ކ. މާލެ
|
29 މެއި 2024 | ބުދަ 21:17
މިއީ ޣައްޒާގައި މިހާތަނަށް ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ
މިއީ ޣައްޒާގައި މިހާތަނަށް ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ
ރޮއިޓާސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ހަމާސް މުޅިން ނައްތާ ލެވެންދެން ގާޒާ އަށް ދޭ ހަމަލާތައް ކުރިއަށް ގެންދާނަން – އިޒްރޭލް
ހަމާސް ނައްތާލުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް އަދި 7 މަސް ދުވަސް ވަރު ހޭދަ ވެދާނެ ކަމަށް ވަނީ ބުނެފަ

ގާޒާ އަށް އިޒްރޭލުންދޭ ހަމަލާތައް އިތުރު 7 މަސް ދުވަހަށް ދެމިގެން ހިނގައިދާނެ ކަމަށް އިޒްރޭލްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ ޒާޗީ ހަނެގްބީ ހާމަ ކޮށްފިއެވެ.

އިޒްރޭލްގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ރިޝެޓް އަށް ބުދަ ދުވަހު ދިން ބަސްދީގަތުމެއްގައި އޭނާ ހާމަ ކުރި ގޮތުގައި އިޒްރޭލުން ކަނޑައަޅާފައިވާ ހަމާސް ނައްތާލުމުގެ ލަނޑުދަނޑި ހާސިލް ވަންދެން ހަމަލާތައް ކުރިއަށް ގެންދާނެއެވެ. އެކަމަށް އަދި 7 މަސް ދުވަސް ވަރު ހޭދަ ވެދާނެ ކަމަށް އޭނާ ހާމަ ކުރިއެވެ.

އޭނާ ބުނި ގޮތުގައި ގާޒާ އަށް ހަމަލާތައް ދޭން ފެށުމުގެ ކުރިން އިޒްރޭލުގެ ކެބިނެޓަށް ހުށަހެޅި ޕްލޭންގައި ވެސް ހަނގުރާމަ ދިގުލާނެ ކަމަށް އޮންނާނީ ބަޔާން ކޮށްފައެވެ.

އިޒްރޭލުން ދޭ ހަމަލާތަކަކީ މަރުހަލާ ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ހަމަލާ ތަކެއް ކަމަށާއި 2024 އަކީ ކޮމްބެޓް އަހަރު ކަމަށް ކަނޑައަޅާފައިވާ އަހަރު ކަމަށާއި، މި އަހަރުގެ މިހާރު މިތިބީ 5 ވަނަ މަހުގައި ކަމަށް ވުމާއެކު ހަމަލާތަކަސް އަދި 7 މަސްވަރު ހޭދަ ކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އެހާ ހިސާބަށް ދެވޭ އިރު ހަމާސް ނައްތާލާ ހަމާސް އާއި އިސްލާމިކް ޖިހާދުގެ ގާބިލްކަން މުޅިން ފުހެލެވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ގާޒާ ހަނގުރާމައިގައި އިޒްރޭލް ސިފައިންގެ މައްޗަށް "ސްޓޮޕް ވޮޗް" ބޭނުން ނުކުރުމަށާއި މުހުލަތު ކަނޑަ ނޭޅުމަށް އިޒްރޭލުގެ ރައްޔިތުންގެ ކިބައިން އޭނާ އެދިފައިވެއެވެ.

- ކޮމެންޓް