Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ޙިލާލް

އަލް ޙިލާލުން ޖޯޖު ޖީސަސްގެ އެއްބަސްވުން އައު ކޮށްފި

އޭނާގެ އެއްބަސްވުން އައު ކުރީ އިތުރު ދެ އަހަރު ދުވަހުގެ މުއްދަތަކަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2024 | ބުރާސްފަތި 02:19
އަލް ޙިލާލްގެ އެއްބަސްވުން އައު ކުރުމަށްފަހު ޖީސަސް

އަލް ޙިލާލްގެ އެއްބަސްވުން އައު ކުރުމަށްފަހު ޖީސަސް

ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލަށް އިރުޝާދު ދެމުން އައި ޕޯޗުގަލްގެ ޖޯޖު ޖީސަސްގެ އެއްބަސްވުން އެ ކުލަބުން އައު ކޮށްފި އެވެ.

އުމުރުން 69 ވަނަ އަހަރުގެ ޖީސަސް އެންމެ ފުރަތަމަ އަލް ޙިލާލްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެފަހަރު ވެސް އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ޖީސަސްގެ އިރުޝާދުގެ ދަށުން އެފަހަރު އަލް ޙިލާލުން ކުޅުނީ 25 މެޗެވެ. އޭގެ ތެރެއިން 20 މެޗުން އެ ޓީމު މޮޅުވީއިރު، ބަލިވީ އެންމެ މެޗަކުންނެވެ. އަނެއް ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ.

ނަމަވެސް ޖެހިގެން އައި 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު އަލް ޙިލާލުން ވަނީ އޭނާ ކޯޗުކަމުގެ މަގާމުން ވަކި ކުރަން ނިންމައިފަ އެވެ. އެއީ އަލް ޙިލާލްގެ ޗެއާމަން އާއި ޖީސަސްއާ ދެމެދު އޭރު އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. ޖީސަސް ވަކި ކުރުމަށްފަހު އެފަހަރު އަލް ޙިލާލުން ކޯޗަކަށް ގެނައީ ކްރޮއޭޝިއާގެ ޒޯރަން މަމިކް އެވެ.

އޭގެ ފަހުން އަލް ޙިލާލްގެ ކޯޗުަކަމާ ދެ ވަނަ ފަހަރަށް ޖީސަސް ހަވާލުވީ މިދިޔަ އަހަރު އެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި އެމިލިއާނޯ ޑިއާޒް ވަކި ކުރުމަށްފަހު އެވެ. އަލް ޙިލާލްގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ހަވާލުވެ ޖީސަސް ވަނީ އެ ކުލަބަށް ސައުދީ ޕްރޯ ލީގު ކާމިޔާބު ކޮށްދީފަ އެވެ. މީގެ އިތުރުން ސައުދީ ސުޕަ ކަޕްގެ ޗެމްޕިއަންކަން ވެސް އޭނާ ވަނީ އެ ޓީމަށް ހޯދައިދީފަ އެވެ.

އަލް ޙިލާލުން ވަނީ ޖީސަސްގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ ކުލަބުން އޭނާގެ އެއްބަސްވުން އައު ކުރީ އިތުރު ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖީސަސް އަލް ޙިލާލަށް އިރުޝާދު ދޭނެ އެވެ.

ދެ ވަނަ ފަހަރަށް އަލް ޙިލާލްއާ ހަވާލުވެ ޖީސަސް ވަނީ 58 މެޗެއްގައި އެ ޓީމަށް އިރުޝާދު ދީފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 50 މެޗުން މޮޅުވެފަ އެވެ. ބަލިވެފައި ވަނީ އެންމެ ތިން މެޗުންނެވެ. އަނެއް ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު