އިޒްރޭލު ސިފައިން ޓޭންކާ ހަތިޔާރާ އެކު ރަފާ ސިޓީގެ މެދުތެރެ އަށް އަރާ ފަލަސްތީން ރައްޔިތުންނަށް ހަމަލާތައް ދެނީ
އިޒްރޭލުގެ ހަމާލަތައް ރަފާ ސިޓީގެ މެތުރެއަށް ދެމުން ދާއިރު އެ ސަރަހައްދަކީ ޓެންޓު ތަކުގައި ވަގުތީ ހިޔާވަހި ކަން ހޯދައިގެން ތިބި އެތައް ލައްކަ ފަލަސްތީން މީހުން އުޅެމުންދާ ސަރަހައްދެއް

އިޒްރޭލު ސިފައިން ޓޭންކާ ހަތިޔާރާ އެކު ރަފާ ސިޓީގެ މެދުތެރެ އަށް އަރާ މަގުތަކުގައި ފަލަސްތީން ރައްޔިތުންނަށް ހަމަލާތައް ދެމުން އެބަގެންދެއެވެ.

އަނެއް ކޮޅުން ވައިގެ މަގުން ރަފާގެ ސަރަހައްދުތަކަށް އިޒްރޭލް ސިފައިން ގެންދަނީ ބޮން އަޅަމުންނެވެ.

އިޒްރޭލުގެ ހަމާލަތައް ރަފާ ސިޓީގެ މެތުރެއަށް ދެމުން ދާއިރު އެ ސަރަހައްދަކީ ޓެންޓު ތަކުގައި ވަގުތީ ހިޔާވަހި ކަން ހޯދައިގެން ތިބި އެތައް ލައްކަ ފަލަސްތީން މީހުން އުޅެމުންދާ ސަރަހައްދެކެވެ.

އެންމެ ފަހުން ދިން ހަމަލާތަކުގައި އިޒްރޭލް ސިފައިން ފަލަސްތީން 37 މީހުން ވަނީ މަރާލާފައެވެ. މީގެ ތެރޭގައި ވެސް ގިނައީ ޓެންޓްތަކުގައި ދިރިއުޅޭ މީހުންނެވެ.

އިޒްރޭލުން ބުނާ ގޮތުގައި ގާޒާ އާއި މިސްރާ ދެމެދުގެ އިމުގެ ސަރަހައްދުގެ މުޅި ކޮންޓްރޯލް މިހާރު ވަނީ އިޒްރޭލް ސިފައިން އަތް ދަށުގައެވެ. މިއީ ހަމަލާތައް ހުއްޓާލުމަށް ބައިނަލް އަގްވާމީ ގޮވާލުން ތަކަށް އެއްވެސް ބެލުމެއް ނެތި އިޒްރޭލުން ބޭނުންވާ މަގްސަދު ހާސިލް ކުރަމުން ދާކަން ހާމަކޮށްދިނުން ކަން މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އަނެއްކޮޅުން ގާޒާގެ ހަނގުރާމަ އިތުރު 7 މަސް ދުވަހަށް ދެމިގެން ހިނގައިދާނެ ކަމަށް އިޒްރޭލްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޒާޗީ ހަނެގްބީ ވަނީ ބުނެފައެވެ. އޭނާ ހާމަ ކުރި ގޮތުގައި ހަމާސް މުޅިން ނައްތާލެވެންދެން ހަނގުރާމަ އިޒްރޭލުން ކުރިއަށް ގެންދާނެއެވެ.

އިޒްރޭލުން ރަފާ ސިޓީ އަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީގެ 2 ޕެރަމެޑިކްސް ވަނީ މަރުވެފައެވެ. އެމީހުންނަށް އިޒްރޭލުން ހަމަލާދީ މަރާލީ ތޮލް އަލް ސުލްތާނު ގައި ޒަޚަމްވެފައި ތިބި ފަލަސްތީން ބަޔަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނި ކޮށްނެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ 36،171 މީހުން މަރުވެފައި ވެއެވެ. އަދި 81،420 މީހުން ޒަޚަމްވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް